ކ. މާލެ
|
26 ޖުލައި 2017 | ބުދަ 23:18
ފުލުހުން ނޫސްވެރިން ހައްޔަރުކޮށްފި
ފުލުހުން ނޫސްވެރިން ހައްޔަރުކޮށްފި
ޓްވިޓަރ
ހައްޔަރުކުރުން
ގިނަ އަދަދެއްގެ ނޫސްވެރިންނަށް އަނިޔާކޮށް ހައްޔަރުކޮށްފި
ނޫސްވެރިން ހައްޔަރުކޮށްފައިވަނީ ފުލުހުންގެ ދައުރަށް ހުރަސް އަޅަން އުޅުނުކަމުގެ ތުހުމަތުގައި
ނޫސްވެރިންނަށް ވަނީ އަނިޔާކޮށްފައި
ގިނަ ބަޔަކަށް ވަނީ އަނިޔާވެފައި

ހަތް ނޫސްވެރިއަކާއި ގިނަ ބަޔަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

ހައްޔަރުކޮށްފައިވާ މީހުންގެ ތެރެއިން ރާއްޖެޓީވީގެ ދެ ނޫސްވެރިއަކާއި ކެމެރާމަނެކު ހިމެނެއެވެ. މަންޒަރު ދުށް މީހުން ބުނީ ހައްޔަރުކުރި ނޫސްވެރިންނަށް ވެސް ވަރަށް ބޮޑަށް އަނިޔާކުރި ކަމަށާއި ތަކެއްޗަށް ވެސް ގެއްލުން ދިން ކަމަށެވެ. މުރުޝިދު އަބްދުލް ހަކީމް ހައްޔަރުކުރީ އޮން ކެމެރާގައި ލައިވްގައި ހުއްޓައެވެ. މަންޒަރު ފެނުނު ގޮތުން އެމްޑީޕީގެ ހަރުގެ ތެރޭގައި މުރުޝިދު ހުއްޓައި ފުލުހުން އައިސް މުރުޝިދު ކޮއްޕާލައި ލައިވް ކަނޑާލަން ވަނީ އަންގާފައެވެ. 

ހައްޔަރުކޮށްފައިވާ ރާއްޖެޓީވީގެ ނޫސްވެރިންނަކީ މުރުޝިދުގެ އިތުރުން މުހައްމަދު ވިސާމް އާއި ކެމެރާމަން އަހްމަދު މަމްދޫހެވެ. އަދި ހައްޔަރުކޮށްފައިވާ ކެމެރާމަންއަކީ އަޙްމަދު މަމްދޫހްއެވެ.

ފުލުހުންވަނީ ސަންގު ޓީވީގެ ނޫސްވެރިން ވެސް ހައްޔަރުކޮށްފައެވެ. އެކި މީޑިއާތަކުގެ މުޅިއަކު ޖުމްލަ ހަތް ނޫސްވެރިން ފުލުހުންވަނީ ހައްޔަރުކޮށްފައެވެ.

ފުލުހުންދަނީ އެއްވުމުގެ ބައިވެރިންނަށް ހުރަސް އަޅާ އެކި ވަރުގެ އަނިޔާތައް ކުރަމުންނެވެ. އަދި ޕެޕަރ ސްޕްރޭ ވަރަށް ގިނަ އަދަދަކަށް ބޭނުންކޮށްފައެވެ.

ފުލުހުން ނޫސްވެރިން ހައްޔަރުކޮށްފައި ވަނީ ފުލުހުންގެ ދައުރަށް ހުރަސް އަޅަން އުޅުނުކަމުގެ ތުހުމަތުގައެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އިތުރު މައުލޫމާތު މި ވަގުތު ދެވެން ނެތް ކަމަށެވެ. 

ރާއްޖެ ޓީވީގެ ނޫސްވެރިޔާ އަބްދުﷲ ނަސީރު އަށް ވެސް ފުލުހުން ވަނީ އަނިޔާކޮށްފައެވެ. ނަމަވެސް ހައްޔަރުކޮށްފައެއް ނުވެއެވެ. 

 

 

 

 

- ކޮމެންޓް
26 ޖުލައި 2017 | ބުދަ 23:40
އަދުލު
އަނިޔާވެރިވާ ފުލުހުންނަށް އިރާދަކުރެއްވިއްޔާ ﷲ ގެ ކުޅަދުންވަންތަކަން ދައްކަވާ ދެވަނަ ފަހަރަށް އެފަދަ އަމަލެއްނުކުރެވޭވަރުގެ ކަންތަތަކެއް ދައްކަވާށި. އާމީން.
26 ޖުލައި 2017 | ބުދަ 23:39
ހަބަރު
މުޒާހަރާގައި އަނިޔާއެއް ނުވޭ! ތަޅަނީ ކޮށްޕަނީ. ޢަވަގުރާނަ ގޮވަނީ. ނޫސްވެރިކަމުގެ މިންގަނޑު ހިފެހެށްޓުމަށޭ ބުނެ ނޫހާއި ހަބަރުގައި ތަޅާވާހަކަ ލިޔަން ނުކެރި އަނިޔާވި މިހެން ލިޔަނީ ފިނޑި ނޫސްވެރިން. ފުލުހުންވެސް ތަޅަންޏާ ހަމައެހެން ލިޔަންވާނެ. ދަރިފުޅުގައި ތަޅާ ސިޑިންމަތިން ކޮށްޕާލީމާ ވާނެ އަނިޔާ އެކަމު ސުރުހީއަކީ އެކަން ހިނގީ އަނިޔާވީ ގަސްތުގައި ކޮށްޕާ ވަށްޓާލީ ތެޅީމާ.