Advertisement
ކ. މާލެ
|
28 ޖުލައި 2017 | ހުކުރު 08:25
މެންބަރު އަބްދުﷲ ރިޔާޒް ކޯޓު ކާއިރީގައި
މެންބަރު އަބްދުﷲ ރިޔާޒް ކޯޓު ކާއިރީގައި
ރާއްޖެއެމްވީ
އެމްއެމްޕީއާރްސީ މައްސަލަ
ޝައިނީ އާއި އަނިލަށް އެމްއެމްޕީއާރުސީއަށް ބޭނުން ވަގުތެއްގައި ވަނުމުގެ ހުއްދަ އޮތް:ރިޔާޒް
ރިޔާޒް ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ
ސިޔާސީ ކަންކަމުގައި ފުލުހުން އެހީތެރިވާތީ އެކަމާ ދެރަވާ
ފުލުހުންގެ ކޮންމެ އެންގުމަކަށް ތަބާވާނެ

ފިޝަރީޒް މިނިސްޓަރު ޑރ މުހަމްދު ޝައިނީ އާއި އެޓަރނީ ޖެނެރަލް މުހައްމަދު އަނިލްއަށް ފިންގަރޕްރިންޓް ޖަހައިގެން، އެމްއެމްޕީއާރްސީއަށް ވަދެވުމުގެ އެކްސެސް ދެވިފައިވަނީ ކޮން ސަބަބަކާއި ހެދިތޯ ސުވާލު ކުރާނެ ކަމަށް ކިނިބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް ވިދާޅުވެއްޖެ އެވެ.

 ބުރާސްފަތި ދުވަހުގެ ރޭ ފުލުސް އޮފީހަށް ހާޒިރުވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ކުރީގެ ޕޮލިސް ކޮމިޝަނަރު ރިޔާޒް ވިދާޅުވީ، ބޭނުންވާ ކޮންމެ ގަޑިއެއްގައި އެމްއެމްޕީއާރްސީގެ އޮފީހަށް ފިޝަރީސް މިނިސްޓަރ ޑރ މުހައްމަދު ޝައިނީ އާއި އެޓަރނީ ޖެނެރަލް މުހައްމަދު އަނިލްއަށް ވަދެވޭ ކަމަށެވެ. 

" ދައުލަތުގެ އެ މަޤާމުތަކުގައި ތިބޭ މީހުން ކޮން ގުޅުމެއްތޯ އޮންނަނީ، އެމީހުން ކޮން ކަމެއްތޯ ކުރީ، މި ސުވާލުތައް އަޅުގަނޑުމެން ކުރާނަން އެނގޭތީވެ، މިކަންކަން ކުރިޔަ ނުދިނުމަށްޓަކައި، ސަރުކާރު ޒިންމާދާރު ކުރިޔަ ނުދިނުމަށްޓަކާއި ފުލުުުންނާއި ފަނޑިޔާރުގެ ބޭނުންކޮށްގެން، ކަންކަން ހުއްޓުމަކަށް ގެނައުމަށް ސަރުކާރުން ހިންގާ ކަންކަން ކަމަށް އަޅުގަނޑު ތުހުމަތު ކުރަނީ،" ރިޔާޒް ވިދާޅުވި އެވެ.

ރިޔާޒް ވިދާޅުވީ، މިކަންކަން މިހެން ހުއްޓަސް ފުލުހުންގެ ކޮންމެ އެންގުމަކަށް ތަބާވާނެ ކަމަށާއި ޖަވާބުދާރީ ވުމަށް އަންގާ ކޮންމެ ދަނޑިވަޅެއްގައި ޖަވާބު ދާރީވެސް ވާނެ ކަމަށެވެ. އެހެން ނަމަވެސް، ސިޔާސީ ކަންކަމުގައި ފުލުހުން އެހީތެރިވާކަމީ ދެރަވާ ކަމަށް ރިޔާޒް ވިދާޅުވި އެވެ.

ރިޔާޒް ވިދާޅުވީ، ފުލުހުން މިއަދު ބަދަލުމުންދަނީ ޖުލައި 24 ވަނަ ދުވަހު މަޖިލީހުގެ އިދާރާއަށް ވަތް ހުރިހާ މެންބަރުންގެ މައްސަލަ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށާއި އެއީ ހަމަގައިމުވެސް ފުލުހުންގެ ވަރަށް ގިނަ ވަގުތު ކަމަށެވެ. 

މިފަދަ ކަންކަން ކޮށްގެން ސިޔާސީ ގޮތުން ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ކުރާ މަސައްކަތް ރައީސް އަބްދުﷲ ޔާމީނަށް ހުއްޓުވޭނެ ކަމަށް ގަބޫލުކޮށްގެން ނުވާނެ ކަމަށާއި ގައުމު ހަމަ މަގަށް ގެނައުމަށް ކުރަމުންދާ މަސައްކަތްތައް ދާނީ ކުރިއަށް ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިގައުމާއި މެދު ކުރަމުންދާ މަސައްކަތް ގައުމީ ވިސްނުމުގައި ކުރިއަށްދާނީ. އެއްވެސް މީހަކަށް ޒާތީ އެއްވެސް ކަމެއް ނެތް. ރައީސް ޔާމީން ދެކެވަޑައިގަންނަވާ ގޮތުގައި އެމަނިކުފާނު އެ ކުރައްވަނީ ހަނގުރާމައެއް. އަޅުގަނޑުމެން ގަބޫލެއް ނުކުރަން، މިގައުމުގައި ހަނގުރާމައެއް ކުރަންޖެހޭނެ ކަމަކަށް. އެއަށްވުރެ މާކުޑަ މީށްކޮޅު މަދު ގައުމެއް މި ގައުމަކީ. މިގައުމުގެ ރައްޔިތުން ސުލްހައަށް ލޯބިކުރޭ. ގައުމުގެ ރައްޔިތުން ހަމަ ވަރަށް ކަންބޮޑުވާ މައްސަލައެއް ވެރިކަމުގައި ތިބޭ މީހުން ރައްޔިތުންނަށް ލިބޭ އިނާޔަތްތަކާއި ކަންކަންް ވަސީލަތްތައް ހަމަޖެއްސުމުގެ ބަލުގައި ރައްޔިތުންގެ ބޮލުގައި ކަންކަން އެޅޭގޮތަށް ބޮޑެތި ލޯނުތައް ނަގައިގެން ކަންކަންކުރުން." ރިޔާޒް  ވިދާޅުވި އެވެ.

 

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް