Advertisement
ކ. މާލެ
|
25 ޖުލައި 2017 | އަންގާރަ 18:54
ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް
ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް
ރައީސް އޮފީސް
މިނިވަން ދުވަސް
މިނިވަންދުވަހު ޤައުމާއި މުހާތަބުކުރުން ތިންވަނަ ފަހަރަށް ފަސްކޮށްފި
ޤައުމާއި މުހާތަބު ކުރައްވާނީ ރާއްޖޭގެ ޚަބަރު ފަތުރާ ވަސީލަތްތައް މެދުވެރިކޮށް

މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ޤައުމާ މުހާތަބު ކުރައްވާ ވަގުތު ތިން ވަނަ ފަހަރަށް ފަސްކޮށްފިއެވެ.

އެންމެ ފުރަތަމަ ރައީސް ޔާމީން ޤައުމާއި މުހާތަބު ކުރައްވާގޮތަށް ހަމަޖެއްސެވީ ޖުލައި މަހުގެ 26 ވަނަ ދުވަހު ހެނދުނު 10:00 ޖަހާއިރަށެވެ. އޭގެ ފަހުން ރައީސް އޮފީހުން ބުނެފައިވަނީ ރައީސް ޤައުމާ މުހާތަބު ކުރައްވާގޮތަށް ހަމަޖައްސަވާފައިވަނީ ޖުލައި މަހުގެ 25 ވަނަ ދުވަހު އަންގާރަ ދުވަހުގެ ރޭ 12:00 ގައި ކަމަށެވެ.

މިހާރު ރައީސް އޮފީހުން ބުނެފައިވަނީ މިނިވަންދުވަހުގެ މުނާސަބަތުގައި ރައީސް ޔާމީން ޤައުމާ މުހާތަބު ކުރައްވާ ގޮތަށް ހަމަޖައްސަވާފައިވަނީ ޖުލައި މަހުގެ 26 ވަނަ ދުވަހުގެ މެންދުރުފަހު 14:00  އިރުކަމަށެވެ. އަދި ރައީސް ޔާމީން ޤައުމާއި މުހާތަބު ކުރައްވާނީ ރާއްޖޭގެ ޚަބަރު ފަތުރާ ވަސީލަތްތައް މެދުވެރިކުރައްވައިގެން ކަމަށްވެސް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

ދިވެހިރާއްޖޭގެ 52 ވަނަ މިނިވަން ދުވަހުގެ ހަރަކާތްތަކުގެ ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި ބައިވެރިވެ ވަޑައިގެންނެވުމަށްޓަކައި ރައީސް ޔާމީންގެ ދައުވަތަކަށް ޕާކިސްތާނުގެ ބޮޑުވަޒީރު މުހައްމަދު ނަވާޒު ޝަރީފް ވަނީ އަންގާރަ ދުވަހު ދިވެހިރާއްޖެއަށް ވަޑައިގެންފައެވެ.

 

 

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް