ކ. މާލެ
|
12 ޑިސެންބަރ 2023 | އަންގާރަ 12:25
ފިނޭންސް މިނިސްޓަރުގެ އެޑްވައިޒަރުންގެ މަގާމަށް އައްޔަންކުރެއްވި ދެ ބޭފުޅުން
ފިނޭންސް މިނިސްޓަރުގެ އެޑްވައިޒަރުންގެ މަގާމަށް އައްޔަންކުރެއްވި ދެ ބޭފުޅުން
ރައީސް އޮފީސް
ފިނޭންސް މިނިސްޓަރުގެ އެޑްވައިޒަރުން
ފިނޭންސް މިނިސްޓަރުގެ އެޑްވައިޒަރުކަމުގެ މަގާމަށް 2 ބޭފުޅަކު އައްޔަންކުރައްވައިފި
 
މި މަގާމަށް އައްޔަންކުރައްވާފައިވަނީ ކ. މާފުށި، މުސްތަރީގެ، އަހުމަދު ނަސީރު އަދި ދަފްތަރު ނަންބަރު ރސ 99031 އަޙްމަދު މުނައްވަރު

ފިނޭންސް މިނިސްޓަރުގެ އެޑްވައިޒަރުގެ މަގާމަށް 2 ބޭފުޅަކު އައްޔަންކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އެޑްވައިޒަރ ޓު ދަ މިނިސްޓަރ އޮފް ފިނޭންސްގެ މަގާމަށް އައްޔަންކުރައްވާފައިވަނީ ކ. މާފުށި، މުސްތަރީގެ، އަހުމަދު ނަސީރު އަދި ދަފްތަރު ނަންބަރު ރސ 99031 އަޙްމަދު މުނައްވަރުއެވެ.

މި ދެބޭފުޅުންނަށް މަގާމުގެ ފަތްކޮޅު ދެއްވާފައިވަނީ މިކަމަށްޓަކައި އަންގާރަ ދުވަހުގެ ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.

މި ދެބޭފުޅުން އެޑްވައިޒަރ ޓު ދަ މިނިސްޓަރ އޮފް ފިނޭންސްގެ މަގާމަށް ޢައްޔަނުކުރައްވާފައިވަނީ މިނިސްޓަރުންގެ ފެންވަރުގައެވެ. އަދި، ދެ ބޭފުޅުންގެ މަސްޢޫލިއްޔަތުތަކުގެ ތެރޭގައި ވަޒީރުންނަށް ބޭނުންވާ މާލީ އިރުޝާދު ދިނުން ހިމެނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް