Advertisement
ކ. މާލެ
|
23 ޖުލައި 2017 | އާދީއްތަ 18:22
ސްޓެލްކޯ:ސޯސަން މަގު ވަކި ހިސާބަކުން ކަރަންޓް ކަނޑާލެވޭނެ
ސްޓެލްކޯ:ސޯސަން މަގު ވަކި ހިސާބަކުން ކަރަންޓް ކަނޑާލެވޭނެ
ގޫގުލް
ކަރަންޓު ކެނޑުން
އިދިކޮޅު ފަރާތްތަކުން އެއްވާ ސަރަހައްދު ކައިރިން މާދަމާ ކަރަންޓް ކަނޑާލަނީ
ކަރަންޓް ކަނޑާލަނީ ވީޓީވީ ހިމެނޭ ސަރަހައްދަށް
ކަރަންޓް ކަނޑާލަނީ ހެނދުނު 9:00އިން 11:00އަށް
މިއީ ކޮންމެހެން ކުރަން ޖެހޭ މަސައްކަތެއް ކުރުމަށް ކަނޑާލެވޭ ކަނޑާލުމެއް

ގުޅިފައިވާ ޕާޓީތަކުން ހޯމަ ދުވަހު އެއްވާން ބުނަމުންދާ ސަރަހައްދާ ކައިރިން މާދަމާ ކަރަންޓް ކަނޑާލުމަށް ނިންމައިފިއެވެ.

 

ސްޓެލްކޯއިން ބުނެފައިވަނީ އެއީ އެކުންފުނިން ކޮންމެހެންވެސް ކުރަން ޖެހޭ މަސައްކަތެއް ކުރުމަށްޓަކައި އާދައިގެ މަތިން ކަނޑާލެވޭ ކަނޑާލުމެއް ކަމަށެވެ. އެގޮތުން އެކުންފުނީގެ ފަރާތުން ކޮންމެހެން ކުރަން ޖެހޭ މަސައްކަތެއް ކުރުމަށްޓަކއި ހޯމަދުވަހު ހެނދުނު 9:00 އިން މެންދުރު 11:00 އަށް ކަރަންޓް ކަނޑާލާނެ ކަމަށް އެސަރަހައްދުގެ ގޭގެއަށް ފޮނުވި ނޯޓިސްގައި ބުނެފައެވެ. އަދި އެގަޑިތަކުގައި ކަރަންޓް  ކަނޑާލުމަށް ހަމަޖެހިފައިވީނަމަވެސް ކަރަންޓް ކަނޑާލައިގެން ކުރަން ޖެހޭ މަސައްކަތް ނިމުނުހާ އަވަހަކަށް ކަރަންޓްގެ ޚިދުމަތް ލިބިދެވޭނެ ކަމަށްވެސް ސްޓެލްކޯއިން ވަނީ ބުނެފައެވެ.

 

ކަރަންޓް ކަނޑާލުމަށް ހަމަޖެހިފައިވާ ވީޓީވީ ހިމެނޭ ސަރަހައްދަކީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އިހުތިޖާޖް ކުރުމުގެ ގޮތުން އެއްވުމެއް ބޭއްވުމަށް ހަމަޖެހިފައިވާ ސަރަހައްދެކެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ހިތްވަރު ދިނުމުގެ ގޮތުން ބާއްވާ މިއެއްވުމަށްޓަކައި މީހުން ޖަމާވުމަށް ހަމަޖެހިފައިވަނީ އެމްޑީޕީ އޮފީސް ދޮރުމައްޗަށެވެ.

 

މިއެއްވުން ބޭއްވުމަށް އިދިކޮޅު ފަރާތްތަކުން ނިންމުމާ ގުޅިގެން ސަރުކާރުން ދަނީ އެކަން ކުރިއަ ނުދިނުމަށް ގިނަ ކަންތައްތަކެއް ކުރަމުންނެވެ. ޣައިރު ޤާނޫނީ އެއްވުމަކަށް ޖާގަ ނުދޭނެ ކަމަށް ފުލުހުން ބުނަމުންދާއިރު އެއްވުންތައް ލައިވް ކުރާ މީޑިޔާތަކާމެދު ފިޔަވަޅު އަޅާނެ ކަމަށް ސަރުކާރުގެ ނުފޫޒް އޮންނަ ކަމަށް ތުހުމަތު ކުރެވޭ ބްރޯޑްކާސްޓިންގ ކޮމިޝަނުންވެސް ވަނީ އަންގާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް