ކ. މާލެ
|
27 އޮކްޓޯބަރ 2023 | ހުކުރު 07:12
އިސްރާއީލް ސިފައިން ޖެނިންގައި ހިންގަމުންދާ ޖަރީމާތަކުގެ ތެރެއިން
އިސްރާއީލް ސިފައިން ޖެނިންގައި ހިންގަމުންދާ ޖަރީމާތަކުގެ ތެރެއިން
ރޮއިޓާސް
އިސްރާއީލް ސިފައިން ޖެނިންގައި ހިންގި ޢުދުވާން
އިސްރާއީލުން ޖެނިންއަށް ދިން ހަމަލާތަކެއްގައި އެކަކު މަރުވެ ހަތަރު މީހަކު ޒަޚަމްވެއްޖެ
ކުރިއަށް އޮތް ދުވަސްތަކުގައި ހަމަލާތައް ވަރުގަދަ ކުރާނެކަމުގެ އިންޒާރު އިސްރާއީލުގެ ސިފައިން ވަނީ ދީފައި

ޖެނިންގައި ބުރާސްފަތި ދުވަހުގެ ފަތިހު އިސްރާއީލު ސިފައިން ހިންގި އަސްކަރީ އޮޕަރޭޝަނެއްގައި ފަލަސްތީނުގެ ފިރިހެނަކު ޝަހީދުވެ، ހަތަރު މީހަކު ޒަޚަމްވެއްޖެ އެވެ.

ފަލަސްތީނުގެ ނިއުސް އެޖެންސީ ވަފާއިން ބުނި ގޮތުގައި ޖެނިންގެ އަލް ޒަހްރާ އަވަށުގެ އިބްނު ސީނާ ހޮސްޕިޓަލް ވަށައިގެން އަމާޒުކޮށް އިސްރާއީލު ސިފައިން ހިންގި މި އޮޕަރޭޝަނުގައި އަލް ޔަމޫން އަވަށަށް ނިސްބަތްވާ އަބްދުالله ބައްސާމް އަބޫ އަލް ހައިޖާގެ ގަޔަށް އެތައް  ފަހަރެއްގެ މަތިން ބަޑިޖަހައި ޝަހީދުކޮށްލި އެވެ.

އަބޫ އަލް ހައިޖާ އަކީ ހަމަނުޖެހުންތަކަށް ފަހު ޖެނިން ގަވަމެންޓް ހޮސްޕިޓަލަށް ގެންދިޔަ ޒަހަމްވި ފަލަސްތީނުގެ ފަސް މީހުންގެ ތެރޭގައި ހިމެނޭ މީހެކެވެ. އޭގެ ފަހުން އޭނާ މަރުވީ ބަޑިޖެހުމުގެ ސަބަބުން ކަމަށް ހޮސްޕިޓަލުގެ ޑިރެކްޓަރު ޑރ ވިސާމް ބަކުރު ވިދާޅުވި އެވެ.

އިސްރާއީލުން ދިން ހަމަލާގައި އަސްކަރީ ވެހިކަލްތަކާއި ދެ ބުލްޑޯޒަރު ޖެނިންއަށް އެކި ދިމާލުން ވަދެފައިވެ އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މި އޮޕަރޭޝަންގައި ސިފައިން ވަނީ ބައެއް އިމާރާތްތަކާއި ގެތައް ބަލައި ފާސްކޮށްފައެވެ.

އަބޫއަލް ހައިޖާގެ މަރާއެކު ހުޅަނގު އައްސޭރީގައި އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހުން ފެށިގެން މިހާތަނަށް 107 މީހަކު އިސްރާއީލު ސިފައިން ޝަހީދުކޮށްލި އިރު، 1900 އަށް ވުރެ ގިނަ މީހުން ޒަޚަމްވެފައިވާކަމަށް ވަފާ ނޫސްއެޖެންސީގެ ހިސާބުތަކުން ދައްކައެވެ.

ޖެނިން އާއި ނަބްލޫސް ފަދަ ސިޓީތަކުގައި އިސްރާއީލު ސިފައިން ދެމުންދާ ނުރައްކާތެރި ހަމަލާތަކާ ގުޅިގެން ވަނީ ނުތަނަވަސްކަން އުފެދިފަ އެވެ. އިސްރާއީލް ސިފައިން ފަލަސްތީނުގައި ހިންގަމުންދާ ލާއިންސާނީ ޢަމަލުތައް ދުނިޔޭގެ ގިނަބަޔަކު ސިފަކުރަނީ ޤަތުލް ޢާއްމެއްގެ ގޮތުގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް