މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިއްޖެއެވެ.
ސްޓެލްކޯއިން ބުނީ ކަރަންޓު ކެނޑުނީ ދެ އިންޖީނެއް ނިވިގެން ކަމަށެވެ. ކަރަންޓު ދިނުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަކަމަށާއި ކުޑައިރުކޮޅެއްގެ ތެރޭގައި ކަރަންޓު ކެނޑުނު ތަންތަނަށް ކަރަންޓު ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
ސްޓެލްކޯއިން ވަނީ ދިމާވާ ދަތިތަަކަށް މައާފަށް އެދިފައެވެ.