Advertisement
ކ. މާލެ
|
26 ޖުލައި 2017 | ބުދަ 22:05
އިދިކޮޅު ކޯލިޝަނުން ބްރިޓިޝްގެ ޑެޕިއުޓީ ހައިކޮމިޝަނަރު އާއި ބައްދަލުކުރަނީ
އިދިކޮޅު ކޯލިޝަނުން ބްރިޓިޝްގެ ޑެޕިއުޓީ ހައިކޮމިޝަނަރު އާއި ބައްދަލުކުރަނީ
ޓްވިޓަރ
އިދިކޮޅު ކޯލިޝަން
އިދިކޮޅު ކޯލިޝަނުން ބްރިޓިޝްގެ ޑެޕިއުޓީ ހައިކޮމިޝަނަރާ ބައްދަލުކޮށްފި
ރާއްޖޭގެ ސިޔާސީ މަޝްރަހާ ބެހޭ ގޮތުން ނުވަ ގައުމަކުންވަނީ ކަންބޮޑުވުން ފާޅުކޮށްފަ

އިދިކޮޅު ކޯލިޝަނުން ބްރިޓިޝް ޑެޕިއުޓީ ހައިކޮމިޝަނަރު ޓޮމް ބާރންއާ ބައްދަލުކޮށްފިއެވެ.

ކުރީގެ ރައްޔިތުން މަޖިލިސްގެ ރައީސް އަބްދުﷲ ޝާހިދު ކުރެއްވި ޓުވީޓެއްގައި ވަނީ ރާއްޖޭގައި އިތުރަށް ނުތަނަވަސްވަމުންދާ ސިޔާސީ ޙާލަތާ ގުޅިގެން ބްރިޓިޝްގެ ހައިކޮމިޝަނަރާ ބައްދަލުކޮށް، މަޝްވަރާތައް ކޮށްފައިވާ ކަމަށެވެ.

ރާއްޖޭގެ މިހާރުގެ ސިޔާސީ މަޝްރަހާ ބެހޭ ގޮތުން ނުވަ ގައުމަކުން ވަނީ ކަންބޮޑުވުން ފާޅުކޮށް ބަޔާނެއް ނެރެފައެވެ.

ކެނެޑާ، ފްރާންސް، ޖަރމަނީ، އިޓަލީ، ނެދަރލަންޑްސް، ނޯވޭ، ސްވިޒަލެންޑް، އިގިރޭސިވިލާތް، އެމެރިކާ އަދި ރާއްޖެ އާއި ސްރީލަންކާއަށް ކަނޑައަޅާފައިވާ އީޔޫ ޑެލިގޭޝަނުން ނެރެފައިވާ ބަޔާނުގައި ބުނެފައި ވަނީ ސަރުކާރުން މިހާރު ހިންގަމުންދާ ހަރަކާތްތަކުގެ ސަބަބުން، ރާއްޖޭގެ ޑިމޮކްރަސީ އަށް ނޭދެވޭ އަސަރުކުރާ ކަމަށެވެ. އަދި، މިފަދަ އަމަލުތަކަކީ ރާއްޖޭގެ ގާނޫނު އަސާސީ އާއި ރާއްޖެއިން އަހުދުވެފައިވާ ބައިނަލްއަގްވާމީ މުއާހަދާތަކާ ވެސް ދެކޮޅު އަމަލުތަކެއް ކަމަށެވެ.

އިންތިހާބު ކޮށްފައިވާ ރައްޔިތުންގެ މެންބަރުންނަށް ރައްޔިތުންގެ މަޖިލިހަށް ވަނުމުން ހުރަސް އަޅާ، އަސްކަރިއްޔާ އިން މަޖިލިސް ހިސޯރުކުރުމާއި، މެންބަރުންނަށް ބިރު ދެއްކުމާއި ހައްޔަރުކުރުމަކީ އިންތިހާއަށް ކަންބޮޑުވާ ކަމެއް ކަމަށްވެސް އެ ބަޔާނުގައި ބުނެފައި ވެއެވެ.

މި ބަޔާނުގައި ބުނެފައި ވަނީ ޑިމޮކްރަސީއެއްގައި އިދިކޮޅު ފަރާތްތަކަކީ މުހިއްމު ދައުރެއް އަދާކުރާ ބައެއް ކަމަށާއި އެއްވެ އުޅުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ މުހިއްމު ކަންކަން ކަމެވެ. އަދި އިދިކޮޅު ފަރާތްތަކާއި މަދަނީ ޖަމިއްޔާތަކުގެ ދައުރަށް ހުރަސް ނޭޅުމަށް ވެސް ބަޔާނުގައި ގޮވާލާފައި ވެއެވެ.

 


 

 

  

 

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް