Advertisement
ކ. މާލެ
|
27 ޖުލައި 2017 | ބުރާސްފަތި 01:06
ނޫސްވެރިން ހައްޔަރުކޮށްގެން ގެންދަނީ
ނޫސްވެރިން ހައްޔަރުކޮށްގެން ގެންދަނީ
ޓްވިޓަރ
ނޫސްވެރިން ހައްޔަރުކުރުން
އަނިޔާކޮށް ހައްޔަރުކުރި ނޫސްވެރިން ދޫކޮށްލައިފި
ނޫސްވެރިން ހައްޔަރުކޮށްފައިވަނީ ފުލުހުންގެ ދައުރަށް ހުރަސް އަޅަން އުޅުނުކަމުގެ ތުހުމަތުގައި
ނޫސްވެރިންނަށް ވަނީ އަނިޔާކޮށްފައި
ހަތް ނޫސްވެރިއަކު ހަތްޔަރުކުރި

އަނިޔާކޮށް ހައްޔަރުކޮށްފައިވާ ނޫސްވެރިން ދޫކޮށްލައިފިއެވެ.

ނޫސްވެރިން ހައްޔަރުކޮށްފައި ވަނީ ފުލުހުންގެ ދައުރަށް ހުރަސް އަޅަން އުޅުނުކަމުގެ ތުހުމަތުގައެވެ.

ހައްޔަރުކޮށްފައިވާ މީހުންގެ ތެރެއިން ރާއްޖެޓީވީގެ ދެ ނޫސްވެރިއަކާއި ކެމެރާމަނަކު ހިމެނެއެވެ. މީގެ އިތުރުން ސަންގު ޓީވީގެ ނޫސްވެރިންނާ އެކު ޖުމްލަ ހަތް ނޫސްވެރިއަކު ވަނީ ހައްޔަރުކޮށްފައެވެ.

މަންޒަރު ދުށް މީހުން ބުނި ގޮތިގައި ނޫސްވެރިން ހައްޔަރުކޮށްފައިވަނީ ވަރަށް ބޮޑަށް އަނިޔާކޮށް، ތަކެއްޗަށް ވެސް ގެއްލުން ދިނުމަށް ފަހުގައެވެ.

ފުލުހުން މުރުޝިދު އަބްދުލް ހަކީމް ހައްޔަރުކުރީ އޮން ކެމެރާގައި ލައިވްގައި ހުއްޓައެވެ. މަންޒަރު ފެނުނު ގޮތުގައި އެމްޑީޕީގެ ހަރުގެ ތެރޭގައި މުރުޝިދު ހުއްޓައި ފުލުހުން އައިސް މުރުޝިދު ކޮއްޕާލައި ލައިވް ކަނޑާލަން ވަނީ އަންގާފައެވެ.

ހައްޔަރުކުރި ރާއްޖެޓީވީގެ ނޫސްވެރިންނަކީ މުރުޝިދުގެ އިތުރުން މުހައްމަދު ވިސާމް އާއި ކެމެރާމަން އަހްމަދު މަމްދޫހެވެ.

ފުލުހުން މިހާރުވަނީ ހުރިހާ ނޫސްވެރިން ވެސް ދޫކޮށްލާފައެވެ. ހައްޔަރުކުރި ނޫސްވެރިން ދޫކޮށްލި އިރު ސަންގް ޓީވީގެ ނޫސްވެރިއަކަށް ފުލުހުން ވަނީ ޗިޓް ހަވާލުކޮށްފައެވެ. 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް