ކ. މާލެ
|
7 ނޮވެންބަރ 2023 | އަންގާރަ 15:53
ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމެއްގެ ތެރެއިން
ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމެއްގެ ތެރެއިން
ރައީސް އޮފީސް
ރައީސް އޮފީސް
ސަގާފީ އަދި އާސާރީ ތަކެތީގެ އަމިއްލަވަންތަކަން ހިފަހައްޓައި ރައްކާތެރިކުރުމުގެ މުއާހަދާގައި ސޮއިކުރަން ނިންމައިފި
ސަގާފީ ތަކެތީގެ އަމިއްލަވަންތަކަން ހިފަހައްޓައި، ރައްކާތެރިކަން ކަށަވަރުކުރުމަކީ މުހިންމުކަމެއް
އެ މުއާދަހާގައި ސޮއިކުރަން، ވަޒީރުންގެ މަޖިލީހުން ވަނީ ލަފާއަރުވާފައި

"ޔުނެސްކޯ 1970 ކޮންވެންޝަން އޮން ދަ މީންސް އޮފް ޕްރޮހިބިޓިންގ އެންޑް ޕްރިވެންޓިންގ ދަ އިލިސިޓް އިމްޕޯޓް، އެކްސްޕޯޓް އެންޑް ޓްރާންސްފަރ އޮފް ކަލްޗަރަލް ޕްރޮޕަޓީ" މުއާހަދާގައި ސޮއިކުރުމަށް ދިވެހި ސަރުކާރުން ނިންމައިފިއެވެ.

ވަޒީރުންގެ މަޖިލީހުގެ އަންގާރަ ދުވަހުގެ ބައްދަލުވުމުގައި މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖުން ހުށަހެޅުއްވި ކަރުދާހުގެ މައްޗަށް ވަނީ މަޝްވަރާކޮށްފައެވެ. އެ މަޝްވަރާއަށްފަހު ވަޒީރުންގެ މަޖިލީހުގެ ލަފަޔާއެކު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވަނީ، "ޔުނެސްކޯ 1970 ކޮންވެންޝަން އޮން ދަ މީންސް އޮފް ޕްރޮހިބިޓިންގ އެންޑް ޕްރިވެންޓިންގ ދަ އިލިސިޓް އިމްޕޯޓް، އެކްސްޕޯޓް އެންޑް ޓްރާންސްފަރ އޮފް ކަލްޗަރަލް ޕްރޮޕަޓީ" މުއާހަދާގައި ސޮއިކުރައްވަން ނިންމަވާފައެވެ.

މި މުއާހަދާއަކީ، ސަގާފީ އަދި އާސާރީ ތަކެތީގެ އަމިއްލަވަންތަކަން ހިފަހައްޓައި އެ ތަކެތި ރައްކާތެރިކުރުމުގެ ބާރު ލިބިދޭ ގޮތަށް އެކުލަވާލާފައިވާ މުއާހަދާއެކެވެ.

ރައީސް އޮފީހުން ބުނީ، ރާއްޖޭގެ ސަގާފީ އަދި އާސާރީ ތަކެއްޗާއި ލިޔެކިޔުންތައް ދުނިޔޭގެ އެހެނިހެން ގައުމުތަކުގެ ދާރުލްއާސާރުތަކާއި އަރުޝީފުތަކުގައި ހުރިކަމުގެ މައުލޫމާތުތައް ލިބެމުންދާއިރު، މިގޮތަށް ގެންދެވޭ ކޮންމެ އެއްޗަކާއެކު ދިވެހީންގެ އެތައް ތަރިކައެއް ނެތިގެން ދާކަމަށެވެ. އަދި، ތާރީޚް ދިރާސާކުރެވޭނެ ގޮތްތައް ގެއްލިގެން ދާކަމަށްވެސް އެ އޮފީހުން ބުންޏެވެ.

އެހެންވެ، ސަގާފީ ތަކެތީގެ އަމިއްލަވަންތަކަން ހިފަހައްޓައި ރައްކާތެރިކަން ކަށަވަރުކުރުމަކީ މުހިންމު ކަމެއްކަން ރައީސް އޮފީހުން ފާހަގަކުރެއެވެ.

މި މުއާހަދާގައި 143 ގައުމުން މިހާތަނަށް ވަނީ ސޮއިކޮށްފައެވެ. ރާއްޖެއިން މި މުއާހަދާގައި ސޮއިކުރުން ވެގެންދާނީ، ކުރިއަށް އޮތް ތަނުގައި މިފަދަ ކަންކަން ތަކުރާރުނުވާނެ ގޮތަށް މަސައްކަތްކުރުމަށް ފަސޭހަވެގެންދާނެ ކަމަކަށް ކަމަށާއި، އޮންނަ އުސޫލާއި ހަމަތަކުގެ މަތިން، ގާނޫނާ ޚިލާފަށް ގެންގޮސްފައިވާ އާސާރީތަކެއްޗާއި ލިޔެކިޔުންތައް އަނބުރާ ރާއްޖެއަށް ގެނެވޭނެ މަގު ފަހިވެ، އެ ތަކެއްޗާއި ލިޔެކިޔުންތަކުގެ ދަފުތަރު ބެލެހެއްޓުމަށް ވެސް މި މުއާހަދާގެ ސަބަބުން އިތުރު ބާރެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ބުނެއެވެ.

މީގެ އިތުރުން، މި މުއާހަދާގައި ސޮއި ކުރުމުން، ސަގާފީ އަދި އާސާރީ ތަކެތީގެ އަމިއްލަވަންތަކަން ހިފަހައްޓައި ރައްކާތެރިކުރުމަށް ޔުނެސްކޯގެ ފަންނީ އެހީތެރިކަން ލިބޭނެކަމަށާއި، ދިވެހިރާއްޖޭގެ ސަގާފީ ތަރިކައިގެ ގާނޫނާއި އެ ގާނޫނާ ގުޅިގެން އާންމުކޮށްފައިވާ ގަވާއިދުތަކަށް އަމަލުކުރުމަށްވެސް ފަސޭހަވާނެކަމަށް ސަރުކާރުން ބުނެއެވެ.

ކޮމެންޓް
- ގުޅުންހުރި
ސިޔާސީ މަޤާމުތައް މަދެއް ނުވި، އެންވަޔަރމަންޓް މިނިސްޓްރީއަށް އަނެއްކާވެސް އައު ޑެޕިއުޓީ މިނިސްޓަރެއް އައްޔަނުކޮށްފި
ދައުލަތަށް 47 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތްކުރެއްވި މުޙައްމަދު ޒަކީ އަވަހާރަވުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ވިދާޅުވެއްޖެ
ދައުލަތަށް 47 އަހަރަށް ވުރެ ގިނަ ދުވަހު ޚިދުމަތް ކޮށްދެއްވި މުޙައްމަދު ޒަކީ އަވަހާރަވެއްޖެ
ފަލަސްތީނުގެ މުސްލިމުންނަށް ލިބޭ އަނިޔާތަކާ ދެކޮޅުހަދައި، އަޤްސާ މިނިވަންކުރުމުގެ ޖިހާދުގައި ރާއްޖެއިން ހިތާއި ރޫޙުން ބައިވެރިވެ، ސަހަރޯވެރިވާނެ: ރައީސް
މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ ކޮމިޝަން އުވާލިނަމަވެސް އާއިލާތަކަށް އަދިވެސް ރިޕޯޓު ނުދޭ
ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ
ރައީސުލްޖުމްހޫރިއްޔާ، އިންޑިއާގެ ބޮޑުވަޒީރާއި ބައްދަލުކުރައްވާ މަޝްވަރާކުރައްވައިފި
ހިއުމަން ރައިޓްސް ކޮމިޝަނުގެ މެންބަރުކަމުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައްވައިފި