Advertisement
ކ. މާލެ
|
28 ޖުލައި 2017 | ހުކުރު 16:21
ކޯސްޓްގާނޑުން ހަރަކާތްތެރިވަނީ
ކޯސްޓްގާނޑުން ހަރަކާތްތެރިވަނީ
އެމްއެންޑީއެފް
ކަނޑުމަތީގެ ހާދިސާ
ކުރެއްދޫ ރިސޯޓަށް ދިޔަ ލޯންޗެއް ދިޔަވެ އަޑިއަށް ހިނގައްޖެ
ލޯންޗުން ދަތުރުކުރި 6 މީހުން ސަލާމަތްކޮށްފައިވަނީ ކަނޑުމަތިން

ޅ. މާބިނާހުރާއިން ޅ. ކުރެއްދޫ އައިލެންޑު ރިސޯޓަށް ހުކުރު ދުވަހު ދަތުރުކުރަމުންދިޔަ "މޫންލައިޓް" ނަމަކަށް ކިޔާ ލޯންޗެއް ދިޔަވެ އަޑިއަށް ހިނގައްޖެއެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ވިދާޅުވީ މި ހާދިސާގެ މައުލޫމާތު ލިބިފައިވަނީ ހުކުރު ދުވަހުގެ މެންދުރު 12:24 ހާއިރު ކަމަށާއި ލޯންޗުން ދަތުރުކުރި 6 މީހުން ސަލާމަތްކޮށްފައިވަނީ ކަނޑުމަތިން ކަމަށެވެ. އަދި ލޯންޗު ގެއްލިފައިވާ ކަމަށާއި އެމްއެންޑީއެފްގެ ކޯސްޓްގާޑުން ލޯންޗު ހޯދުމަށްޓަކައި މަސައްކަތްކުރަމުންދާކަމަށެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް އިތުރަށް ވިދާޅުވީ ލޯންޗު ގެއްލެން ދިމާވީ މޫދު އަޑިއަށް ދިއުމުގެ ސަބަބުން ކަމަށް ލަފާކުރެވޭ ކަމަށެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވެއެވެ.

މި ލޯންޗުން ދަތުރުކުރި މީހުން ކުރެއްދޫ އައިލެންޑް ރިސޯޓަށް ގެންދިއުމަށް އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ލޯންޗު މިހާރު ދަނީ ދަތުރުކުރަމުންނެވެ

މޫސުން ގޯސްވެފައިވާއިރު، މީގެ ހަފްތާއެއްހާ ދުވަސް ކުރިންވެސް ދެ ދޯންޏެއް ވަނީ ފަރަށް އަރައިފައެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް