Advertisement
ކ. މާލެ
|
25 ޖުލައި 2017 | އަންގާރަ 21:15
 ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި، ޕާކިސްތާނުގެ ބޮޑުވަޒީރު މުޙައްމަދު ނަވާޒު ޝަރީފް
ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި، ޕާކިސްތާނުގެ ބޮޑުވަޒީރު މުޙައްމަދު ނަވާޒު ޝަރީފް
ރައީސް އޮފީސް
ދިވެހިރާއްޖެ-ޕާކިސްތާން
ދިވެހިރާއްޖޭ އާއި ޕާކިސްތާނާ ދެމެދު ހަ އެއްބަސްވުމެއްގައި ސޮއިކޮށްފި
ސޮއިކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ރައީސް އޮފީހުގައި

ދިވެހިރާއްޖެ އާއި ޕާކިސްތާނާ ދެމެދުގައި ގުޅުން ބަދަހިކުރުމާބެހޭ ހަ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ދެ ޤައުމު ދެމެދު އެއްބަސްވުންތަކުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ބާއްވާފައި ވަނީ އަންގާރަ ދުވަހު ރައީސް އޮފީހުގައެވެ.

ދިވެހިރާއްޖެ އާއި ޕާކިސްތާނާ ދެޤައުމުގެ ދެމެދުގައި ސޮއިކުރެވުނު އެއްބަސްވުންތަކަކީ ފަތުރުވެރިކަމުގެ ދާއިރާއާ ގުޅޭ ކަންކަމުގައި ގުޅުން ބަދަހިކުރުމާބެހޭ އެއްބަސްވުމާއި، ދިވެހިރާއްޖޭގެ ފޮރިން ސަރވިސް އިންސްޓިޓިއުޓާއި، ޕާކިސްތާނުގެ ފޮރިން ސަރވިސް އެކެޑަމީއާ ދެމެދު ގުޅުން ބަދަހިކުރުމާބެހޭ އެއްބަސްވުން، މޯލްޑިވްސް - ޕާކިސްތާން ޖޮއިންޓް ބިޒްނަސް ކައުންސިލުގެ ކަންކަމާ ގުޅޭގޮތުން ގުޅުން ބަދަހިކުރުމާބެހޭ އެއްބަސްވުމެވެ.

މީގެ އިތުރުން މޫސުމަށް އަންނަ ބަދަލުތަކާއި، ތިމާވެށި ހިމާޔަތް ކުރުމާ ގުޅޭގޮތުން ގުޅުން ބަދަހިކުރުމާބެހޭ އެއްބަސްވުން، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާއި ޕާކިސްތާނުގެ ވަރޗުއަލް ޔުނިވަރސިޓީއާ ދެމެދު ގުޅުން ބަދަހިކުރުމާބެހޭ އެއްބަސްވުން، އަދި ދިވެހިރާއްޖޭގެ ސިވިލް ސަރވިސް ކޮމިޝަނާއި، ޕާކިސްތާނުގެ ނޭޝަނަލް ސްކޫލް އޮފް ޕަބްލިކް ޕޮލިސީއާ ދެމެދު ގުޅުން ބަދަހިކުރުމާބެހޭ އެއްބަސްވުމެއްގައި ވެސް ވަނީ ސޮއިކޮށްފައެވެ.

އެއްބަސްވުންތަކުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި، ޕާކިސްތާނުގެ ބޮޑުވަޒީރު މުޙައްމަދު ނަވާޒު ޝަރީފް ވަނީ ބައިވެރިވެވަޑައިގެންފައެވެ. އަދި ޕާކިސްތާނާއި ރާއްޖޭގެ އިސް އޮފިޝަލުން ވަނީ މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައެވެ.

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
26 ޖުލައި 2017 | ބުދަ 12:22
ޔާމީނު
ދިވެހިރާއްޖޭ އާއި ޕާކިސްތާނާ ދެމެދު ކުރި އެއްބަސްވުން ?? 1 ޕާކިސްތާނުން ލިބޭ ލާރި ޔާމީނާ އޭނަގެ ޙާންދާނައް. 2 ޕާކިސްތާނުން ލިބޭ ލާރި ޔާމީނާ އޭނަގެ ޙާންދާނައް 3 ޕާކިސްތާނުން ލިބޭ ލާރި ޔާމީނާ އޭނަގެ ޙާންދާނައް 4 ޕާކިސްތާނުން ލިބޭ ލާރި ޔާމީނާ އޭނަގެ ޙާންދާނައް 5 ޕާކިސްތާނުން ލިބޭ ލާރި ޔާމީނާ އޭނަގެ ޙާންދާނައް 6 ޕާކިސްތާނުން ލިބޭ ލާރި ޔާމީނާ އޭނަގެ ޙާންދާނައް
25 ޖުލައި 2017 | އަންގާރަ 23:01
ގުރާ
އެއްބަސްވީ ދެމީހުންވެސް ތުންދަމައިގެން ތިބުމަށް