ކ. މާލެ
|
24 ޖުލައި 2017 | ހޯމަ 05:19
ޖުމްހޫރީ ޕާޓީގެ ނާއިބު ލީޑަރު ޑރ.ހުސައިން ރަޝީދު ހަސަން
ޖުމްހޫރީ ޕާޓީގެ ނާއިބު ލީޑަރު ޑރ.ހުސައިން ރަޝީދު ހަސަން
ރާއްޖެއެމްވީ
ކުނޫޒް ޖަލްސާ
ދިވެހި ދައުލަތަކީ ރައްޔިތުންގެ އެއްޗެއް، އޭގެ ހިމާޔަތުގައި ނިކުންނަންޖެހޭ: ޑރ.ހުސައިން
ޕާޓީތަކުގެ ލީޑަރުން ގާނޫނުއަސާސީގެ ދިފާއުގައި ނިކުންނަވަން ޖެހިވަޑައިގަތީ ގާނޫނީގޮތުން އެޒިންމާ މަތިކުރެވިފައިވާ ފަރާތްތަކުން އެކަމަށް އިހުމާލުވުމުން
ދިވެހި ދައުލަތަކީ ރައީސް ޔާމީނާއި އެމަނިކުފާނުގެ ވަޒީރުންގެ އެއްޗެއް ނޫން

ދިވެހި ގާނޫނު އަސާސީއާއި މި ދައުލަތަކީ ރައްޔިތުންގެ އެއްޗެއްކަމަށާއި އޭގެ ހިމާޔަތުގައި ނިކުންނަންޖެހޭކަމަށް ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު ޑރ.ހުސައިން ރަޝީދު ހަސަން ވިދާޅުވެއްޖެއެވެ.

 

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އާދިއްތަ ދުވަހުގެރޭ މ. ކުނޫޒްގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޑރ. ހުސައިން ވިދާޅުވީ، ޕާޓީތަކުގެ ލީޑަރުން ގާނޫނުއަސާސީގެ ދިފާއުގައި ނިކުންނަވަން ޖެހިވަޑައިގަތީ ގާނޫނީގޮތުން އެޒިންމާ މަތިކުރެވިފައިވާ ފަރާތްތަކުން އެކަމަށް އިހުމާލުވުމުން ކަމަށެވެ.

 

ޑރ. ހުސައިން ރަޝީދު ވިދާޅުވީ އިދިކޮޅު ފަރާތްތަކުން އެކުގައި މަސައްކަތް ކުރަންޖެހުނީ ގާނޫނުގެ ވެރިކަން ނެގެހެއްޓުމާއި ގާނޫނު ދިފާއު ކުރުމުގެ ޒިންމާ އެޅިފައިވާ ފަރާތްތަކުން އެކަން ނުކުރާތީ ކަމަށެވެ.


އޭނާ ވިދާޅުވިގޮތުގައި، ރާއްޖޭގެ ބަރުލަމާނީ ހަޔާތުގައި އެތައް ގާނޫނުއަސާސީއެއް އައިސްފައިވާއިރު، ފެހި ގާނޫނުއަސާސީއަކީ އެންމެ ފުރިހަމައަށް ރައްޔިތުންނަށް ހައްގުތައް ކަށަވަރުކޮށްދީފައިވާ ގާނޫނުއަސާސީއެވެ.


ގާނޫނުއަސާސީ ދަމަހައްޓައި ރައްޔިތުންނަށް ހައްގުތައް ކަށަވަރުކޮށްދިނުމަށް ދައުލަތުގެ މުއައްސަސާތަކަށް ގާނޫނުއަސާސީގައި އަންގާފައިވާ ކަމަށާއި، މިއަދު ގައުމަށް ވަމުންދަނީ އެފަރާތްތަކުން އެކަމަށް ފަރުވާކުޑަކުރުމުން ވާންވީ ގޮތް ކަމަށް އޭނާ ވިދާޅުވިއެވެ.

ސަލާމަތީ ޚިދުމަތްތަކުން މަސައްކަތް ކުރަންޖެހޭނީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށާއި އެފަރާތްތަކުން ހުވާކޮށްގެން ތިބީ އެކަމަށް ކަމަށް ވެސް ޑރ. ހުސައިން ވިދާޅުވިއެވެ. ޖުޑިޝަރީން މިނިވަންކަމާއެކު މަސައްކަތް ކުރަންޖެހޭއިރު، އެކަން އެގޮތަށް ނުކުރާނަމަ ރައްޔިތުންގެ ބާރުން ބާރުލިބިގެން ދެންޖެހޭނީ ޖުޑިޝަރީ ހަމައަކަށް އަޅުވަން ކަމަށް އޭނާ ވިދާޅުވިއެވެ.


ދިވެހި ދައުލަތުގެ ވެރިއަކީ ރައީސް ޔާމީން ކަމަށް އެމަނިކުފާނަށް ހީފުޅުވާ ކަމަށާއި އެކަމަކު އެއީ ވަރަށް ބޮޑު ކުށްހީއެއް ކަމަށް ވެސް ވިދާޅުވިއެވެ.

 

"ހުރިހާ ރައްޔިތުން ނިކުމެ ދައުލަތް ހިމާޔަތް ކުރަންޖެހޭ. ދިވެހި ދައުލަތަކީ ރައީސް ޔާމީނާއި އެމަނިކުފާނުގެ ވަޒީރުންގެ އެއްޗެއް ނޫން " އޭނާ ވިދާޅުވިއެވެ.


ގާނޫނު އަސާސީއާއި، މި ދައުލަތުގެ ދިފާއުގައި ހުރިހާ ރައްޔިތުންވެސް ނުކުތުމަށް ހުސައިން ވަނީ ގޮވާލައްވާފައެވެ.

- ކޮމެންޓް