ކ. މާލެ
|
23 ޖުލައި 2017 | އާދީއްތަ 22:58
މައުމޫނު މިރޭގެ ޖަލްސާގައި ވާހަކަ ދައްކަވަނީ
މައުމޫނު މިރޭގެ ޖަލްސާގައި ވާހަކަ ދައްކަވަނީ
ޓްވިޓަރ
ރައީސް މައުމޫން
ރައީސް ނަޝީދާމެދު ކަންކުރައްވާފައި ވަނީ ވަރަށް ގޯސްކޮށް:ރައީސް މައުމޫން
ޝަރީއަތުގައި ނަޝީދަށް ދިފާއީ ހެކިންނަށް ފުރުސަތު ދީފައިނުވޭ
މިއަދު ނަޝީދު ރާއްޖެއިން ބޭރުގައި ހުންނެވުމަކީ ވެގެންވާނެ ގޮތެއް ނޫން

ކުރީގެ ރައީސްގެ މުހައްމަދު ނަޝީދާމެދު ދައުލަތުން އަމަލު ކުރައްވާފައިވަނީ ވަރަށް ގޯސްކޮށް ކަމަށްވިދާޅުވެ އެމަނިކުފާނުގެ ދިފާއުގައި ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމް ވާހަކަ ދައްކަވައިފި އެވެ. އެމަނިކުފާނި ވިދާޅުވީ ރައީސް ނަޝީދާމެދު އަމަލު ކޮށްފައިވަނީ އިންސާފުން ނޫންކަން ގިނަ ރައްޔިތުން ގަބޫލު ކުރާ ކަމަށެވެ.

 

"އަޅުގަނޑުމެން ނުކުމެ ވަކި ބަޔަކަށް ވެރިކަން ހޯދައިދޭކަން ނޫން، ވަކި ވަކި މީހަކަށް ދެރައެއް ދޭކަށް ނޫން،" ރައީސް މައުމޫނު ވިދާޅުވި އެވެ.

 

 ކުނޫޒުގައި ކުރިއަށްދާ ޖަލްސާގައި ރައީސް މައުމޫނު ވަނީ ރައީސް ނަޝީދުގެ މައްޗަށް އުފުލި ޓެރަރިޒަމްގެ ދައުވާގެ ޝަރީއަތް ކުރިއަށް ދިޔައީ އިންސާފުން ނޫން ކަމަށް ވިދާޅުވެފަ އެވެ.

 

މައުމޫނު ވިދާޅުވީ ކުށެއް ކޮށްފި ނަމަ އަދަބު ލިބެން ޖެހޭނެ ކަމަށާއި ނަމަވެސް މީހުންނާމެދު އަމަލު ކުރެވެން ޖެހޭނީ އިޖްރާއަތްތަކާ އެއްގޮތައް ކަމަށެވެ. ރައީސް ނަޝީދުގެ މައްޗަށް އުފުލައިގެން ކުރިއަށް ގެންދިޔަ ޓެރަރިޒަމްގެ ޝަރީއަތުގައި އެމަނިކުފާނުގެ ދިފާއީ ހެކިންނަށް ހެކިބަސްދޭން ފުރުސަތު ދީފައިނުވާ ކަމަށް ވެސް ރައީސް މައުމޫނު ވިދާޅުވި އެވެ.  

 

"ރައީސް ނަޝީދު ހުންނެވީ މި ވަގުތު އެއީ ރާއްޖެއިން ބޭރުގައި، އެއީކީ އެކަން ވެގެންވާނެ ގޮތެއް ނޫން، " ރައީސް މައުމޫނު ވިދާޅުވި އެވެ.

 

މީގެ އިތުރުން  ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ނުފޮނުވާ އޭނައާ މެދު އަމަލުކުރަމުންދާ ގާނޫނު އަސާސީއާ ހިލާފަށް ކަމަށް ރައީސް މައުމޫން ވިދާޅުވި އެވެ.

 

އެހެންމެ އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲ އާ މެދުވެސް އަމަލު ކުރަމުންދާ ބޭ އިންސާފާމެދު ހިތާމް ކުރައްވާ ކަމަށްވެސް ރައީށް މައުމޫން ވިދާޅުވި އެވެ.

 

"އަދާލަތު ޕާޓީގެ ރައީސް އިމްރާންއަކީ ވަރަށް ތެދުވެރި އިހްލާސްތެރި ބޭފުޅެއް. އެ މަނިކުފާނަށް އަމަލުކުރަންވާން ވާނީ ރީތިކޮށް، ހައްގުތައް ރައްކާތެރިކޮށްދޭ ގޮތަށް،" އެ މަނިކުފާނު ވިދާޅުވި އެވެ.

 

ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މައްސަލާގައި ރައީސް ނަޝީދުގެ މައްޗަށް 13 އަހަރުގެ ޖަލު ހުކުމެއް ވަނީ އިއްވާފަ އެވެ. އަދި އެ މަނިކުފާނުގެ މައްޗަށް އިއްވި ހުކުމް ލިޔުނީ އެ މައްސަލަ ބެއްލެވި ގާޒީންގެ ބަދަލުގައި އެހެން މީހެއް ކަމަށް ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ވަނީ ވިދާޅުވެފަ އެވެ.

 

- ކޮމެންޓް
24 ޖުލައި 2017 | ހޯމަ 00:22
ކަތްދަ
Farish maumoon jalah vanna hithun ulheythaa kithanme dhuvaheh. Kihaa jehsumeh kohfi hurihaa kameh kuranee maumoon bunegen mihaaru hithirahalaafa thihiree dheboa gulhigen mihaaruulhevidhaane