ކ. މާލެ
|
27 ނޮވެންބަރ 2023 | ހޯމަ 14:22
ދައުރު ދިގުދަންމާލަން މެންބަރުން ވޯޓުދެއްވި ގޮތް
ދައުރު ދިގުދަންމާލަން މެންބަރުން ވޯޓުދެއްވި ގޮތް
މަޖިލީހުގެ މަސައްކަތްތައް
މަޖިލީހުގެ މި ދައުރު ޑިސެމްބަރު 7 އާ ހަމައަށް ދިގުދަންމާލަން ފާސްކޮށްފި
2024ގެ ބަޖެޓު ފާސްކުރުމާއި އަދި އެ ނޫންވެސް މުހިންމު މަސައްކަތްތައް ނުނިމި އެބަހުރި
ދައުރު ދިގު ދަންމާލަން ނިންމާފައި ވަނީ ވޯޓުގައި ބައިވެރިވެވަޑައިގަތް 51 މެންބަރުންގެ ވޯޓާ އެކުގައި
ދައުރު ދިގުދަންމާލުމާއި މެދު ވަކި ގޮތަކަށް ވޯޓު ނުދެއްވާ 6 މެންބަރަކު ތިއްބެވި

ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ތިން ވަނަ ދައުރު ދިގުދަންމާލަން ފާސްކޮށްފިއެވެ.

ހޯމަ ދުވަހުގެ މަޖިލީހުގެ ޖަލްސާ ފައްޓަވަމުން މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވަނީ އަންނަ މަހުގެ 7 އާ ހަމައަށް މި ދައުރުގެ ޖަލްސާތައް ކުރިޔަށް ގެންދަވަން ނިންމަވާކަން އިއުލާނުކުރައްވާފައެވެ. މަޖިލީހުގެ މި ދައުރު ދިގުދަންމާލަން ނިންމާފައި ވަނީ 2024ގެ ބަޖެޓު ފާސްކުރުމާއި އަދި އެ ނޫންވެސް މުހިންމު މަސައްކަތްތައް ނުނިމި ހުރުމުން މަޖިލީހުގެ މަސައްކަތްތަކަށް ފުރުސަތު ދިނުމުގެ ގޮތުންނެވެ. ހޯމަ ދުވަހު ނެގި ވޯޓުގައި މަޖިލީހުގެ ދައުރު ދިގުދަންމާލަން ނިންމާފައި ވަނީ ވޯޓުގައި ބައިވެރިވެވަޑައިގަތް 51 މެންބަރުންގެ ވޯޓާއި އެކުގައެވެ. ދައުރު ދިގުދަންމާލުމާއި މެދު ވަކި ގޮތަކަށް ވޯޓު ނުދެއްވާ 6 މެންބަރަކު ތިއްބެވިއެވެ. އަދި ނުފެންނަ ކަމަށް އެއް މެންބަރަކު ވޯޓު ދެއްވިއެވެ.

Advertisement

މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް މައްސަލަ ކުރިޔަށް ނުގެންދެވި މަޖިލީހުގެ މަސައްކަތްތައް ނުކުރެވި ދައުރުގެ ބޮޑުބައެއް ހޭދަކުރަން ޖެހުނެވެ. އެކަމުގެ ސަބަބުން މިނިވަން މުއައްސަސާތަކާއި ސަފީރުންނަށް މީހުން އައްޔަން ކުރުން ފަދަ މުހިންމު މަސައްކަތްތައް ކުރިއަށް ނުގޮސް ހުއްޓެވެ. އަލުން މަޖިލިސް ހިނގައިގަތީ މަޖިލީހުގެ ކުރީގެ ރައީސް ނަޝީދުގެ އިތުބާރު ނެތްކަމަށް ފާސްކޮށް، މަޖިލީހުގެ ރައީސްކަމަށް ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމް އައްޔަން ކުރި ހިސާބުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 20 ގަޑިއިރު ކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް