Advertisement
ކ. މާލެ
|
27 ޖުލައި 2017 | ބުރާސްފަތި 00:19
ރޯޝަނީ ބިލްޑިންގ
ރޯޝަނީ ބިލްޑިންގ
ގޫގުލް
ލޮލުގެ ކޭމްޕް
ލޮލުގެ ޙާއްސަ ކޭމްޕެއް ބާއްވަން ނިންމައިފި
ކޭމްޕް ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ސެޕްޓެމްބަރ މަހުގެ ކުރީކޮޅު
ޑޮކްޓަރުންގެ ޓީމުން ސެޕްޓެމްބަރު 1 ވަނަ ދުވަހު ބަލިމީހުން ބަލަން ފަށާނެ

ލޮލުގެ ޙާއްސަ ކޭމްޕެއް ބާއްވަން ނިންމައިފިއެވެ.

މިނިސްޓްރީ އޮފް ހެލްތުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިނިސްޓްރީ އޮފް ހެލްތާއި ޗައިނާގެ ނެޝެނަލް ހެލްތު އެންޑު ފެމެލީ ޕްލޭނިންގ ކޮމިޝަން ގުޅިގެން ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގައި ލޮލުގެ ފަރުވާއަށް ޙާއްސަ ކޭމްޕެއް ހިންގުމަށް ހަމަޖެހިފައިވާ ކަމަށާއި މި ކޭމްޕް ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ސެޕްޓެމްބަރ މަހުގެ ކުރީކޮޅުގައި ކަމަށެވެ.

މި ކޭމްޕަށް ޙާއްސަކޮށް ލޮލުގެ ޙާއްސަ ޑޮކްޓަރުން ހިމެނޭ ޓީމެއް ވަނީ ޖުލައި މަހުގެ 31 ވަނަ ދުވަހު ރާއްޖެ އައުމަށް ހަމަޖެހިފައިވާ ކަމަށް ބަޔާނުގައި ވެއެވެ.

ބަޔާނުގައި އިތުރަށް ބުނެފައިވަނީ ޑޮކްޓަރުންގެ ޓީމުން ސެޕްޓެމްބަރު 1 ވަނަ ދުވަހު ބަލިމީހުން ބެލުމަށް ހަމަޖެހިފައިވާކަމަށާއި އޮގަސްޓް 3 ވަނަ ދުވަހާއި 4 ވަނަ ދުވަހު ލ. ގަމު ރީޖަނަލް ހޮސްޕިޓަލްގައިވެސް ބަލިމީހުން ބެލުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ހުޅުމާލެ ހޮސްޕިޓަލަށް ޑޮކްޓަރަށް ދައްކަން ބޭނުންވާ ފަރާތްތަކުން 1417 އަށް ގުޅައި ނަންނޯޓް ކުރުމަށާއި ލ. ގަމު ރީޖަނަލް ހޮސްޕިޓަލަށް ހޮސްޕިޓަލަށް ޑޮކްޓަރަށް ދައްކަން ބޭނުންވާ ފަރާތްތަކުން 6800026 އަށް ގުޅައި ނަންނޯޓް ކުރުމަށް ވެސް ބަޔާނުގައި ބުނެފައި ވެއެވެ.

މި ކޭމްޕްގައި ކެޓަރެކްޓް ސާޖަރީ ހަދަންޖެހޭ މީހުން ފާހަގަކޮށް އެ މީހުންނަށް ކޭމްޕްގެ ތެރެއިން ފަރުވާދިނުމަށް ވަނީ ހަމަޖެހިފައެވެ.

ޗައިނާ ސަރުކާރުން ވަނީ 2015 ވަނަ އަހަރު ވެސްހުޅުމާލެ ހޮސްޕިޓަލްގައި މެޑިކަލް ކޭމްޕެއް ބާއްވާފައެވެ.

    

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް