ކ. މާލެ
|
16 ޑިސެންބަރ 2023 | ހޮނިހިރު 13:39
ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުއްލަތީފު
ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުއްލަތީފު
ރާއްޖެއެމްވީ
ރާއްޖޭގެ ފޮރިން ޕޮލިސީ
ރާއްޖޭގެ ފޮރިން ޕޮލިސީ ދިގު މުއްދަތަށް ކަނޑައަޅަންޖެހޭ: މެންބަރު ޔާސިރު
އެއްވެސް ގައުމެއްގައި ގުޅުން ކެނޑިގެން އެގޮތަށް މަސައްކަތް ކުރުމަކީ އަމާން މަންޒިލަކަށް ދެވޭނެ ގޮތެއް ނޫން
އަވައްޓެރި ގައުމުތަކާއި ގުޅުން މާބޮޑަށް ބަދަހިވުމަކީ އެހެން ގައުމުތަކާއި ރާއްޖެއާއި އޮންނަ ގުޅުން ހީނަރުވުމެއް ނޫން
ކޮންމެ ވެރިކަމަކާއެކު ފޮރިން ޕޮލިސީ ބަދަލުވުމުން ދިވެހި ރައްޔިތުންނަށް އެކަމުގެ ދެރަ ލިބޭ

ރާއްޖޭގެ ފޮރިން ޕޮލިސީ ދިގު މުއްދަތަށް ކަނޑައަޅަންޖެހޭ ކަމަށް ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުއްލަތީފު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގައި ވާހަކަދައްކަވަމުން މެންބަރު ޔާސިރު ވިދާޅުވީ ކޮންމެ ފަސް އަހަރަކުން ފޮރިން ޕޮލިސީ ބަދަލުވުމަކީ ރާއްޖެއަށް ފޫނުބެއްދޭވަރުގެ ބޮޑެތި ގެއްލުންތައް ލިބޭނެ ކަމެއް ކަމަށާއި، މިކަމުގައި ހުރިހާ ސިޔާސީ ޕާޓީތައް އެއް މޭޒަކަށް އެއްވެ މަޝްވަރާކޮށް، ރާއްޖޭގެ ފޮރިން ޕޮލިސީ ދިގު މުއްތަކަށް ކަނޑައަޅަންޖެހޭ ކަމަށެވެ.

މެންބަރު ޔާސިރު ވިދާޅުވީ ކޮންމެ ވެރިކަމަކާއެކު ފޮރިން ޕޮލިސީ ބަދަލުވުމުން ދިވެހި ރައްޔިތުންނަށް އެކަމުގެ ދެރަ ލިބޭ ކަމަށެވެ. އިންޑިއާއަށް އިޝާރާތް ކުރައްވައި މެންބަރު ޔާސިރު ވިދާޅުވީ ޒަމާނުއްސުރެ ދިވެހިންނަކީ އަވައްޓެރި ގައުމުތަކާއި ގާތް ގުޅުމެއް ބާއްވާ ގައުމެއް ކަމަށާއި، އިންޑިއާއަކީ ގާތް އެކުވެރި ގައުމެއް ކަމަށެވެ. އަވައްޓެރި ގައުމުތަކާއި ގުޅުން މާބޮޑަށް ބަދަހިވުމަކީ އެހެން ގައުމުތަކާއި ރާއްޖެއާއި އޮންނަ ގުޅުން ހީނަރުވުން ނޫން ކަމަށް މެންބަރު ޔާސިރު ވިދާޅުވިއެވެ. އަދި ވިދާޅުވީ ރާއްޖެއަކީ ހުރިހާ ގައުމުތަކާއެކު ވެސް މަސައްކަތް ކުރާ ގައުމެއް ކަމަށެވެ.

މީގެ އިތުރުން މެންބަރު ޔާސިރު ވިދާޅުވީ ރިޔާސީ އިންތިޚާބު 2023 ގެ ކެންޕޭންގެ ތެރޭގައި އިދިކޮޅު ފަރާތްތައް ޕީޕީއެމް/ޕީއެންސީ އިންޑީއާބެހޭ ގޮތުން ހަގީގަތެއް ނެތް ދޮގު ގިނަ ވާހަކަތައް ފެތުރި ކަމަށެވެ. މިއަދު ޑރ.މުހައްމަދު މުއިއްޒަށް ވެރިކަން ލިބިވަޑައިގެންނެވުމުން އެދުވަހު އާއްމުކުރަން ގޮވި އެގްރިމެންޓްތައް މިއަދު ސިއްރުވެފައިވާ ކަމަށާއި، އިންޑިއާގެ ސިފައިންނުންނާއި ގުޅުވައިގެން ދެއްކީ ވެސް ހަގީގަތާއި ހިލާފު ވާހަކަތައްކަން ހާމަވަމުންދާ ކަމަށް މެންބަރު ޔާސިރު ވިދާޅުވިއެވެ.

