ދިވެހި ބަހާއި ސަގާފަތާއި ތަރިކައިގެ ވަޒީރު އަލްފާޟިލް އާދަމް ނަޞީރު އިބްރާހީމް ފަލަސްޠީނުގެ ސަފީރު ވާލިދު އަބޫ ޢަލީ އާ ބައްދަލު ކުރައްވައިފިއެވެ.
މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރައްވާފައިވަނީ މި ވަގުތު ޣައްޒާގެ ޙާލަތާ ގުޅޭ ގޮތުންނެވެ.
މީގެ އިތުރުން ދިވެހިންގެ މެދުގައި ފަލަސްޠީނާ މެދު އޮތް ލޯބި ފެނި މި ހިތްދަތި ދަނޑިވަޅުގައި ދިވެހި ލޮބުވެތި ރައްޔިތުންގެ ފަރާތުން ފަލަސްޠީނުގެ އަޚުންނާއި އުޚުތުނަށް ވެދެއްވާ އޯގަތެރިކަމާއި ބަހައްޓަވާ ގާތްކަން ފަލަސްޠީނުގެ ސަފީރު ވަނީ އުފަލާއެކު ފާހަގަކުރައްވާފައެވެ.
އަދި މިކަން މިގޮތަށް ދަމަހައްޓަވައި ދެއްވުމަށާއި އަޑު އުފުލުން މަތީ ދެމި ތިއްބެވުމަށް އެމަނިކުފާނު ވަނީ ދިވެހި ލޮބުވެތި ރައްޔިތުންގެ ފަރާތުން އެދިވަޑައިގެންފައެވެ.