ކ. މާލެ
|
26 ޖުލައި 2017 | ބުދަ 13:02
ފުލުހުން މ. ކުނޫޒު ބަލާފާސްކުރަނީ
ފުލުހުން މ. ކުނޫޒު ބަލާފާސްކުރަނީ
ރާއްޖެއެމްވީ
މ. ކުނޫޒު ބަލާފާސްކުރުން
ކުނޫޒު ބަލާފާސްކޮށް އަދި ނުނިމޭ: ޕޮލިސް
އަންގާރަ ދުވަހުގެ ރޭ ގާތްގަނޑަކަށް ފަސް ގަޑިއެއްހާއިރު ފުލުހުން ވަނީ ކުނޫޒު ބަލާ ފާސްކޮށްފަ
މިހާތަނަށް އެއްވެސް ހެއްކެއް ފެނިފައެއް ނުވޭ
ބަލާފާސްކުރަނީ ސަރުކާރަށް ދަތިކުރުމުގެ ކަންތައްތަކެއް ހިންގަމުންދާކަމުގެ ތުހުމަތުގައި

ގުޅިފައިވާ ސިޔާސީ ޕާޓިތަކުގެ ހަރަކާތްތައް ހިންގަމުންދާ، ޖުމްހޫރީ ޕާޓީގެ މައި ޖަގަހަ މ. ކުނޫޒު ބަލާފާސްކޮށް ނުނިމޭ ކަމަށް ފުލުހުން ބުފި އެވެ.

ފުލުހުންގެ މީޑިއާ އޮފީޝަލް ބުދަ ދުވަހު ވިދާޅުވީ ކުނޫޒުގައި ބަލާފާސްކުރަން ކަނޑައެޅިފައިވާ ތަންތަނާއި ތަކެތި ކޯޓު އަމުރު ދީފައިވާ ވަގުތާ ހަމައަށް ބަލާފާސްކުރުން ކުރިއަށްދާނެ ކަަމަށެވެ. އަދި އަންގާރަ ދުވަހުގެ ރޭ ކުނޫޒު ބަލާފާސްކުރުމަށްފަހު، ފުލުހުން ދޫކޮށްފައިވާ ލިޔުމަކީ އެ ރޭ ފާސްކުރެވުނު ތަކެއްޗާއިބެހޭ ގޮތުން ދޫކޮށްފައިވާ ލިޔުމެއް ކަމަށާއި އެއީ އެއްވެސް ހާލަތެއްގައި ކުނޫޒު އެއްކޮށް ބަލާފާސްކޮށް ނިންމުމަށްފަހު ދުކޮށްފައިވާ ލިޔުމެއް ނޫން ކަމަށްވެސް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

ބުދަ ދުވަހު އަނެއްކާވެސް ފުލުހުން ގެންދަނީ ކުނޫޒު ސަރަހައްދު ބަންދުކޮށް އެތަން ބަލާފާސްކުރަމުންނެވެ.

ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން ފުލުހުން މާފަންނު ކުނޫޒް ފުލުހުން ބަލައިފާސްކުރަން ފަށާފައި ވަނީ އަންގާރަ ދުވަހުގެ ރޭ 20:30 އެހާކަންހާއިރު އެވެ.  ޖުމްހޫރީ ޕާޓީގެ ޖަގަހަ އާއި އެ ޕާޓީގެ އޮފީސް ބަލާ ފާސްކުރުމަށް ފުލުހުން އެތަނުގައި ގާތްގަނޑަކަށް ފަސް ގަޑިއިރު ހޭދަކުރިއެވެ. ނަމަވެސް ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނަރަލް އަހްމަދު ސަމީރު ވިދާޅުވެފައި ވަނީ މައްސަލައާ ގުޅުންހުރި އެއްވެސް ހެއްކެއް ފެނިފައިނުވާކަމަށް ބުނެ ފުލުހުން ލިޔުމެއް ދިން ކަމަށެވެ. ކުނޫޒު ބަލާ ފާސްކުރުމަށްފަހު އަންގާރަ ދުވަހުގެ ރޭ  ފުލުހުން ނިކުތީ ދަންވަރު 1.30 ހާއިރެވެ.

ޖުމްހޫރީ ޕާޓީގެ މައި ޖަގަހަ، ކުނޫޒު ބަލައި ފާސްކުރުމަށް އަންގާރަ ދުވަހުގެރޭ ނެރެފައިވާ ކޯޓު އަމުރުގައި ވަނީ އެތަން ބަލާ ފާސްކުރަނީ ޖުމްހޫރީ ޕާޓީ އާއި އެމްޑީޕީ އާއި އަދާލަތު ޕާޓީ އާއި އަދި މިނޫން ވެސް ބައެއް ފަރާތްތަކުން އިސްކޮށް ތިބެ ދިވެހިރާއްޖޭގައި ޤާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ހިންގުމަށް ދަތިކުރުމާއި، ސަރުކާރު ވައްޓާލުމަށް ސައްލާކޮށް، ރާވާއި، އަދި ރައްޔިތުން މަޖިލީހުން ކުރާ ރަސްމީ މަސައްކަތްތަކަށް ހުރަސް އެޅުމަށް މަސައްކަތްކުރަމުންދާ ކަމަށް ތުހުމަތުކުރެވޭތީ އެކަމާ ގުޅޭ ހެކި ހޯދުމަށް ކަމަށެވެ.

- ކޮމެންޓް