އަޅުގަނޑުމެންނަކީ ހުރިހާ ގައުމުތަކާއެކީގައި މަސައްކަތް ކުރާ ބައެއް. ޗައިނާއާއެކު މަސައްކަތް ކުރާ ބައެއް. އެހެން ގައުމުތަކާއެކު ވެސް މަސައްކަތް ކުރާ ބައެއް. ނަމަވެސް އަޅުގަނޑު ފާހަގަކުރަން ޑރ.މުއިއްޒުގެ ކެންޕޭންގައި އަވައްޓެރި އިންޑިއާ ބެހޭ ގޮތުން ވަރަށް އެހެން ކަހަލަ ވާހަކަތައް ދެކެވިގެން ދިޔަ. އޭގެ ދެރަ މިލިބިގެންދާނީ ދިވެހި ރައްޔިތުންނަށް. މިސާލަކަށް ދަންނަވާކަމަށްވަންޏާ ވަރަށްފާޅުކަން ބޮޑު ގޮތެއްގައި ހަތިޔާރު އެޅި އެއްހާސް ސިފައިން ދިވެހިރާއްޖޭގައި އެބަ ތިބިކަމާއި އުތުރުތިލަފުޅު ވިއްކާލަނީ ކަމާއި މިއޭންގަލް އިން ދިވެހިރާއްޖޭގައި ފެތުރި ވާހަކަތައް ހަގީގަތުގައި ދަންނަވަންޏާ ދިވެހިންގެ ހިތްތަކުގައި އިންޑިއާ ދޭތެރޭގައި އޮތް ލޯއެއްބަށް އަސަރު ކުރި ކަމެއް. ކުޅުދުއްފުއްޓަކީ ބިން ފުރިފައި އޮތް ރަށެއް. ނަމަވެސް ފާޅުގައި މައިކްތަކުގައި ވިދާޅުވަމުން ގެންދެވީ ކުޅުދުއްފުށިން އިންޑިއާއަށް ބިމެއް ވިއްކާލާ ވާހަކަ. ހަނިމާދޫ ވިއްކާލާ ވާހަކަ އިންޑިއާއަށް. މިފަދަ ވާހަކަތައް ރައްޔިތުންނާ ހިސާބަށް ގޮސް މިފަދަ ވާހަކަތަކާއި ގުޅިގެން އެ ދޮގުތަކުގައި ރައްޔިތުން ޖެހި ވޯޓުލީ ބަދަލު ކޮށްފައި.
ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުއްލަތީފު

މެންބަރު ޔާސިރު ވިދާޅުވީ ރާއްޖޭގެ ފޮރިން ޕޮލިސީ ރަނގަޅުކުރަންޖެހޭ ކަމަށާއި، އެކަމާއި ގުޅޭގޮތުން ފުންކޮށް ވިސްނައި ރަނގަޅު ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށެވެ. އަދި ވިދާޅުވީ އެއްވެސް ހާލަތެއްގައި އެއްވެސް ގައުމަކާ ގުޅުން ކެނޑިގެން އެގޮތަށް މަސައްކަތް ކުރުމަކީ އަމާން މަންޒިލަކަށް ދެވޭނެ ގޮތެއް ނޫން ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
ކޮމެންޓް
- ގުޅުންހުރި
ފްލެޓާއި ގޯތީގެ މައްސަލައިގައި އަމަލުކުރަމުންދާ ގޮތުން ފެންނަނީ ސަރުކާރުގެ ހާމަކަން ބޮޑުކަމެއް ނެތްކަން: ޔާސިރު
ޔާސިރު ގޮވާލެއްވީ ސިޔާސީ މީހުންގެ މުސާރަކުޑަކޮށް، ކުރީގެ މެމްބަރުންނަށް ދޭ އިންޝުއަރެންސް ވެސް މިވަގުތު ކަނޑާލުމަށް
ސުލްހައިގެ ސަމިޓަށް ގައުމުތަކުން ނުދިއުމަށް ޗައިނާ އިން ބާރު އަޅާ ކަމަށް ޔޫކްރެއިންގެ ރައީސް ދެއްކެވި ވާހަކަ ޗައިނާ އިން ދޮގުކޮށްފި
މި ސަރުކާރުން އިސްލާމީ ޤައުމުތަކުގެ ކުރިމަތީގައި ރާއްޖެ ލަދުގަންނަވާލައިފި - ޔާސިރު
އެންމެ ރޭވުންތެރިކަމާއެކު، ސިޔާސީ މަސައްކަތްތައް ކުރެވޭ ޕާޓީއަކީ އެމްޑީޕީ: ޔާސިރު
މަސްދޯނިތަކަށް ސިފައިން އަރާ ވާހަކަދެކެވޭއިރު، މިއަދުގެ ރައީސަށް އެކަމާ ބަހެއް ވިދާޅުވާން ކެރިވަޑައިނުގެންނެވި: ޔާސިރު
ވިސާއާ ނުލައި ދިވެހިންނަށް މޮންގޯލިއާއަށް ދަތުރުކުރެވޭ ގޮތް ހަދައިފި
ނިއު ދިއްލީގައި ހުންނަވާ ދިވެހި ސަފީރު އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީއަށް ހާޒިރުކޮށްފި