Advertisement
ކ. މާލެ
|
28 ޖުލައި 2017 | ހުކުރު 22:05
ތިނަދޫގައި ބޭއްވި ސައިކަލު ބުރުގެ ތެރެއިން
ތިނަދޫގައި ބޭއްވި ސައިކަލު ބުރުގެ ތެރެއިން
ޓްވިޓަރ
ސައިކަލު ބުރު
މިނިވަންކަމަށް ގޮވާލައި ތިނަދޫގައި ސައިކަލް ބުރެއް ޖަހައިފި
ސައިކަލް ބުރުޖަހާފައިވަނީ ތިނަދޫގެ ބޮޑެތި މަގުތަކުގައި

މިނިވަންކަމަށް ގޮވާލައި ގދ ތިނަދޫގައި ހުކުރު ދުވަހު ހަވީރު ސައިކަލް ބުރެއް ޖަހައިފިއެވެ.

މި ސައިކަލް ބުރުގައި ގިނަ އަދަދެއްގެ ޒުވާނުންވަނީ ބައިވެރިވެފައެވެ.

މަޑަވެލި ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނާޒިމް ވިދާޅުވީ މި ސައިކަލް ބުރު ބާއްވާފައިވަނީ މިނިވަންކަމުގެ ޙައްޤުތައް ގެއްލިގެން އެ ޙައްޤުތައް ހޯދައިދިނުމަށް ގޮވާލައި ކަމަށެވެ. އަދި ރާއްޖޭގެ ޙާލަތު މިހާރު އޮތީ ވަރަށް ކަންބޮޑުވާ ދަރަޖައެއްގައިކަމަށާއި ނޫސްވެރިންނަށް ފުލުހުންދިން ހަމަލާއަކީ ސީދާ ޑިމޮކްރޮސީއަށްދިން ހަމަލާއެއްކަމަށެވެ.

ނާޒިމް އިތުރަށް ވިދާޅުވީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ޤާނޫނުގެ ބޭރުން ހިނގަމުންދާ ކަންތައްތަކަށް ހައްލެއް ގެންނަން ޖެހޭކަމަށާއި ޤާނޫނީ އިމުގެ ބޭރުން ކަންތައްތައް ހިންގަވާ ބޭފުޅުންނާއި މެދު ޝަރީޢަތް ހިންގޭނެކަމަށާއި ޤާނޫނާ ހިލާފަށް ހިންގާކަންތައްތައް ކުރައްވާ ބޭފުޅުން އިންސާފުގެ ކުރިމައްޗަށް ގެނެވި، އެ ކަންތައްތައް ބެލޭނެ ދުވަހެއް އަންނާނެ ކަމަށެވެ.

 ސިލްސިލާ މުޒާހަރާއެއް ގޮތަށް ސައިކަލް ބުރުތަކާއި އެއްވުންތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށް ނާޒިމްވަނީ ފާހަގަކުރައްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް