Advertisement
ކ. މާލެ
|
25 ޖުލައި 2017 | އަންގާރަ 00:55
މަޖިލީހުގެ އަމީންއާންމު އަހްމަދު މުހައްމަދު
މަޖިލީހުގެ އަމީންއާންމު އަހްމަދު މުހައްމަދު
މަޖިލިސް
މަޖިލީހުގެ ބަޔާން
މަޖިލީހުގެ ބަޔާން ނެރުނީ އަޅުގަނޑަށް ނޭނގި: އަމީން އާންމު
މަޖިލީހުގެ ބަޔާންތަކަކީ ކޮންމެހެން އަޅުގަނޑަށް އެނގިގެން ނެރެންޖެހޭ ބަޔާނެއް ނޫން

މަޖިލީހުގެ އިދާރާއިން ނެރުނު ބަޔާނަކީ އޭނާއަށް އެނގިވަޑައިގެން ނެރުނު ބަޔާނެއް ނޫން ކަަމަށް މަޖިލީހުގެ އަމީންއާންމު އަހްމަދު މުހައްމަދު ވިދާޅުވެއްޖެ އެވެ.

އަމީންއާންމް ރާއްޖެއެމްވީއަށް ވިދާޅުވީ " މަޖިލީހުން ނެރޭ ބަޔާންތަކަކީ ކޮންމެހެން އަޅުގަނޑަށް އެނގިގެން ނެރެންޖެހޭ ބަޔާންތަކެއް ނޫން" ކަމަށް ވިދާޅުވެފަ އެވެ.

" އަޅުގަނޑުދެކޭގޮތުގައި މަޖިލީހުގެ އިދާރާއިން އަޅުގަނޑަށް ނޭންގި މަޖިލީހުގެ ބަޔާނެއް ނެރުމަކީ މައްސަލައެއް ނޫން." އަމީންއާންމު ވިދާޅުވި އެވެ.

 މަޖިލީހުގެ އަމީންއާންމު މިހެން ވިދާޅުވެފައިވާ އިރު މަޖިލީހުގެ އަމީންއާންމަށް ނޭން މިފަދަ ބަޔާންތައް ނެރުމަކީ ކަންބޮޑުވާ މައްސަލައެއް  ކަަމަށް މަޖިލީހުގެ މެންބަރުން ވަނީ ވިދާޅުވެފަ އެވެ.

ގާނޫނު އަސާސީގެ 104 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ އަމީންއާންމުގެ މަސްއޫލިއްޔަތު ބަޔާންކޮށްފަ އެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކާބެހޭ ކަންތައްތައް ހަމަޖައްސައި ލިޔެކިޔުންތައް ބަލަހައްޓައި، އިދާރީ މަސައްކަތްތައް ރާވައި ހިންގުމަށާއި މަޖިލީހުގެ ރައީސަށާއި މެންބަރުންނަށް އެ މީހުންގެ މަސައްކަތުގައި  އަމީންއާންމަކީ އެހީތެރިވާން ޖެހޭ މީހެއްގެ ގޮތުގައި ވަނީ ބަޔާންކޮށްފަ އެވެ.

މަޖިލީހުގެ އިދާރާއިން ނެރުނު ބަޔާނުގައި  މަޖިލީހުގެ ޕްރޮގްރާމުތަކާއި ސެކިއުރިޓީ ކަންކަމުގެ މައްޗަށް ރިޔާއަތްކޮށް ދެން މަޖިލީހުގެ ޖަލްސާއެއް ބާއްވާނީ 31 ޖުލައިގައިކަން މަޖިލީހުގެ މެންބަރުންނަށް އަންގާފައިވާ ކަމަށް ބުނެފައިވެ އެވެ. 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
26 ޖުލައި 2017 | ބުދަ 07:15
ފޫޖާ
ޔާނު ވެރިކަމުގަ އެހުރީ އަޅުގަޑަށް ނޭނގީ
25 ޖުލައި 2017 | އަންގާރަ 09:08
huasain
den kikura mehetha thi e