Advertisement
ކ. މާލެ
|
26 ޖުލައި 2017 | ބުދަ 02:02
ފުލުހުން ކުނޫޒު ބަލާ ފާސްކުރަނީ:- ފުލުހުން ބުނީ މައްސަލައާ ގުޅޭ އެއްޗެއް ނުފެނުން ކަމަށް
ފުލުހުން ކުނޫޒު ބަލާ ފާސްކުރަނީ:- ފުލުހުން ބުނީ މައްސަލައާ ގުޅޭ އެއްޗެއް ނުފެނުން ކަމަށް
ރާއްޖެ އެމްވީ
ފުލުހުން ޚާއްސަ އޮޕަރޭޝަން
ކުނޫޒު ބަލައިފާސްކޮށްފި، ފުލުހުން ބުނީ އެއްވެސް ހެއްކެއް ނުފެނުނު ކަމަށް!
ފުލުހުން ކުނޫޒު ބަލާ ފާސްކުރުމަށް ގާތްގަނޑަކަށް ފަސް ގަޑިއިރު ހޭދަކުރި
ކުނޫޒު ބަލާފާސްކުރީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ މައްޗަށް ބޮޑެތި ތުހްމަތުތަކެއް ކުރުމަށްފަހު
ކުނޫޒް ފާސްކުރަމުން ދިޔައިރު، ފުލުހުން ވަނީ އެ ސަރަހައްދު ނުފެންނަހާ ދުރަށް އާންމުންނާއި ނޫސްވެރިން ޖައްސާފަ

ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން ފުލުހުން މާފަންނު ކުނޫޒް ފުލުހުން ބަލައި ކޮށްފިއެވެ. ޖުމްހޫރީ ޕާޓީގެ ޖަގަހަ އާއި އެ ޕާޓީގެ އޮފީސް ބަލާ ފާސްކުރުމަށް ފުލުހުން އެތަނުގައި ގާތްގަނޑަކަށް ފަސް ގަޑިއިރު ހޭދަކުރިއެވެ. ނަމަވެސް ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނަރަލް އަހްމަދު ސަމީރު ވިދާޅުވީ މައްސަލައާ ގުޅުންހުރި އެއްވެސް ހެއްކެއް ފެނިފައިނުވާކަމަށް ބުނެ ފުލުހުން ލިޔުމެއް ދިން ކަމަށެވެ. ފުލުހުން ކުނޫޒު ބަލާ ފާސްކުރުމަށް ވަނީ އަންގާރަ ދުވަހުގެ ރޭ 20.30 ހާއިރެވެ. އަދި އެތަނުން ފުލުހުން ނިކުތީ ދަންވަރު 1.30 ހާއިރެވެ.

ޖުމްހޫރީ ޕާޓީގެ މައި ޖަގަހަ، ކުނޫޒު ބަލައި ފާސްކުރުމަށް އަންގާރަ ދުވަހުގެރޭ ނެރެފައިވާ ކޯޓު އަމުރުގައި ވަނީ އެތަން ބަލާ ފާސްކުރަނީ ޖުމްހޫރީ ޕާޓީ އާއި އެމްޑީޕީ އާއި އަދާލަތު ޕާޓީ އާއި އަދި މިނޫން ވެސް ބައެއް ފަރާތްތަކުން އިސްކޮށް ތިބެ ދިވެހިރާއްޖޭގައި ޤާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ހިންގުމަށް ދަތިކުރުމާއި، ސަރުކާރު ވައްޓާލުމަށް ސައްލާކޮށް، ރާވާއި، އަދި ރައްޔިތުން މަޖިލީހުން ކުރާ ރަސްމީ މަސައްކަތްތަކަށް ހުރަސް އެޅުމަށް މަސައްކަތްކުރަމުންދާ ކަމަށް ތުހުމަތުކުރެވޭތީ އެކަމާ ގުޅޭ ހެކި ހޯދުމަށް ކަމަށެވެ.

މި އަމުރުގައިވާ ގޮތުން ކުނޫޒުން ބަލައި ފާސްކުރަން ހަމަޖެހިފައި ވަނީ ސަރުކާރު ބަދުނާމުވާ ގޮތަށް ލިޔެފައިވާ ލިޔެކިޔުންތަކާއި ބެނާތަކާއި ފޮތިތަކާއި އަދި ސީސީޓީވީ ފޫޓޭޖް ހޯދުމަށެވެ. އަދި ކޯޓް އަމުރުގައި ބުނެފައިވަނީ ކުނޫޒް ބަލައި ފާސްކުރުމަށް ހަމަޖެއްސީ ފުލުހުންގެ އިންޓެލިޖަންސްއަށް ލިބުނު ސިއްރު މައުލޫމާތަކާއި ގުޅިގެން ކަމަށެވެ.

ކުނޫޒް ބަލައި ފާސްކުރަން ކްރިމިންލް ކޯޓުން ނެރެފައިވަނީ 72 ގަޑިއިރުގެ ކޯޓް އަމުރެކެވެ. ކުނޫޒް ފާސްކުރަމުން ދިޔައިރު، ފުލުހުން ވަނީ އެ ސަރަހައްދު ނުފެންނަހާ ދުރަށް އާންމުންނާއި ނޫސްވެރިން ޖައްސާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް
26 ޖުލައި 2017 | ބުދަ 10:32
ސައްޕޭ
އަހަރެން އަންތަރީސްވެއްޖެ އެތަނުން ބައޮލޮޖިކަލް ހަތިޔާރާ ބޮންއަޅާ މަތިންދާބޯޓު ނުފެނުނީތީ، އަޅެފަހެ ތިތަންފާސްކުރަންބުނި އިންޓެލިގެސް ރިޕޯޓް އަހަރެމެންވެސް ބަލަން ބޭނުންވެއްޖެ! ތިޔަވީގޮތެއް ދޯ
26 ޖުލައި 2017 | ބުދަ 07:07
އަރީ
ހެކި ނުފެނުނު. އީވް ޑްރޮޕްސް ކުރެވިއްޖެ. ހެކި ޕްލާންޓް ކުރެވިއްޖެ . ނައްޓާލަނީ ސަރ