Advertisement
ކ. މާލެ
|
28 ޖުލައި 2017 | ހުކުރު 19:29
ސަމީރު މިއަދު ފުލުސް އޮފީހަށް ހާޒިރުވަނީ
ސަމީރު މިއަދު ފުލުސް އޮފީހަށް ހާޒިރުވަނީ
މުހައްމަދު ޝަރުހާން
ސިޔާސީ ފަރާތްތައް ފުލުހަށް
ސަމީރު ފުލުސް އޮފީހަށް ހާޒިރުވެއްޖެ
ސަމީރު ފުލުސް އޮފީހަށް ހާޒިރުވީ ގާނޫނީ ވަކީލް ހިސާން އާ އެކު

ޖުމްހޫރީ ޕާޓީގެ ސެކެޓްރީ ޖެނެރަލް އަޙުމަދު ސަމީރު ފުލުހުންގެ އިދާރާއަށް ވަޑައިގެންފި އެވެ.

 

ސަމީރަށް ފުލުސް އޮފީހަށް ހާޒިރުވުމަށް އެންގީ ޖުމްހޫރީ ޕާޓީގެ ޖަގަހަ އާއި އޮފީސް ބަލައި ފާސްކުރަމުންދިޔައިރު، ފުލުހުންގެ މަސައްކަތަށް ހުރަސްއަޅައި ކޯޓުން ފުލުހުންނަށް ދިން އަމުރު ތަންފީޒުކުރުމަށް ހުރަސް އެޅިކަމުގެ ތުހުމަތުގައެވެ.

 

ސަމީރު ވަނީ ބުރާސްފަތި ދުވަހުގެރޭ ވެސް ފުލުސް އޮފީހަށް ހާޒިރުކޮށްފަ އެވެ.  އަދި މިއަދު އޭނާ ހާޒިރު ކޮށްފައިވަނީ ވަކީލަކު އައްޔަން ކޮށްގެން މިއަދު ހަވީރު ހާޒިރުވުމަށް އެންގުމުންނެވެ. ސަމީރު މިއަދު ހަވީރު ފުލުސް އޮފީހަށް ހާޒިރުވެވަޑައިގެންނެވީ މަޝްހޫރު ގާނޫނީ ވަކީލް ހިސާން ހުސެއިންނާއެކު އެވެ. 

 

ކުނޫޒު ބަލާ ފާސްކުރުމަށް ކޯޓު އަމުރު ނެރެފައި ވަނީ ޖުމްހޫރީ ޕާޓީ އާއި އެމްޑީޕީ އާއި އަދާލަތު ޕާޓީ އާއި އަދި މިނޫން ވެސް ބައެއް ފަރާތްތަކުން އިސްކޮށް ތިބެ ދިވެހިރާއްޖޭގައި ޤާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ހިންގުމަށް ދަތިކުރުމާއި، ސަރުކާރު ވައްޓާލުމަށް ސައްލާކޮށް، ރާވާއި، އަދި ރައްޔިތުން މަޖިލީހުން ކުރާ ރަސްމީ މަސައްކަތްތަކަށް ހުރަސް އެޅުމަށް މަސައްކަތްކުރަމުންދާ ކަމަށް ތުހުމަތުކުރެވޭތީ ކުނޫޒް ބަލައި ފާސްކުރުމަށެވެ.  އަދި އެ އަމުރުގެ ދަށުން މިދިޔަ އަންގާރަ ދުވަހުގެ ރޭ ފސް ގަޑިއިރެއްހާއިރު ބަލާ ފާސްކުރުމަށްފަހު ފުލުހުން ވަނީ އެތަން ބަލާ ފާސްކޮށް ނިމުކަމުގެ ލިޔުމެއް ދީފަ އެވެ. އަދި ދެ ވަަނަ ފަހަރަށް ބުދަ ދުވަހު ފުލުހުން ކުނޫޒު ބަލާ ފާސްކުރުމަށް ދިއުމުން ފުލުިހުން ވަނީ އެކަމާ ދެކޮޅު ހަދާފަ އެވެ. އެ ކޯޓު އަމުރުގެ ދަށުން ދެ ވަނަ ފަހަރަށް ބަލާ ފާސް ނުކުރެވޭނެ ކަަމަށް ޖުމްހޫރީ ޕާޓީން ވަނީ ބުނެފަ އެވެ. 

 

ފުލުހުން ބުނެފައިވަނީ އަންގާރަ ދުވަހުގެ ރޭ ކުނޫޒު ބަލާފާސްކުރުމަށްފަހު، ފުލުހުން ދޫކޮށްފައިވާ ލިޔުމަކީ އެ ރޭ ފާސްކުރެވުނު ތަކެއްޗާއިބެހޭ ގޮތުން ދޫކޮށްފައިވާ ލިޔުމެއް ކަމަށާއި އެއީ އެއްވެސް ހާލަތެއްގައި ކުނޫޒު އެއްކޮށް ބަލާފާސްކޮށް ނިންމުމަށްފަހު ދުކޮށްފައިވާ ލިޔުމެއް ނޫން ކަމަށްވެސް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް