Advertisement
ކ. މާލެ
|
27 ޖުލައި 2017 | ބުރާސްފަތި 13:07
ފާރިސްގެ ޝަރީއަތުގެ އަޑުއެހުމަކަށް ފަހު ރައީސް މައުމޫން ކްރިމިނަލް ކޯޓުގެ ބޭރުގައި
ފާރިސްގެ ޝަރީއަތުގެ އަޑުއެހުމަކަށް ފަހު ރައީސް މައުމޫން ކްރިމިނަލް ކޯޓުގެ ބޭރުގައި
މުހައްމަދު ޝަރުހާން
ރައީސް މައުމޫން
ރައީސް މައުމޫންގެ ސުވާލެއް: ފުލުހުންނާއި ސިފައިންނާއި ކޯޓްތައް އެ ބޭނުން ކުރަނީ ސިޔާސީ މައިދާނުގައި ބަލީވީމަތޯ؟
ފުލުހުންނާއި ސިފައިންނާއި ކޯޓްތައް ބޭނުންކުރަނީ ދޭނެ ޖަވާބެއް ނެތީމައިތޯ
ސިޔާސީ މައިދާނުގައި ބަލިވީމައިތޯ
ގާނޫނީ އިމުގެ ތެރެއިން އިސްލާހީ މަސައްކަތް

ގުޅިފައިވާ ޕާޓީތަކުން ކުރަނީ ގާނޫނު އިމުގެ ތެރެއިން އިސްލާހީ މަސައްކަތް ކަން ފާހަގަކުރައްވައި "ވަރުގަދަ" ދެ ސުވާލެއް ރައީސް މައުމޫން އަބްދުލް ގައްޔޫމް ކުރައްވައިފި އެވެ.

ބުރާސްފަތި ދުވަހު ރައީސް މައުމޫން ކުރެއްވި ޓްވީޓެއްގައި ވަނީ، ފުލުހުންނާއި ސިފައިންނާއި ކޯޓްތައް އެ ބޭނުން ކުރަނީ ސިޔާސީ ގޮތުން ދޭނެ ޖަވާބެއް ނެތީމައިތޯ ސުވާލު ކުރައްވާފަ އެވެ. އަދި އެގޮތަށް ކަންތައްތައް އެ ކުރަނީ ސިޔާސީ މައިދާނުގައި ބަލީވީމައި ތޯ ރައީސް މައުމޫން ވަނީ ސުވާލު ކުރައްވާފަ އެވެ.

ރައީސް މައުމޫން މިފަދަ ގޮތަކަށް ޓްވީޓް ކުރައްވާފައިވާއިރު، ސިފައިން ވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ނުވަދެވޭ ގޮތަށް ގޭޓުތަކުގައި ތަޅު އަޅުވާފަ އެވެ. އަދި ބާރުގޭ ބޭނުންކޮށްގެން މަޖިލިސް ތެރެއަށް ވަން މެންބަރުން މަގަށް ނެރެފަ އެވެ. 

ފުލުހުންގެ ވާހަކަ ރައީސް މައުމޫން ފާހަގަކުރައްވާފައިވާއިރު، ފުލުހުން ގެންދަނީ އިިދިކޮޅު ޕާޓީތަކުން ހިންގާ ހަރަކާތްތަކަށް ހުރަސް އަޅައި، ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށް ހަރަކާތްތަކުގައި ބައިވެރިވާ މީހުން ހައްޔަރުކޮށް އަނިޔާ ކުރަމުންނެވެ. 

ރައީސް މައުމޫންގެ ދަރިކަލުން، ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫން މިހާރު ވެސް ހުންނެވީ ބަންދުކޮށްފަ އެވެ. ރިޝްވަތު ދެއްވިކަމުގެ ތުހުމަތުކޮށް، އެ މައްސަލައިގެ ޝަރީއަތް ނިމެންދެން ފާރިސް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ. ފާރިސްގެ ގާނޫނީ ވަކީލުން ވިދާޅުވާ ގޮތުގައި ފާރިސް ހުންނެވީ ޣައިރު ގާނޫނީ ބަންދެއްގަ އެވެ.

ކޯޓްތަކުގެ ވާހަކަ ރައީސް މައުމޫން ފާހަގަކޮށްފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީޙުގެ އިތުބާރު ނެތް ކަމަށް 45 މެންބަރުންގެ ސޮޔާއެކު އިދިކޮޅު ފަރާތްތަކުން ހުށަހެޅުމާއެކު ސުޕްރީމް ކޯޓުން ވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލޭނެ ތިން ހާލަތެއް ބަޔާން ކޮށް ހުކުމެއް ކޮށްފަ އެވެ. ބަންޑާރަނައިބު ހުށަހެޅުއްވި ދުސްތޫރީ މައްސަލައެއްގައި ސުޕްރީމް ކޯޓުން އެގޮތަށް ކުރި ހުކުމާއެކު، ޕީޕީއެމް އިން ވަނީ ރައްޔިތުންގެ މަޖިލީހުގެ ހަ މެންބަރެއް ޕާޓީއިން ވަކިކޮށްފަ އެވެ. އެއާއެކު އިލެކްޝަންސް ކޮމިޝަނުން ވަނީ މެންބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށް ބުނެ ބައި-އިލެކްޝަނަށް ގޮވާލާފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
27 ޖުލައި 2017 | ބުރާސްފަތި 14:50
ހމޒ
ތެލާ ފެނާ އެކުވެފަ ހުންނާނީ ހަލުވާ ވަގުތު އެކަނި! ހެލުވުން ހުއޓާލުމާއެކު މަދު ސިކުންތުކޮޅެއްގެތެރޭގައި ދޭތި ވަކިވާނެ! ދެން؟
27 ޖުލައި 2017 | ބުރާސްފަތި 14:42
42
އަވަހަށް މާލެތެރެއިން ކުދިންކޅެއްހޯދާ ފުލުހުންނާ ތަޅަން ނެރެލާ! ލަދުޙަޔާތުގެ ކަންފުޅެއްވެސް ނެތެއްނު؟