ކ. މާލެ
|
27 ނޮވެންބަރ 2023 | ހޯމަ 12:55
ފަސޭހަކަމާއެކު ޚިދުމަތް ފޯރުކޮށްދިނުމުގެ ގޮތުން އީ-ގޭޓްގެ ޚިދުމަތް ފެށުން
ފަސޭހަކަމާއެކު ޚިދުމަތް ފޯރުކޮށްދިނުމުގެ ގޮތުން އީ-ގޭޓްގެ ޚިދުމަތް ފެށުން
ރާއްޖެއެމްވީ
އީގޭޓްގެ ޚިދުމަތް ފެށުން
ފަސޭހަކަމާއެކު ޚިދުމަތް ފޯރުކޮށްދިނުމުގެ ގޮތުން އީ-ގޭޓްގެ ޚިދުމަތް އަލުން ފަށައިފި
ޚިދުމަތްތައް އިތުރަށް ފުރިހަމަވެ، ޚިދުމަތް ހޯދާމީހުންގެ ވަގުތު ސަލާމަތްވާނެ
ސެކިއުރިޓީގެ ކަންތައް މިހާރަށް ވުރެ އެތައް ގުނައަކުން ވަރުގަދަ ވާނެ

ދިވެހިންނަށް ފަސޭހަކަމާއެކު 'ސީމްލެސް ޓްރެވަލް' ގެ ޚިދުމަތް ފޯރުކޮށްދިނުމުގެ ގޮތުން 'އީ-ގޭޓް' ގެ ޚިދުމަތް އަލުން ފަށައިފިއެވެ.

ހޯމަ ދުވަހު މޯލްޑިވްސް އިމިގްރޭޝަނުން ބުނީ ދިވެހިންނަށް ފަސޭހަކަމާއެކު ސީމްލެސް ޓްރެވަލްގެ ޚިދުމަތް ފޯރުކޮށްދިނުމުގެ ގޮތުން އީ-ގޭޓުގެ ޚިދުމަތް އަލުން ފަށާފައިވާ ކަމަށާއި، ބައިނަލްއަގްވާމީ ދަތުރުފަތުރު ކުރާ ދިވެހިންނަށް އިމުގާ ޓްރެވެލަރ ޑެކްލަރޭޝަން ފޯމު ފުރިހަމަކުރަން ނުޖެހޭގޮތަށް ހަމަޖެއްސުމާއެކު އީ-ގޭޓުގެ ޚިދުމަތް ވެސް ފަސޭހަކަމާއެކު ލިބޭނެ ކަމަށެވެ.

ޕާސްޕޯޓް އަމިއްލައަށް ސްކޭންކޮށް، ފިންގާ ޕްރިންޓް ޖަހައި އެ ސިސްޓަމްގައި ހުންނަ ކެމެރާއާ ދިމާލަށް ބަލައިލުމެވެ.

Advertisement

އީ-ގޭޓް ޚިދުމަތާއެކު ޚިދުމަތްތައް އިތުރަށް ފުރިހަމަވެ، ޚިދުމަތް ހޯދާމީހުންގެ ވަގުތު ސަލާމަތްވާނެއެވެ. އަދި ސެކިއުރިޓީގެ ކަންތައް މިހާރަށް ވުރެ އެތައް ގުނައަކުން ވަރުގަދަ ވާނެއެވެ.

އީ-ގޭޓަކީ ރާއްޖެ އަށް އެތެރެވުމާއި ބޭރުވުމުގައި އިމިގްރޭޝަން އޮފިސަރުން ޕާސްޕޯޓް ޗެކުކުރުމުގެ ބަދަލުގައި އަމިއްލައަށް ޗެކުރަން ޖެހޭ ނިޒާމެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 20 ގަޑިއިރު ކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް