ކ. މާލެ
|
13 ޑިސެންބަރ 2023 | ބުދަ 08:18
ތުރުކީ ފުޓުބޯޅަ ފެޑެރޭޝަންގެ ރައީސް މެހްމަތު ބުޔުކެކްސީ
ތުރުކީ ފުޓުބޯޅަ ފެޑެރޭޝަންގެ ރައީސް މެހްމަތު ބުޔުކެކްސީ
ރޮއިޓާސް
ތުރުކީ ފުޓުބޯޅަ ފެޑެރޭޝަން
ރެފްރީ އަށް ދިން ހަމަލާގެ ސަބަބުން، ޔޫރޯ ބާއްވަން ތުރުކީ އަށް ހުރަހެއް ނެތް!
މި ދަނޑިވަޅުގައި ޔުއެފާ އޮތީ ތުރުކީ އާއެކު ކަމަށް ޗެފެރިން ވިދާޅުވި ކަމަށް ވެސް ބުޔުކެކްސީ ވަނީ ވިދާޅުވެފައި

ރުކީ ސުޕަ ލީގުގައި ރިޒެސްޕޯ އަދި އަންކާރަގުޗޫ ބައްދަލު ކުރި މެޗުގެ ރެފްރީއަކަށް ހުރި، ހަލީލް އުމެޓް މެލާ އަށް ދިން ހަމަލާގެ ސަބަބުން، 2032 ވަނަ އަހަރުގެ ޔޫރޯ ފުޓުބޯޅަ މުބާރާތް ހޯސްޓު ކުރުމަށް އެ ޤައުމަށް އެއްވެސް ހުރަހެއް ނެތް ކަމަށް، ތުރުކީ ފުޓުބޯޅަ ފެޑެރޭޝަންގެ މެހްމަތު ބުޔުކެކްސީ ވިދާޅުވެއްޖެއެވެ.

އެ ހަމަލާއާގެ ފަހުން މީޑިއާތަކާ ވާހަކަފުޅު ދައްކަވަމުން އޭނާ ވިދާޅުވީ، ތުރުކީގައި ޔޫރޯ ހޯސްޓު ކުރުމަށް ހުރަސް އެޅޭނެ ކަމަށް ދެކެވޭ ވާހަކަ އަކީ އެއްވެސް އަސްލެއް ނޫން ކަމަށެވެ. އަދި އެ ހަމަލާގެ ފަހުން، ޔުއެފާގެ ރައީސް އެލެކްސެންޑާ ޗެފެރިން ފޯނުން ގުޅުއްވި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ޗެފެރިންނާ ހަވާލާ ދެއްވައި އޭނާ ވިދާޅުވީ، ޔުއެފާ އަދި ޗެފެރިންގެ ރުހުން ތުރުކީ އަށް އޮތް ކަމަށެވެ. އަދި މި ދަނޑިވަޅުގައި ޔުއެފާ އޮތީ ތުރުކީ އާއެކު ކަމަށް ޗެފެރިން ވިދާޅުވި ކަމަށް ވެސް ބުޔުކެކްސީ ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ، އެ މައްސަލައާ ގުޅިގެން ފުޓުބޯޅާ ފެޑެރޭޝަނުން އިތުރު މަޝްވަރާތައް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ. އެގޮތުން ފުޓުބޯޅަ ފެޑެރޭޝަންގެ ބޯޑު ބައްދަލުވުމެއް ބުދަ ދުވަހު ކުރިއަށް ދާނެ ކަމަށް އޭނާ ވަނީ އިއުލާންކުރައްވައިފައެވެ. އެ ބައްދަލުވުމުގަައި އެ ހާދިސާއާ ގުޅޭ ހުރިހާ ކަމަކަށް ވަރަށް ސާފު މަޝްވަރާ ކުރާނެ ކަމަށާއި، އެއީ އޭގެ ދެ ވަނަ ބައްދަލުވުން ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ. ހޯމަ ދުވަހުގެރޭ ބޭއްވި ބައްދަލުވުން ވެސް ވަރަށް ދިގުލައިގެން ދިޔަ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އަނެއްކޮޅުން ބުދަ ދުވަހުގެ ބައްދަލުވުމަށްފަހު އިތުރު މައުލޫމާތު ހިއްސާކުރައްވާނެ ކަމަށް ވެސް ބުޔުކެކްސީ ވިދާޅުވިއެވެ.

ތުރުކީގެ ފުޓުބޯޅަ ލީގު ސަސްޕެންޑު ކުރުމަށް ނިންމި ނިންމުން އިތުރަށް ދިގު ދަންމާލާނެތޯ ނޫސްވެރިޔަކު ސުވާލު ކުރުމުން ބުޔުކެކްސީ ވިދާޅުވީ، އެކަމާ ގުޅޭ ގޮތުން ވެސް އިތުރަށް މަޝްވަރާކުރާނެ ކަމަށެވެ. އަދި އެކަމަށް ވެސް އަވަސް ނިންމުމެއް ނިންމަވާނެ ކަމަށް ބުޔުކެކްސީ ވަނީ ވިދާޅުވެފައެވެ.

ރިޒެސްޕޯ އަދި އަންކާރަގުޗޫ ބައްދަލު ކުރި މެޗު އެއްވަރުވެގެން ނިމުނުއިރު، މެޗު ނިމުމާއެކު އަންކާރަގުޗޫގެ ރައީސް ފާރުކް ކޯޗާ ވަނީ ދަނޑަށް އަރައި ހަލީލަށް ހަމަލާ ދީފައެވެ. އޭނާ ވަނީ ހަލީލްގެ މޫނު މަތީގައި ޖަހައިފައެވެ. އެކަމުގެ ސަބަބުން ހަލީލަށް އަންނަނީ އަންކާރާ ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް