Advertisement
ކ. މާލެ
|
24 ޖުލައި 2017 | ހޯމަ 12:19
މަޖިލީހުގެ ގޭޓް ވަނީ ތަޅުއެޅުވިފައި
މަޖިލީހުގެ ގޭޓް ވަނީ ތަޅުއެޅުވިފައި
މުހައްމަދު ޝަރުހާން
މަޖިލީސް ތަޅުއެޅުވުން
ސުޕްރީމް ކޯޓުން އިންސާފު ލިބުމަށް ހުރަސް އެޅުމާއި މަޖިލީހަށް ވަނުމަށް ހުރަސް އެޅުމާ ތަފާތެއް ނެތް: މައުމޫން ހަމީދު
މަޖިލީހުގެ އިދާރާ ވަނީ ހޯމަ ދުވަހުގެ ހެނދުނު ތަޅު އަޅުވާފަ
ސުޕްރީމް ކޯޓުން އަމަލުކުރަމުން ގެންދާ ގޮތާ މެދު ގިނަ ބައެއްގެ ކަންބޮޑުވުން އެބަހުރި
ތަޅު އެޅުވި މީހުންގެ ތަފްސީލް ފައިލް ކުރުން މުހިއްމު

ސުޕްރިމް ކޯޓުން އިންސާފު ނުލިބުމަކީ ކޯޓުތަކުގެ ފަނޑިޔާރުންނަށް ކޯޓުތަކަށް ނުވަދެވުން އަދި މަޖިލީހުގެ މެންބަރުންނަށް މަޖިލީހުގެ އިދާރާއަށް ނުވަދެވުމާ އެއްފަދަ ކަމެއް ކަމަށް ގާނޫނީ ވަކީލު މައުމޫން ހަމީދު ސިފަކުރައްވައިފި އެވެ.

މައުމޫން ހަމީދު ކުރައްވާފައިވާ ޓްވީޓުގައި މިހެން ހާމަކޮށްފައި ވަނީ މަޖިލީހުގެ އިދާރާގައި ތަޅު އަޅުވާފައި ވުމާ ގުޅިގެންނެވެ.

މައުމޫނު ހަމީދު ކުރެއްވި ޓްވީޓްގައި ވިދާޅުވެފައި ވަނީ ސުޕްރީމް ކޯޓުން އިންސާފު ލިބުމަށް ހުރަސް އެޅުމާއި ކޯޓުތަކަށް ފަނޑިޔާރުންނަށް ނުވަދެވުން އަދި މަޖިލީހަށް މެންބަރުންނަށް މަޖިލީހަށް ނުވަދެވުމާ އެއްފަދަ ކަމަށެވެ. 

މައުމޫނު ހަމީދު އިޝާރާތްކުރައްވާފައި ވަނީ ސީދާ ކޮން ކަމަކަށްކަން ނޭނގުނު ނަމަވެސް މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލޭ އުސޫލަށް ސުޕްރީމް ކޯޓުން ގެނައި ބަދަލުތަކާއި އެ ބަދަލުތަކާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުން ގޮނޑި ގެއްލުވައިލި މެންބަރުންގެ މައްސަލައިގައި ސުޕްރީމް ކޯޓުން ގޮތެއް ނިންމުން ލަސްކުރަމުންދާތީ ގާނޫނީ ވަކީލުން ގެންދަވަނީ ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ. އަދި ކާނަލް މުހައްމަދު ނާޒިމްގެ މައްސަލައިގަ ސުޕްރީމް ކޯޓުން ކުރި ހުކުމާ ގުޅިގެންނާއި ނާޒިމް ދިރިއުޅުއްވި އެޕާޓްމަންޓުން ފިސްތޯލަ ފެނުނު ގޮތް އެނގިވަޑައިގަންނަވާ ކަމަށާއި ފުރުސަތު ދެއްވައިފި ނަމަ ޝަރީއަތުގެ މަޖިލީހުގައި ނާޒިމްގެ ކުށެއް ނެތްކަން ސާބިތުކޮށްދެއްވާނެ ކަމަށް ވިދާޅުވެ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ފޮނުއްވި ސިޓީއާ ގުޅިގެން އެ ފުރުސަތު ސުޕްރީމް ކޯޓުން މިހާތަނަށް ވެސް ދެއްވާފައި ނުވާތީ މައުމޫނު ހަމީދު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. 

މަޖިލީހުގެ އިދާރާ ހޯމަ ދުވަހުގެ ހެނދުނުން ފެށިގެން ތަޅު އަޅުވާފައިވާ އިރު، ތަޅުއެޅުވި އޮފިސަރުންގެ ތަފްސީލް ފައިލް ކުރެވެން ޖެހޭނެ ކަމަށް ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ބަންޑާރަ ނައިބުކަން ކުރައްވާފައިވާ ފާތިމަތު ދިޔާނާ ސައީދު ވަނީ ވިދާޅުވެފަ އެވެ. ދިޔާނާ މިހެން ޓްވީޓް ކުރައްވާފައިވާ އިރުު އޭނާ އިތުރަށް ވިދާޅުވީ، ސުޕީރިޔަރ އޯޑަރުތަކަކީ ގާނޫނު ބަލައިގަންނަ ކަމެއް ނޫން ކަމަށެވެ.

މިހެން ވިދާޅުވެ އޭނާ ވަނީ ގާނޫނު އަސާސީގެ 245 ވަނަ މާއްދާ ފާހަގަކޮށްފަ އެވެ.

ގާނޫނު އަސާސީގެ 245 ވަނަ މާއްދާގައި ވަނީ ޣައިރު ގާނޫނީ އަމުރު ނުކުރުމާއި ޣައިރު ގާނޫނީ އަމުރަށް ތަބާނުވުމާއި، އެއްވެސް ފަރާތަކުން ސަލާމަތީ ހިދުމަތްތަކުގައި ހިމެނޭ އެއްވެސް މީހަކަށް ޣައިރު ގާނޫނީ އަމުރެއް ކޮށްގެން ނުވާނެއެވެ. އަދި އެފަދަ އެއްވެސް އަމުރަކަށް ސަލާމަތީ ހިދުމަތްތަކުގައި ހިމެނޭ އެއްވެސް މީހަކު ތަބާވެގެނެއް ނުވާނެއެވެ." 

މަޖިލީހުގައި ތަޅު އެޅުވުމާ ގުޅިގެން އެތައް ބަޔަކު ގެންދަނީ ސޯޝަލް މީޑިއާގައި ފާޑުކިޔަމުންނެވެ. އަދި ސިފައިންނަށް އެކަން ނުކުރެވޭނެ ކަމަށް ދަނީ ބުނަމުންނެވެ. މިއީ ސިފައިން ނުކުމެ މަޖިލީސް ހިސޯރުކުރުން ކަމަށް ބައެއް ފަރާތްތަކުން ބުނެފައި ވެއެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެއެމްވީ ލޯކަލް
- ކޮމެންޓް