ޖުމްހޫރީ ޕާޓީގެ މެމްބަރު އަޙްމަދު ޝާފިއު ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން އަމުރުކުރި މައްސަލަ ދައުލަތުން ހައިކޯޓްގައި އިސްތިއުނާފް ކޮށްފިއެވެ.
ޖުލައި 4 ވަނަ ދުވަހު ކުނޫޒު ދޮރުމަތިން ޝާފިއު ހައްޔަރުކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި އިސްދޫ ދާއިރާގެ މެމްބަރު އަހުމަދު ރަޝީދު ކުރެއްވީ ސައްހަ ސޮއެއް ނޫން ކަމަށް ބުނާ މައްސަލައިގެ ތަހްގީގަށެވެ.
އެއީ ވަގު ސޮއެއް ކަމަށް އަހްމަދު ރަޝީދު ވިދާޅުވި އެވެ. ނަމަވެސް އޭގެ ފަހުން އެއީ ސައްހަ ސޮއެއް ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.
ޝާފިއު ކޯޓަށް ހާޒިރުވުމަށް އަންގާފައި ވަނީ އޯގަސްޓް އެއްވަނަ ދުވަހު 9:00 އަށެވެ. ހައިކޯޓުން ޝާފިއުއަށް ފޮނުވާފައިވާ އަމުރުގައި ބުނެފައިވަނީ ކްރިމިނަލް ކޯޓުންގެ އަމުރު ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން އިސްތިއުނާފް ކުރުމަށް ހުށައަޅާފައިވާ ތީ ކޯޓަށް ހާޒިރުކުރާކަމަށެވެ.
އިދިކޮޅު ފަރާތްތަކުން މަޖިލީހަށް ހުށަހެޅި މައްސަލައިގައީ އަހުމަދު ރަޝީދު ސޮއި ނުކުރައްވާކަމަށް ވިދާޅުވާއިރު ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫނާއެކު އެލިސްޓްގައި ސޮއި ކުރައްވަން އިންނެވި ފޮޓޯއެއް ސޯޝަލް މީޑިއާގައި ޢާއްމުވެފައެވެ. ރާއްޖެ އެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އަހުމަދު ޝާފިއުއަކީ އެލިސްޓްގައި އަހުމަދު ރަޝީދު ސޮއިކުރެއްވިއިރު އެ މަންޒަރު ފޮޓޯ ނަގައި އަދި ވީޑިއޯ ކުރި މީހާއެވެ.