Advertisement
ކ. މާލެ
|
25 ޖުލައި 2017 | އަންގާރަ 21:26
އޭޑީކޭ ހޮސްޕިޓަލުގައި ބާރީއަށް ފަރުވާ ދެމުންދަނީ: ބާރީގެ ބަލިހާލަތު ބައްލަވާލެއްވުމަށް ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު
އޭޑީކޭ ހޮސްޕިޓަލުގައި ބާރީއަށް ފަރުވާ ދެމުންދަނީ: ބާރީގެ ބަލިހާލަތު ބައްލަވާލެއްވުމަށް ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު
ޓްވިޓަރ
މެމްބަރު ބަރީ
ކުރެންދޫ ދާއިރާގެ މެމްބަރު ބާރީ އަދިވެސް ހޮސްޕިޓަލްގައި
ގިނަ މެމްބަރުންނަށް އަނިޔާވެފައިވޭ

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން މަޖިހުން ނެރުމުގެ ތެރޭގައި ކުރެންދޫ ދާއިރާގެ މެމްބަރު އަބްދުލް ބާރީ އަބްދުﷲ އަށް ލިބިވަޑައިގެންނެވި ޒަހަމްތަކާ ގުޅިގެން އަދިވެސް އޭނާއަށް ހޮސްޕިޓަލްގައި ގެންދަވަނީ ފަރުވާ ދެއްވަމުންނެވެ.

އޭޑީކޭ ހޮސްޕިޓަލްގައި މެމްބަރު ބާރީއަށް ފަރުވާ ދެއްވަމުން ގެންދަވަނީ އޭނާގެ ބޮލަށް ލިބިފައިވާ ގެއްލުމަކާއި އެލާޖީގެ ސަބަބުން ކަމަށް ވެސް މައުލޫމާތު ލިބިފައި ވެއެވެ.

މެމްބަރު ބާރީގެ ސިއްހީ ހާލަތާ ގުޅޭ ގޮތުން އެމްޑީޕީގެ ޗެއާރޕާސަން ހަސަން ލަތީފް ވިދާޅުވީ ބާރީގެ ހާލު މިހާރު ރަނގަަޅުވަމުން އަންނަ ކަމަށެވެ.

"މެމްބަރުން މަޖިލީހަށް ވަނުމަށް ވަޑައިގެންނެވިއިރު، ފުލުހުންގެ ފަރާތުން ޕެޕަރ ސްޕްރޭކޮށް، އެކިއެކި ދެމުންދިޔަ. އެގޮތުން ބާރީގެ މޫނަށާއި ލޮލަށާއި އަނގަޔަށް ވަރަށް ބޮޑަށް ޕެޕަރ ސްޕްރޭ ކުރުމުގެ ސަބަބުން ނޭވާލުމަށް އުނދަގޫވެފައިވަނީ. އަދި ބޮލުގައި ރިއްސުން ވެސް ހުރި. އަދި ބާރީ ކޮށްޕާ އެކަހަލަ ކަންކަން ކުރުމުން ބުރަކައްޓަށާއި ކަރަށް ވަރަށް ބޮޑަށް ތަދުވެފަ ވަނީ،" ހަސަން ލަތީފް ވިދާޅުވި އެވެ.

މީގެއިތުރުން ހަސަން ލަތީފް ވިދާޅުވީ ހޯމަ ދުވަހު މަޖިލިސް މެމްބަރުންނަށް ގައުމީ ދިފާއީ ހިދްމަތްތަކުން އަމަލުކޮށްފައިވާ ގޮތް، އިންޓަރ ޕާލަމެންޓްރީ ޔޫނިއަނަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް ވެސް މިމައްސަލަ ހުށަހަޅާފައިވާ ކަމަށް ވެސް ހަސަން ލަތީފް ވިދާޅުވި އެވެ.

ގުޅިފައިފައިވާ ސިޔާސީ ޕާޓީތަކުގެ ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރުން ހޯމަ ދުވަހު ރައްޔިތުންގެ މަޖިލީހަށް ވަޑައިގެންނެވުމުން މިލިޓަރީ ސިފައިންގެ ބަޔަކާއި ފުލުހުންގެ ބަޔަކު ވަނީ މަޖިލީހަށް ވަދެ މެމްބަރުން ވަރަށް އަނިޔާވެރިކޮށް މަޖިލީހުގެ އިދާރާއިން ނެރެފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް