Advertisement
ކ. މާލެ
|
26 ޖުލައި 2017 | ބުދަ 19:33
ކުނޫޒު ހިމެނޭ ސަރަހައްދު ބަންދުކޮށްގެން، ފުލުހުން ބަލައި ފާސްކުރަނީ
ކުނޫޒު ހިމެނޭ ސަރަހައްދު ބަންދުކޮށްގެން، ފުލުހުން ބަލައި ފާސްކުރަނީ
ރާއްޖެއެމްވީ
ކުނޫޒް ފާސްކުރުން
ކުނޫޒް ޑަބަލް ސަރޗުކުރުމަށް ކޯޓުން ހުއްދައެއް ނުދޭ: ޖުމްހޫރީ ޕާޓީ
ޖުމްހޫރީ ޕާޓީން ވަނީ ކުނޫޒް ބަލާ ފާސްކުރާ މައްދަލަ ކްރިމިނަލް ކޯޓަށް ހުށަހަޅާފަ
ކުނޫޒް ޑަބަލް ސަރޗެއް ނުކުރެވޭނެ
މިއީ ޖިނާއީ އިޖުރާއަތުގެ ގާނޫނާ ހިލާފަށް ފުލުުހުން ކުރައްވާ ޣައިރުގާނޫނީ އަމަލެއް

މާފަންނު ކުނޫޒް ބަލާ ފާސްކުރުމަށް ޑަބަލް ސަރޗު ކުރުމުގެހުއްދައެއް ކޯޓުން ދީފައިނުވާ ކަމަށާއި ގާނޫނާއި ހިލާފަށް އެފަދަ ކަމެއް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ކޮށްފި ނަމަ، އޭގެ ޒިންމާ ނަގަންޖެހޭނެ ކަަމަށް ޖުމްހޫރީޕާޓީން ބުނެފި އެވެ.

 

ޖުމްހޫރީ ޕާޓީގެ ނޫސްބަޔާނުގައި ބުނެފައިވަނީ ކޯޓު އަމުރުގެ ދަށުން ގާނޫނީ ވާޖިބު އެންމެ ފުރިހަމައަށް އަދާކޮށްދީ އެ މަސައްކަތް ފުލުހުން ބޭނުންވި ހުރިހާ ކަމެއްގައި އެހިތެރިވެދީ، އެ މަސައްކަތް 25 ޖުލައި ވީ ދުވަހުގެ ރޭ 08:50 ގައި ފެށި ބަލާފާސްކުރުމުގެ މަސައްކަތް އެރޭ ދަންވަރު 01:30 ގައި ނިންމާލި ކަމުގެ ލިޔުންދިން ކަމަށެވެ.

 

ކޯޓު އަމުރުން ހުއްދަ ނުލިބޭ، ގޮތަކަށް ދެވަނަ ފަރަހަށް ބަލާ ފާސްކުރުމަކީ، ގާނޫނީ ގޮތުން ރަގަޅު ނޫން ޖިނާއީ އިޖުރާއަތުގެ ގާނޫނާ ހިލާފަށް ފުލުުން ކުރައްވާ ޣައިރު ގާނޫނީ އަމަލެކެވެ.

 

މި ބަޔާނުގައި އިތުރަށް ފާހަަގަކޮށްފައިވަނީ ގާނޫނާއި ގަވައިދާ އެއްގޮތްވާގޮތުގެ މަތިން ކޯޓުއަމުރަކަށް ތަބާވެ، ދެންޖެހޭ ފުރިހަމަ އެއްބާރުލުންދީ އެ މަސައްކަތް ފުލުހުން ބޭނުނބި ހުރިހާ އެހީތެރިކަމެއްދީގެން ބަލާފާސްކުރުމުގެ ނިންމާ އެކަންއެގޮަތަށް ހިނގައި ނިމިފައިވަނިކޮށް ޕާޓީގެ އޮފީސް ހުޅުވުމަށް ފުލުހުންގެ ބަޔަކު ހުރަސް އަޅާފައިވާ ކަމަށް ޖުމްހޫރީ ޕާޓީން ނެރުނު ބަޔާނުގައި ބުނެ އެވެ.

 

ފުލުހުންގެ އަމަލުތަކާއި ގުޅިގެން ޖުމްހޫރީޕާޓީން ވަނީ މ.ކުނޫޒް ބަލާ ފާސްކުރަން އުޅޭ މައްސަލައާއި މ.ކުނޫޡަށް އެގޯތި ބޭނުންކުރާ މީހުންނަށް، ނުވަދެވޭ ގޮތަށް ފުލުހުންގެ ބެލުމުގެ ދަށުގައި ބަހައްޓާއި މުދަލުން މަހްރޫމް ކުރުވާފައިވާ މައްސަލަ ބެލުމަށާއި މިކަމުގައި ކްރިމިނަލް ކޯޓުން އަވަސް ފިޔަވަޅެއް އެޅުމަށް ވަނީ އެދި ޖުމްހޫރީ ޕާޓީން ވަނީ މައްސަލަ ކްރިމިނަލް ކޯޓަށް މައްސަލަ ހުށަހަޅާފަ އެވެ.

 

އެގޮތުން ޖިނާއީ އިޖުރާއަތުގެ 32 ވަނަ މާއްދާގައި ބަލާ ފާސްކުރުމުގެ ކޯޓު އަމުރުގައި ހުންނަންޖެހޭ މައުލޫމާތުތަކުގެ ތެރޭގައި  އެ އަމުރުގެ ދަށުން ބަލާ ފާސްކުރުމަށްޓަކާއި އެއް ފަހަރަށްވުރެ، ގިނަ ފަހަރު އެތަނަށް ނުވަތަ ތަންތަނަށް ވަދެވޭނަމަ، އެކަން އަމުރުގައި ބަޔާންކުރަންވާނެ ކަން އެ މާއްދާގެ (ހ)ގެ 9 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ކަމަށް މި ސިޓީގައިވަނީ ބަޔާންކޮށްފަ އެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް