Advertisement
ކ. މާލެ
|
25 ޖުލައި 2017 | އަންގާރަ 15:22
އުމަރު ނަސީރު: ޕީއެސްއެމްއިން ވަނީ އުމަރުގެ އަބުރަށް އަރައިގަތް ކޮންޓެންޓެއް ބްރޯޑްކާސްޓްކޮށްފައި
އުމަރު ނަސީރު: ޕީއެސްއެމްއިން ވަނީ އުމަރުގެ އަބުރަށް އަރައިގަތް ކޮންޓެންޓެއް ބްރޯޑްކާސްޓްކޮށްފައި
ގޫގުލް
ޕީއެސްއެމް ޖޫރިމަނާކުރުން
އުމަރުގެ އަބުރަށް އެރިކަމަށް ބުނެ ޕީއެސްއެމް ދެލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފި
ޕީއެސްއެމް ޖޫރިމަނާ ކުރީ ޕީޕީއެމްގެ މެންބަރު ފަލާހު ދެއްކެވި ވާހަކައެއް ޓީވީއެމުން ލައިވް ކުރިއިރު އަބުރަށް އެރިފައި ވާތީ
ދެލައްކަ ރުފިޔާއިން ޖޫރިމަނާކުރީ ޕީއެސްއެމްއިން އެފަދަ ކަމެއްކުރި ފުރަތަމަ ފަހަރު ކަމަށް ވާތީ
މިގޮތައް ނިންމީ ޖަލްސާގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުން

ޕީޕީއެމުން ބޭއްވި ޖަލްސާއެއް ލައިވް ކުރިއިރު ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރުގެ އަބުރާ ބެހުނު ކަމަށް ދައުލަތުގެ ޓީވީ ޗެނަލް ޓީވީ މޯލްޑިވްސް ދެލައްކަ ރުފިޔާއިން ޖޫރިމަނާ ކޮށްފިއެވެ.

ބްރޯޑް ކާސްޓިންގ ކޮމިޝަން (ބްރޯޑްކޮމް)އިން ބުނީ މިއަހަރުގެ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބޭއްވި ޕީ.ޕީ.އެމް އާއްމު ޖަލްސާގައި ރައްޔިތުންގެ މަޖްލިސް އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާޙް، އުމަރު ނަސީރުގެ އަބުރަށް އަރައިގެންފައިވާ ކަމަށް ބުނެ މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ.

 އެ ތުހުމަތާ ގުޅިގެން، 4 އެޕްރީލް 2017ވަނަ ދުވަހުގެ ރޭ 21:00 ން 21:23އަށް ޓީ.ވީ.އެމް އިން ލައިވްކޮށް ގެނެސްދިނުމުގައި އުމަރު ނަސީރުގެ މައްޗަށް ތުހުމަތުތަކެއްކޮށް މީހަކު ދައްކާފައިވާ ވާހަކަތަކެއް ހިމެނޭ ކޮންޓެންޓް ބްރޯޑްކާސްޓްކޮށްފައިވާކަން ކޮމިޝަނަށް ފާހަގަކުރެވިފައިވާކަމަށެވެ.  އެފަދަ ކޮންޓެންޓެއް ބްރޯޑްކާސްޓްކޮށްފައިވާކަން ޕަބްލިކް ސަރވިސް މީޑިއާއިންވެސް ބަޔާންކޮށްފައިވާ ކަމަށް ބްރޯޑްކޮމްއިން ވަނީ ބުނެފައެވެ.

ބްރޯޑްކޮމް އިން ބުނީ ޤާނޫނީ ހަމަތަކުގެ މަތީން ތަޙްޤީޤުގެ އެންމެހައި އިޖުރާޢުތައް ފުރިހަމަކޮށް ކޮމިޝަނަށް ލިބިފައިވާ މަޢުލޫމާތައް ބަލާއިރު،4 އެޕްރީލް 2017ގައި ބޭއްވި ޕީޕީއެމް އާއްމު ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާޙް، ހ. ދޮންޖޭމުގޭ އުމަރު ނަސީރުގެ އަބުރަށް އަރައިގެން ކަމަށް ބުނާ ކޮންޓެންޓް ބްރޯޑްކާސްޓްކޮށްފައިވާކަން ޕަބްލިކް ސަރވިސް މީޑިއާއިން  އިޢުތިރާފްވެފައިވާތީއާއި، އެކޮންޓެންޓްގެ ދިފާއުގައި ޤާނޫނީ އެއްވެސް ހުއްޖަތެއް އެމީޑިޔާއަށް ދެއްކިފައި ނުވާކަމަށެވެ. އެހެންކަމުން

އެ ކޮންޓެންޓްއަކީ އަބުރުރައްކާތެރިކޮށްދިނުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނު ގެ 27 ވަނަ މާއްދާ އަދި ހަވަނަ ބާބު (މީޑިއާ ތަކުގެ ޒިންމާ) ގައި ބަޔާންކޮށްފައިވާ ޚިޔާލުފާޅުކުރުމުގެ ހަމަތަކާ ޚިލާފުވާ ކޮންޓެންޓެއްކަމަށް ކަނޑައަޅައި، އަދި އެއީ އެ ޤާނޫނުގައި ހުއްދަކުރާ އިންތަކާ ޕަބްލިކް ސަރވިސް މީޑިއާ ޚިލާފްވާ ފުރަތަމަ ފަހަރުކަމަށްވާތީ، އަބުރު ރައްކާތެރިކޮށްދިނުމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނުގެ ހަވަނަ ބާބުގެ ދަށުން ޖޫރިމަނާކުރުމާ ބެހޭ އުސޫލުގެ 14 ވަނަ މާއްދާގެ (ށ) އަދި (ބ) އަށް ރިއާޔަތްކޮށް އެ އުސޫލުގެ 10ވަނަ މާއްދާގެ (ހ)ގެ 1ގެ ދަށުން ޕަބްލިކް ސަރވިސް މީޑިއާ -/200,000ރ. (ދެ ލައްކަ ރުފިޔާ) އިން ޖޫރިމަނާ ކުރުމަށް ނިންމައި، މި ފައިސާ މިއަދުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި މި ކޮމިޝަނަށް ދެއްކުމަށް ޕަބްލިކް ސަރވިސް މީޑިއާއަށް އެންގުމަށް މި މައްސަލަ ބެލި ކޮމިޝަންގެ ޖަލްސާގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުން ނިންމީ ކަމަށް ބްރޯޑްކޮމްއިން ބުންޏެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް