ކ. މާލެ
|
13 ނޮވެންބަރ 2023 | ހޯމަ 16:01
އެމްޕީއާރްސީގެ ޚިޔާނާތުގެ ކުށް ސާބިތުވެ، ދިގު ޖަލު ޙުކުމެއް އިއްވާފައިވާ ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބާ އަދި އެމްއެމްޕީއާރްސީގެ އޭރުގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު
އެމްޕީއާރްސީގެ ޚިޔާނާތުގެ ކުށް ސާބިތުވެ، ދިގު ޖަލު ޙުކުމެއް އިއްވާފައިވާ ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބާ އަދި އެމްއެމްޕީއާރްސީގެ އޭރުގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު
ރައީސް އޮފީސް
އެމްއެމްޕީއާރްސީ މައްސަލަ
އަދަބު ލުއިކޮށްދިނުމުން އަދީބާއި ޒިޔަތު މިނިވަންވެއްޖެ
އަދީބާއި ޒިޔަތަށް ވެސް މައާފުދީފައިވަނީ އެ ދެ މީހުން ވެސް ގޭބަންދަށް ބަދަލުކޮށްފައި ވަނިކޮށް

އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ކުށް ސާބިތުވެ، ދިގު ޖަލު ޙުކުމެއް އިއްވާފައިވާ ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބާއި އެމްއެމްޕީއާރްސީގެ އޭރުގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ އަދަބަށް ލުއިދީ، ކުށް މައާފު ކޮށްފިއެވެ. މިއާއެކު އެދެމީހުން ވަނީ މިނިވަން ވެފައެވެ. ޕެރޯލް ގާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުން އެ ދެ މީހުންނަށް މައާފު ދީފައިވާއިރު، އެކަން ކަރެކްޝަންސް އިން ވެސް ވަނީ ކަށަވަރުކޮށްދީފަ އެވެ.

އަދީބާއި ޒިޔަތަށް ވެސް މައާފުދީފައިވަނީ އެ ދެ މީހުން ވެސް ގޭބަންދަށް ބަދަލުކޮށްފައި ވަނިކޮށެވެ.

އެމްއެމްޕީއާރްސީގެ ކޮރަޕްޝަން މައްސަލާގައި އަދީބަށް 20 އަހަރުގެ ޖަލު ހުކުމެއް އިއްވައި، ދެ މިލިއަން ރުފިޔާއިން ޖޫރިމަނާކުރީ 2020 ވަނަ އަހަރުއެވެ. އެކަމަކު ދައުލަތާއެކު އަދީބު ހެއްދެވި އިއުތިރާފު އެއްބަސްވުމާއެކު، އެ ހުކުމަށްފަހު އަދީބު ޖަލު ބަންދުން ގޭބަންދަށް ބަދަލުކުރެއްވީ ސިއްހީ ހާލުކޮޅު ހުރިގޮތުން ކަމަށް ބުނެއެވެ.

މީގެ އިތުރުން، ޒިޔަތުގެ މައްޗަށްވެސް ދައުލަތަށް ލިބެންޖެހޭ ބޮޑެތި ފައިސާގެ އަދަދުތަކަށް ޒިޔަތު ހިޔާނާތްތެރި ވެފައިވާ ކަމަށް ސާބިތުވެފައިވާއިރު، އޭރު އިއްވާފައިވާ ހުކުމްތައް ބޮޑުތަނުން ލުއިދީފައިވަނީ، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަތައް ތަހުގީގު ކުރުމަށް އޭނާގެ ފަރާތުން އެއްބާރުލުން ދިނުމާއި ކުށަށް އިއުތިރާފްވުމުގެ އެއްބަސްވުމުގެ ދަށުންނެވެ.

އަދަބު ލުއިކޮށްދިންއިރު، އެމްއެމްޕީއާރްސީ ހިޔާނާތާ ގުޅިގެން އިއްވާފައިވާ ގިނަ ދައުވާތަކެއް ސާބިތުވެ ޒިޔަތު ގެންދެވީ ޖުމްލަ 21 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ.

އެއީ ހިޔާނާތާ ގުޅިގެން އިއްވާފައިވާ ގިނަ ދައުވާތަކެއް ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމެއް އޭނާ ތަންފީޒުކުރައްވަމުން ދިޔައިރު، މި އަހަރުގެ 7 ސެޕްޓެމްބަރުގައި އޭނާގެ މައްޗަށް އިތުރު 12 އަހަރުގެ ޖަލު ހުކުމެއް ވަނީ އިއްވާފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް