ކ. މާލެ
|
22 ޑިސެންބަރ 2023 | ހުކުރު 17:11
ފުރަތަމަ. ކޮމް
ފުރަތަމަ. ކޮމް
ރާއްޖެއެމްވީ
ސަރުކާރުން ނޫސްތައް ބްލޮކްކުރުން
ރަޖިސްޓްރީކޮށްގެން ހިންގާ ނޫހެއް ވެސް އެންމެ ފަހުން ބްލޮކް ކޮށްފި
ބްލޮކް ކުރި ފުރަތަމަ.ކޮމް އަކީ 25 ނޮވެމްބަރު 2019 އިން ފެށިގެން ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގަމުންއަންނަ ނޫހެއް

ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގަމުންދިޔަ ނޫހެއް ސަރުކާރުން ބްލޮކް ކޮށްފި އެވެ.

ސަރުކާރު ޖަވާބުދާރީކުރުވުމަށް ސަރުކާރުގެ ވާހަކަތައް ގެނެސްދޭ "ފުރަތަމަ.ކޮމް" އަކީ ހޯމް މިނިސްޓްރީގައި ރަޖިސްޓްރީކޮށްގެން ހިންގާ ނޫހެކެވެ. އެ ނޫހުގެ މަސްއޫލުވެރިޔާ އަޙްމަދު އާތިފް، މާވިނަ ހދ.ކުޅުދުފުށި އަކީ ކުރީގެ ސަރުކާރުގެ ޓޫރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަމުގެ މަގާމުގައި ހުންނެވި ބޭފުޅެކެވެ.

އަދި އެ ނޫހުގެ އެޑިޓަރުކަމުގައި ހުރި އަޙްމަދު އާޒިފް، ކެތި، ގއ. ގެމަނަފުށި އަކީ ރާއްޖޭގައި ހިންގާ "ސަން އޮންލައިން"ގެ މެނޭޖިން އެޑިޓަރުގެ މަގާމުގައި ވެސް ހުންނެވި ބޭފުޅެކެވެ.

މި ނޫސް ސަރުކާރުން ބްލޮކް ކޮށްފައިވަނީ ރާއްޖޭގައި ޚަބަރު ފެތުރުމުގައި ހަރަކާތްތެރިވާ "ކުރުސީ.ކޮމް" އަދި "ދިޔަވަރު.ކޮމް" ބްލޮކް ކުރުމާ ގުޅިގެން އާންމުންނާ ކުރީގެ ސަރުކާރުތަކުގެ މަތީ ފަނޑީގައި ތިއްބެވި ބޭފުޅުންގެ ފާޑު ކިޔުން ސަރުކާރަށް އަމާޒުވެފައިވާ ދަނޑިވަޅެއްގައި އެވެ.

އެގޮތުން އެކަން ހިނގުމާއެކު އެކަން ދިފާއުކުރައްވައި ރައީސް އޮފީހުގެ ތަރުޖަމާނު މުޙައްމަދު ޝަހީބު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ އެއްވެސް ނޫހެއް ސަރުކާރުން ބްލޮކް ނުކުރާނެ ކަމަށާއި، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން އެންމެ ފުޅާކޮށް އޮތުމުގެ ފުރުސަތު މި ސަރުކާރުން ދޭނެ ކަމަށެވެ.

Advertisement

އެހެން ނަމަވެސް ފުރަތަމަ.ކޮމް އަކީ 25 ނޮވެމްބަރު 2019 އިން ފެށިގެން ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގަމުންއަންނަ ނޫހެކެވެ.

މި ތިން ނޫސް ސަރުކާރުން ބްލޮކް ކުރިއިރު، ބްލޮކްކުރި ތިން ސައިޓަށް ވެސް ވީޕީއެން ބޭނުންކޮށްގެން ވަދެވެއެވެ. މިއީ މިފަހުގެ ތާރީޚެއްގައި މިފަދަ ވެބްސައިޓެއް ބްލޮކްކުރި ފުރަތަމަ ފަހަރެވެ.

ރާއްޖޭގައި އިންޓަނެޓުގެ ޚިދުމަތް ފޯރުކޮށްދެމުންދަނީ ތިން ކުންފުންޏަކުންނެވެ. އަދި ވަކި ވެބްސައިޓަކަށް ނުވަދެވޭ ގޮތް ހަދަނީ ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސްއިން އެންގުމުންނެވެ. އެ އޮތޯރިޓީ ހިންގަމުންދަނީ މިނިސްޓްރީ އޮފް ސިޓީސް, ލޯކަލް ގަވަމެންޓު އެންޑް ޕަބްލިކް ވޯކްސްގެ ދަށުންނެވެ.

ނަމަވެސް މި ސައިޓްތައް ބްލޮކް ކޮށްފައިވަނީ ކީއްވެގެންކަން މިހާތަނަށް އެއޮތޯރިޓީން ހާމަކޮށްފައެއް ނުވެއެވެ. އަދި ބަހެއް ހޯދުމަށް ކުރި މަސައްކަތް ވަނީ ކާމިޔާބުވާ ގޮތް ނުވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް