ކ. މާލެ
|
28 އޮކްޓޯބަރ 2023 | ހޮނިހިރު 19:41
ޗައިނާ ގައި ސަލާމަތް ކުރެވުނު ބުލާތައް
ޗައިނާ ގައި ސަލާމަތް ކުރެވުނު ބުލާތައް
ގެޓީ އިމޭޖަސް
ޗައނާގައި ބުޅާމަސް ކެއުން
ޗައިނާގައި މަސްކެއުމަށް ކަތިލަން ގެންދެވުނު 1000 ބުޅާ ފުލުހުން ސަލާމަތްކޮށް އެކަން ކުރާ މީހުންނަށް އަދަބު ދީފި
ބުޅާ މަސް އާންމުކޮން ވިއްކަނީ ކަންބަޅިމަސް އަދި އޫރު މަހުގެ ގޮތުގައި ކަމަށްވޭ

ޗައިނާގައި އެއްގަމު މަހުގެ ވިޔަފާރީގައި ބުޅާމަސް ބޭނުން ކުރާބަޔަކު ޓްރަކް އެއްގައި އުފުލި ހާހެއްހާ ބުޅާ ފުލުހުން ސަލާމަތް ކޮށް އަދި އެކަން ކުރަމުން އައި މީހުންނާމެދު ފިޔަވަޅު އަޅާފައިވާކަމަށް އެގައުމުގެ ސްޓޭޓް މީޑިޔާ އަކުން ބުނެފިއެވެ. ފުލުހުން މިމީހުން ހައްޔަރުކޮށްފައިވަނީ އުތުރުގެ ސިޓީއެއްކަމަށްވާ ޒެންގޖިއާގެންގް ގައި ކަތިލުމަށްޓަކައި ގިނައަދަދެއްގެ ބުޅާ ޓްރަކް އަކަށް އަރުވައިގެން ގެންދާކަމުގެ މައުލޫމާތު ލިބުމާއި ގުޅިގެން ކަމަށްވެއެވެ. ނޫސް ބުނާ ގޮތުން ފުލުހުން ބުޅާތައް ސަލާމަތް ކުރުމަށް ފަހު ވަނީ ޚާއްސަ ޝެލްޓަރ އަކަށް ގެންގޮސްފައެވެ.

މިހާދިސާއާ ގުޅިގެން ބެލިބެލުމުން ވަނީ ގާނޫނީ ގޮތުންވެސް މަނާކޮށްފައި އޮންނަ ބުޅާމަހުގެ ވިޔަފާރި ފުޅާކޮން ކުރާބަޔަކު އަތުލައިގަނެވިފައެވެ. އަދި މިކަމުގެ ސަބަބުން ވަނީ ކާބޯތަކެތީގެ ރައްކާތެރިކަމާމެދު ކަންބޮޑުވުން އުފެދިފައެވެ.

ކަންބަޅިމަސް އަދި އޫރު މަހުގެ ގޮތުގައި ބުޅާމަސް ވިއްކާއިރު 600 ގްރާމް ހުންނަހާ މަހަށް ޔޫއެސް 61 ސެންޓް ލިބޭ ކަމަށް ވެއެވެ. އަދި ބުޅަލެއްގެ ބަރުދަނުގައި އާންމުކޮށް މީގެ ހަތަރެއް ނުވަތަ ފަސްގުނަ ހުންނަ ކަމަށް ވެއެވެ.

މިފަހަރުގެ އޮޕަރޭޝަންގައި ސަލާމަތް ކުރެވުނީ ވަލު ބުޅާ ކަމެއް ނުވަތަ މީހުން އޮޅުކޮށްގެން ގެންގުޅޭ ބުޅާވެސް އޭގެތެރޭގައި ހިމެނޭ ކަމެއް ނޭނގޭ ކަމަށް އޮފިޝަލުން ބުނެއެވެ. އާންމުކޮން ބުޅާމަސް ވިއްކަނީ އުލަށް އަމުނާފަ ހުންނަ ބާބަކިއު މަސްފަތީގެ ގޮތުގައި ނުވަތަ ސޮސެޖް ހެދުމަށް ކަމަށް ވެއެވެ.

ނޫސްބުނާ ގޮތުން ޒެންގޖިއާގެންގް ގެ އެކްޓިވިސްޓުންނަށް ފުރަތަމަ ފާހަގަ ކުރެވުނީ މޮހޮރުޖަހާ ބަންދު ކޮށްފައިވާ ފިލާ ފޮށިތަކެއްގައި ގިނަ އަދަދެއްގެ ބުޅާ ގަބުރުސްތާނެއްގެ ތެރޭގައި ބައިތިއްބާފައި ވަނިކޮށް ކަމަށް ވެއެވެ. އަދި ފޮށިތަކަށް ވާ ގޮތެއް ބަލަމުން ގެންދިޔަކަމަށް ވެއެވެ. އެންމެ ފަހުން ފޮށިތައް ޓްރަކް އަކަށް އަރުވާތަން ފެނުމުން ވެހިކަލް ހުއްޓުވާ ފުލުހުންނަށް ގުޅީކަމަށް ބުނެފައި ވެއެވެ.

މިހާދިސާއާ ގުޅިގެން ޗައިނާގެ ސޯޝަލް މީޑިޔާގައި ގިނަބަޔަކުދަނީ ހިތްހަމަ ނުޖެހުމުގެ ޝުއޫރުތައް ފާޅު ކުރަމުންނެވެ. ކާބޯތަކެތީގެ އިންޑަސްޓްރީ ގެ ކަންކަން މިހާރަށް ވުރެބޮޑަށް އިންސްޕެކްޓް ކުރުމަށް އެއްބަޔަކު ގޮވާލާފައިވާއިރު، ޖަނަވާރުތައް ހިމާޔަތް ކުރުމަށް ގާނޫނުތައްނެތިގެން އެކަމުގެ ކަންބޮޑުވުން ފާޅު ކޮށްފައި ވެއެވެ.

އެކަކުބުނި ގޮތުގައި ބާބަކިއުހަދާފަ ވިއްކަން ނެރެފަ ހުންނަ މަސް އޫ ދެން އޭނާއަށް ދުވަހަކުވެސް ކާކަށް ނުކެރޭނެއެވެ.   

ޗައިނާގައި ބުޅާމަހުގެ އިތުރުން ކުއްތާމަހާ އަދި މީދަލުގެ މަސްވެސް ކެއުމަށާ ވިއްކުމަށްޓަކާ ކާއެއްޗެތި ހެދުމަށް ބޭނުން ކުރާކަމުގެ ރިޕޯޓްތައް އާންމުކޮށް ލިބެއެވެ.

މިދިޔަ ޖޫންމަހުވެސް ޖިއާންގޒީގެ ކޮލެޖެއްގައި ކިޔަވާކުއްޖަކަށް ދިން ކާއެއްޗެއްގައި މީދަލެއްގެ ބޯ އޮވެގެން ކިޔަވާކުދިން އެމައްސަލަ ވަރަށް ބޮޑުކޮށްލާފައި ވެއެވެ. ސްކޫލް އިދާރާއިން ފުރަތަމަ ބުނެފައިވަނީ އެއީ އަސްދޫނީގެ ބައެއްކަމަށެވެ. ނަމަވެސް ފަހުން ވަނީ ކިޔަވާކުދިން ބުނީ ތެދެއްކަމަށް އެއްބަސްވެފައެވެ.

މައުލޫމާތު :ބީބީސީ   

- ކޮމެންޓް