Advertisement
ކ. މާލެ
|
22 ނޮވެންބަރ 2023 | ބުދަ 14:02
ޕީޕީއެމްގެ ސެނެޓަރު މުޙައްމަދު މަލީހު ޖަމާލް
ޕީޕީއެމްގެ ސެނެޓަރު މުޙައްމަދު މަލީހު ޖަމާލް
ޕީޕީއެމް
ޕީޕީއެމް
ބައިބައި ކުރަން އުޅެނީކަމަށް ބުނެ މަލީހު ސަސްޕެންޑުކޮށްފި
ޕާޓީގެ އެއްވެސް ހަރަކާތެއްގައި އެއްވެސް ގޮތަކަށް ބައިވެރިވެގެން ނުވާނެ ކަމަށް ވަނީ އަންގާފައި
ޕާޓީ ބަދުނާމުކޮށް ބައިބައި ކުރުމުގެ މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށް ޕީޕީއެމުން ބުނޭ

ޕާޓީ ބައިބައިކުރަން އުޅޭ ކަމަށް ބުނެ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ސެނެޓަރު މުޙައްމަދު މަލީހު ޖަމާލް ސަސްޕެންޑްކޮށްފިއެވެ.

އޭނާ ސަސްޕެންޑް ކުރިކަން ހާމަކޮށްފައިވަނީ ޕީޕީއެމްގެ ނައިބު ރައީސުން ކަމަށްވާ އަހުމަދު ޝިޔާމް އާއި ޣައްސާން މައުމޫން ސޮއި ކުރައްވައި މަލީހަށް ފޮނުއްވި ސިޓީއެއްގައެވެ. އޭނާ ސަސްޕެންޑް ކުރީ އަންގާރަ ދުވަހުގެ ރޭ ޕީޕީއެމްގެ ނަމުގައި ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައި ދެއްކެވި ވާހަކަތަކާ ގުޅިގެންނެވެ.

މަލީހަށް ޕީޕީއެމުން ފޮނުވި ސިޓީގައި ބުނެފައިވަނީ އޭނާ އިސްވެ ހުންނަވައިގެން ޕާޓީ ބަދުނާމުކޮށް ބައިބައި ކުރުމުގެ މަސައްކަތްތަކެއް ކުރަމުންދާކަން ލީޑަރޝިޕަށް ފާހަގަކުރެވިފައިވާ ކަމަށެވެ. އެގޮތުން، ޕާޓީގެ ލީޑަރޝިޕް ނުވަތަ ސެނެޓަށް އެންގުމެއް ނެތި އަމިއްލައަށް ކޮމިޓީތައް އުފައްދަވައި ޕާޓީގެ އަސާސީ ގަވާއިދާ ޚިލާފަށް އެއްވެސް މަޝްވަރާކުރުމެއް ނެތި ޕާޓީގެ ނަމުގައި ނޫސްވެރިންގެ ބައްދަލުވެއް ބާއްވައި ޕާޓީ ބަދުނާމު ކުރުމަށާއި ބައިބައި ކުރުމަށް މަސައްކަތް ކުރައްވާފައިވާ ކަމަށެވެ.

Advertisement

އެހެންކަމުން، ޕީޕިއެމްގެ އަސާސީ ގަވާއިދުގެ ދަށުން ލީޑަރޝިޕަށް ލިބޭ ބާރުގެ ދަށުން މަލީހު ޕާޓީގެ ހަރަކާތްތަކުން ސަސްޕެންޑްކޮށް، އޭނާގެ މައްސަލަ ސުލޫކީ ކޮމިޓީއަށް ފޮނުވާފައިވާ ކަމަށް އެ ސިޓީގައި ވަނީ ބުނެފައެވެ. އެ ކޮމިޓީން ގޮތެއް ނިންމަންދެން ޕާޓީގެ އެއްވެސް ހަރަކާތެއްގައި އެއްވެސް ގޮތަކަށް ބައިވެރިވެގެން ނުވާނެ ކަމަށް ވެސް މަލީހަށް ވަނީ އަންގާފައެވެ.

އަންގާރަ ދުވަހުގެ ރޭ މަލީހު އިސްކޮށް ހުންނަވައި ބޭއްވެވި ކުއްލި ނޫސްވެރިންގެ ބައްދަލުވުމުގައި ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔަމީން އެކުލަވާލެއްވި ސްޓިއަރިން ކޮމިޓީއެއް ހިންގުމާ ހަވާލުވެވަޑައިގެންފައިވާ ކަމަށް ވަނީ އިއުލާނުކުރައްވާފައެވެ. އަދި މި ސަރުކާރުން އިއުލާން ކުރި އިންޑިއާ ސިފައިންގެ އަދަދަކީ ސައްހަ އަދަދެއް ނޫން ކަމަށް ވެސް މި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ބުނެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް