ކ. މާލެ
|
26 އޮކްޓޯބަރ 2023 | ބުރާސްފަތި 19:48
ޣައްޒާގެ ކުޑަކުއްޖަކު ފެން ބަލައި ގޮސް
ޣައްޒާގެ ކުޑަކުއްޖަކު ފެން ބަލައި ގޮސް
ޣައްޒާގައި ކަރަންޓާއި ފެން ނެތުން
ފެނަށް ޖެހި، ޣައްޒާގެ ސިއްހީ ޚިދުމަތްތައް ހުއްޓުމަކާ ދިމާއަށް
ހޮސްޕިޓަލްތަކަށް މީހުން ގެންދިއުމުގެ މަގުމަތީގައިވެސް ބައެއް އާއްމުން ހައްޔަރުކުރުން ފަދަ ކަންކަން ދަނީ ކުރަމުން
އޮޕަރޭޝަން ކުރަމުން ދަނީ ފޯނުން އަލިކޮށްގެން ކަމަށް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައި
ހޮސްޕިޓަލުތަކުގެ ހާލަތުވެސް ގޯހުން ގޯހަށް ދާކަމަށް ރިޕޯޓްތައް ބުނޭ

ފަލަސްތީނުގެ ޣައްޒާއަށް މިހާރު އިސްރާއީލުން ދެމުންގެންދާ ހަމަލާތަކުގައި ކަރަންޓާއި ފެނުގެ ދަތިކަން ދިމާވެ، ޣައްޒާގެ ހޮސްޕިޓަލްތަލްތަކުގެ މަސައްކަތް ހުއްޓިދާނެކަމުގެ ބިރު ހީވެއްޖެއެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުން މިހާރު ޣައްޒާގައި ފެނާއި ކަރަންޓު ނުލިބުމުގެ ސަބަބުން ދިމާވާ ދަތިތައް ވަނީ އިންތިހާއަށް އިތުރުވެފައެވެ. އަދި ހޮސްޕިޓަލުތަކުގެ ހާލަތުވެސް ގޯހުން ގޯހަށް ދާކަމަށް ރިޕޯޓްތައް ބުނެއެވެ. އެގޮތުން ކަރަންޓު ނެތުމުގެ ސަބަބުން ހޮސްޕިޓަލްތަކުގައި މިހާރު އޮޕަރޭޝަން ކުރަމުން ދަނީ ފޯނުން އަލިކޮށްގެން ކަމަށް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ. ހަމައެހެންމެ ޒަޚަމްވެފައިވާ ތަންތަން ސާފުކުރުމަށް ވިނެގަރ ދަނީ ބޭނުން ކުރަމުންނެވެ.

ސާފު ބޯފެން ނުލިބުމުގެ ސަބަބުން ބަލިމަޑުކަމެއް ފެތުރިދާނެކަމުގެ ބިރު މިހާރު އިންތިހާއަށް އޮތްކަމަށްވެސް ފަލަސްތީނުގެ ސިއްހީ ވުޒާރާއާ ހަވާލާދީ މީޑީއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ. މީގެ އިތުރުން ސިއްހީ ފަރުވާ ދިނުމަށް ބޭނުންވާ ވަސީލަތްތައް ނުލިބުމުގެ ދަތިކަންވެސް ވަނީ ކުރިމަތިވާން ފަށާފައެވެ. ޚިދުމަތްދެމުންދާ ހޮސްޕިޓަލްތަކަށް އަމާޒުކޮށްވެސް އިސްރާއީލުން ދަނީ ހަމަލާދެމުންނެވެ. އަދި ހޮސްޕިޓަލްތަކަށް މީހުން ގެންދިއުމުގެ މަގުމަތީގައިވެސް ބައެއް އާއްމުން ހައްޔަރުކުރުން ފަދަ ކަންކަން ދަނީ ކުރަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 21 ގަޑިއިރު ކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް