Advertisement
ކ. މާލެ
|
28 ޖުލައި 2017 | ހުކުރު 08:18
ފަލަސުރުހީ ޕްރޮގްރާމުގައި އިމްތިޔާޒް ފަހުމީ ބައިވެރިވެގެން
ފަލަސުރުހީ ޕްރޮގްރާމުގައި އިމްތިޔާޒް ފަހުމީ ބައިވެރިވެގެން
ރާއްޖެއެމްވީ
ފަލަސުރުހީ
ސައުުދު ހައްޔަރުކުރުމަށް އަންގާރަ ދުވަހު ނެރުނު އަމުރުން ދައްކުވައިދެނީ ރާއްޖޭގެ ޝަރުއީ ނިޒާމު އޮތް ދަށް ހާލަތު: އިމްތިޔާޒް
ކޯޓު އަމުރެއްގައި ދެ ތަނެއްގައި ދެމީހެއްގެ ނަން އޮތުމަކީ ވަަރަށް ބޮޑު މައްސަލަ އެެއް
ސިޔާސީ ޕާޓީތަކުން މަސައްކަތް ކުރަނީ ގައުމު އިސްލާހު ކުރުމަށް
ވެއްޓެމުންދާ ސަރުކާރަކުން މިފަދަ މަންޒަރުތައް ފެންނާނެ

ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިން ހައްޔަރު ކުރި އަމުރުގައި އޮތް މައްސަލައިން ދައްކުވާދެނީ، އިދިކޮޅު ސިޔާސީ ފަރާތްތަކާއިމެދު އަދާވަތްކަން އޮތް މިންވަރު ކަމަށް މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ވާހަކަދައްކަަވަމުން، އިމްތިޔާޒް ފަހުމީ ވިދާޅުވީ، މިދިޔަ އަންގާރަ ދުވަހު ސައުދު ހައްޔަރުކުރުމަށް ނެރުނު ކޯޓު އަމުރުގައި ހައްޔަރު ކުރި ސަބަބުގެ ބައިގައި މެމްބަރު މުހައްމަދު އަމީތުގެ ނަންއޮތުމުން އެނގެނީ، އެފަރާތްތަކުން ކުރިއަށް ހައްޔަރުކުރަން ބޭނުންވާ މީހުން ކަމަށާއި، މި މެންބަރުންތައް ހައްޔަރުކުރުމަށް ބޭނުންވެފައިވާ މިންވަރު ކަމަށެވެ.

"ހައްޔަރުކުރަން ބޭނުންވާ މިންވަރު ގަނޑުތަކުގައި ލިޔެވެނީ، އަތް ފައިން ގޯސް ހެދިގެން އޮޅިގެން ލިޔެވެނީ. މިވަރުވީމަވެސް އަޅުގަނޑުމެން މިބުނަނީ، މިރާއްޖޭގެ ކޯޓުގެ އަދުލުގެ ނިޒާމު ހިނގަނީ ރަގަޅަށޭ." އިމްތިޔާޒް ވިދާޅުވި އެވެ.

 އިމްތިޔާޒް ވިދާޅުވީ، ދުނިޔޭގެ ތަހުޒީބުވެފައިވާ، ފުރިހަމައަށް އަމަލުކުރާ އަދުލް އިންސާފުގެ ނިޒާމުތައް އޮންނަ ގައުމުތަކުގައި މިފަދަ އަމަލެއް ހިންގާ ފަނޑިޔާރެއްގެ އަތް މައްޗަށް ދެން ރައްޔިތަކު ހައްޔަރުކުރުމުގެ އަމުރެއް ނެރުމަށް ފުރުސަތު ނުދޭނެ ކަމަށެވެ. އަދި ވަގުތުން ފިޔަވަޅު އަޅާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެއް ސަފްހާގެ އެއްޗެއް ބަލާލުމުގެ ގާބިލްކަން ނެތް މަންޒަރު މިކަމުން ފެނިގެން ހިނގައްޖެ ކަަމަށް އިމްތިޔާޒް ވިދާޅުވި އެވެ. " ގެންނަ ހުރިހާ ލިޔުމެއްގައި ސޮއި އަޅާކަން މިއެނގިގެންދަނީ އެއްވެސް ބެލުމެއް ނެތި." އިމްތިޔާޒް ވިދާޅުވި އެވެ.

އިމްތިޔާޒް ވިދާޅުވީ، މިކަންކަން އިސްލާހު ކުރުމަށްޓަކާއި ގުޅިފައިވާ ސިޔާސީ ޕާޓީތަކުން މަސައްކަތް ކުރަމުންދާ ކަމަށެވެ. އޭނާ ވިދާޅުވީ، ވެއްޓެމުންދާ ސަރުކާރެއްގައި މިފަދަ ހުރިހާ ގޯސްތަކެއް ހެދިގެންދާ މަންޒަރު ފެންނަމުންދާ ކަަމަށާއި މިއީ ތާރީހުގައިވެސް ކަންކަން ހިނގާ ކަމަށެވެ.

" ސައުުދު މީގެ ކުރިން ހައްޔަރުކޮށްފަ، ކޯޓު އަމުރުގައި ލިޔެފައި އޮތް ލިޔުން. އެންމެ ސަފްހާޔަކުން ފެނިގެންދިއައީ ޖިނާއީއ ަދލުގެ ނިޒާމާއި ކޮޓު ސިސްޓަމް ހިނގާގޮތް ފެނިގެންދިޔައީ." އިމްތިޔާޒް ވިދާޅުވި އެވެ.

ރާއްޖޭގެ ރައްޔިތުން ހަގީގީ މިނިވަންކަމަށް ގޮވާލާ އިރަށް ރައްޔިތުންގެ ލޮލަށް ޕެޕަރ ސްޕޭ ޖަހަމުންދާ މަންޒަރު މިއަދު ފެންނަމުންދާ ކަަމަށެވެ.

އިމްތިޔާޒް ވިދާޅުވީ، މިއަދު ރައީސް އަބްދުﷲ ޔާމީނު ވިދާޅުވެގެން ހިންގާ ޣައިރު ގާނޫނީ ކަންކަން ކުރާ މީހުންގެ ރެކޯޑް ރަގަޅަށް ބެލެހެއްޓޭ ކަަމަށާއި، އެފަދަ ފަރާތްތަކާއި މެދު މިނިވަންކަމާއި އެކު އިންސާފު ގާއިމް ކުރެވޭނެ ދުވަސް އަންނާނެ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް