ކ. މާލެ
|
17 ޑިސެންބަރ 2023 | އާދީއްތަ 17:50
ކެބިނެޓް ބައްދަލުވުމެއްގެ ތެރެއިން
ކެބިނެޓް ބައްދަލުވުމެއްގެ ތެރެއިން
މޯލްޑިވިއަންގެ ޚިދުމަތްތައް
މޯލްޑިވިއަންގެ އެތެރޭގެ އުދުހުންތަކުގެ އަގު ކުޑަކުރުމާއި މެދު އަދި މަޝްވަރާނުކުރޭ
'ވައިޑް-ބޮޑީ އެއަރކްރާފްޓް އޮޕަރޭޝަން' ތަޢާރަފްކުރުމުގެ މަސައްކަތަކީ ރައީސުލްޖުމްހޫރިއްޔާގެ ވެރިކަމުގެ ފުރަތަމަ 14 ހަފްތާގެ މަގުޗާޓުގައިވެސް ހިމަނުއްވާފައިވާ ކަމެއް
ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ޤައުމުތަކުން އަދިވެސް ސީދާ ރާއްޖެއަށް ދަތުރުތައް ނޯވޭ
48 އިންސައްތަ ފަސިންޖަރުންނަކީ 'ކަނެކްޓިންގ' ފްލައިޓް މެދުވެރިކޮށް ރާއްޖެ އަފަތުރުވެރިން

މޯލްޑިވިއަންގެ އެތެރޭގެ އުދުހުންތަކުގެ އަގު ކުޑަކުރުމާއި މެދު އަދި މަޝްވަރާނުކުރާ ކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.

ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި، ފަތުރުވެރިން ގެނެވޭނެ މަންޒިލްތަކަށް ޤައުމީ އެއަރލައިން 'މޯލްޑިވިއަން' އިން ސީދާ ދަތުރުތައް (ނަން-ސްޓޮޕް ފްލައިޓްސް) ފެށުމަށްޓަކައި 'ވައިޑް-ބޮޑީ އެއަރކްރާފްޓް އޮޕަރޭޝަން' ތަޢާރަފްކުރުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ އާދިއްތަ ދުވަހު ނިންމަވާފައެވެ. ސަރުކާރުގެ ޗީފް ސްޕޯކްސް ޕަރސަން މުހައްމަދު ޝަހީބު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ މި ގޮތަށް ނިންމަވާފައި ވަނީ އާދިއްތަ ދުވަހުގެ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންއިން ހުށަހެޅުއްވި ކަރުދާހާއި ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށް ފަހުގައި ކަމަށެވެ.

އެ ނިންމުމާއި ގުޅިގެން އެތެރޭގެ އުދުހުންތަކުގެ އަގު ކުޑަކުރަން މަޝްވަރާކޮށްފައިވޭތޯ އަދި އެކަމާއި މެދު ސަރުކާރުގެ ސްޓޭންޑާއި ގުޅޭގޮތުން ސުވާލުކުރުމުން ތަރުޖަމާން ވިދާޅުވީ އާދިއްތަ ދުވަހުގެ ވަޒީރުންގެ މަޖިލީހުގައި އެކަމާއި މެދު މަޝްވަރާކޮށްފައި ނުވާ ކަމަށެވެ.

Advertisement

ތަރުޖަމާން އިތުރަށް ވިދާޅުވީ އެ މަޝްރޫޢުގެ ދަށުން ޗައިނާ، ޔޫރަޕް، އަދި ސައުތު އެފްރިކާގެ ބައެއް ސަރަޙައްދުތަކަށް 'މޯލްޑިވިއަން' އިން ސީދާ ދަތުރުތައް (ނަން-ސްޓޮޕް ފްލައިޓްސް) ފެށިގެންދާނެ ކަމަށެވެ. އަދި މި މަޝްރޫޢުގެ ތެރޭގައި އެންމެ އިސްކަމެއް ދޭނެ މަންޒިލްތަކެއްގެ ގޮތުގައި ޗައިނާގެ މަންޒިލްތައް ހިމެނޭނެ ކަމަށް ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވީ މި މަޝްރޫޢު ފެށުމާއެކު މަދުވެގެން ހަފުތާއަކު 2 ނުވަތަ 3 ދަތުރު ސީދާ އެ ސަރަޙައްދަކާއި ރާއްޖެއާ ދެމެދު ކުރެޥޭނެ ކަމަށެވެ.

ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި، ޤައުމީ އެއަރލައިނަށް 'ވައިޑް-ބޮޑީ އެއަރކްރާފްޓް އޮޕަރޭޝަން' ތަޢާރަފްކުރުމުގެ މަސައްކަތަކީ ރައީސުލްޖުމްހޫރިއްޔާގެ ވެރިކަމުގެ ފުރަތަމަ 14 ހަފްތާގެ މަގުޗާޓުގައިވެސް ހިމަނުއްވާފައިވާ ވައުދެއްކެވެ.

ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ޤައުމުތަކުން އަދިވެސް ސީދާ ރާއްޖެއަށް ދަތުރުތައް ނޯވެއެވެ. 48 އިންސައްތަ ފަސިންޖަރުންނަކީ 'ކަނެކްޓިންގ' ފްލައިޓް މެދުވެރިކޮށް ރާއްޖެ އަފަތުރުވެރިން ކަަމަށް ވާއިރު ޔޫރަޕްގެ ގިނަ ފަތުރުވެރިންނަކީ މެދު އިރުމަތިން ފްލައިޓް ކަނެކްޓް ކުރުމަށްފަހު ރާއްޖެ އަންނަ ފަތުރުވެރިންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް