Advertisement
ކ. މާލެ
|
25 ޖުލައި 2017 | އަންގާރަ 19:09
 މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒްގެ އާ ޕީއެސް މުޞްޢަބު ޢަބްދުﷲ
މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒްގެ އާ ޕީއެސް މުޞްޢަބު ޢަބްދުﷲ
ފޭސްބުކް
އިސްލާމިކް މިނިސްޓްރީ
އިސްލާމިކް މިނިސްޓްރީއަށް އާ ޕީއެސްއެއް
މުސްއަބު ކުރިންވެސް ވަނީ ސަރުކާރުގެ ގިނަ މަގާމްތަކެއް ފުރުއްވާފައި

މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒްގެ ޕީއެސްގެ މަޤާމަށް ބޭފުޅަކު ހަމަޖައްސަވައިފިއެވެ.

 

މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒް ޕަރމަނަންޓް ސެކްރެޓަރީގެ މަޤާމަށް ފެށިގެން  ހަމަޖައްސަވާފައި ވަނީ މުޞްޢަބު ޢަބްދުﷲ އެވެ. އޭނާ މި މަގާމަށް އައްޔަން ކުރައްވާފައިވަނީ އަންގާރަދުވަހު (މިއަދު) އެވެ.

 

މުޞްޢަބު ޢަބްދުﷲ އަކީ ސަރުކާރުގެ އެކިއެކި މަޤާމުތައް ފުރުއްވާފައިވާ ބޭފުޅެކެވެ. މުޞްޢަބު ސަރުކާރުގެ ޚިދުމަތާ ގުޅިވަޑައިގެންނެވީ 2008 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ސީނިއަރ ރިސާޗް އޮފިސަރެއްގެ މަޤާމުންނެވެ.

 

އެއަށްފަހު 2009 ވަނަ އަހަރު ހަމަ އެ އޮފީހުގެ އެސިސްޓެންޓް ޑިރެކްޓަރެއްގެ މަޤާމު ލިބިވަޑައިގެންނެވިއެވެ. އަދި ޕްރައިވަޓައިޒޭޝަން ކޮމެޓީގެ ސެކެޓްރިއޭޓްކަން ވެސް ކުރެއްވިއެވެ. އޭގެ ފަހުން 2010 ވަނަ އަހަރު މޯލްޑިވްސް ޕޮލިސް ސަރވިސްއާ ގުޅިވަޑައިގެން ޕޮލިސް ސަރޖަންޓެއްގެ މަޤާމުގައި މޯލްޑިވްސް ޕޮލިސް ސަރވިސްގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓްގައި މަސައްކަތްކުރެއްވިއެވެ.

 

އޭގެފަހުން 2012 ވަނަ އަހަރު އެކުވެރި ޢަރަބި އިމާރާތުގައި ރާއްޖޭގެ އެމްބަސީއެއް އުފެދުމާއެކު އެމްބަސީގެ ފަސްޓް ސެކްރެޓަރީކަމުގެ މަޤާމާއި ޑެޕިއުޓީ ހެޑް އޮފް މިޝަން ގެ މަޤާމު ފުރުއްވިއެވެ.

 

މުޞްޢަބު ޢަބްދުﷲ ތައުލީމު ހާޞިލްކުރެއްވީ މިސްރުގެ އަލް އަޒްހަރު ޔުނިވަރސިޓީން ބެޗްލަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ދާއިރާއިންނެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
25 ޖުލައި 2017 | އަންގާރަ 21:36
މަރީ
މީނާއަކީ ސްޕްރީމް ކޯޓުގެ ފަނޑިޔާރަކަށް ބޮޑުބޭބެ ކިޔާކުއްޖެއް.