Advertisement
ކ. މާލެ
|
24 އޮކްޓޯބަރ 2023 | އަންގާރަ 08:36
ޕެމާއިން އިންތިޚާބީ ނައިބު ރައީސްގެ އަގު ވަޒަންކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން
ޕެމާއިން އިންތިޚާބީ ނައިބު ރައީސްގެ އަގު ވަޒަންކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން
ޕެމާ އިން އިންތިޚާބީ ނައިބު ރައީސްގެ އަގު ވަޒަންކު
" ނައިބު ރައީސްކަމުގައި ހުންނަ އިރު މަޖިލީހުން އެދޭ ކަންކަމަކީ އަމިއްލަ ކަމެއްގެ ގޮތުގައި ދެކިގެން ކޮށްދޭނަން "
"ޕެމާ"އަކީ ރައްޔިތުންގެ މަޖިލީހުގެ ތަފާތު ހަރަކާތްތައް ހިންގުމަށް އެކުލަވާލާފައިވާ ސޯޝަލް ކްލަބެއް
ޕެމާއިން ވަނީ އެމަނިކުފާނަށް ހަނދާނީ ފިލައެއް އަރުވާފަ
އޭނާ ވިދާޅުވީ އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާއަށާއި، ރައްޔިތުންގެ މަޖިލީހަށް ދޭންޖެހޭ ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށް

ނައިބު ރައީސްކަމުގައި ހުންނަ އިރު މަޖިލީހުން އެދޭ ކަންކަމަކީ އަމިއްލަ ކަމެއްގެ ގޮތުގައި ދެކިގެން ކޮށްދެއްވާނެ ކަަމަށް އިންތިޚާބީ ނާއިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސެއިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު އެފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ސޯޝަލް ކްލަބު، "ޕެމާ" އިން އެމަނިކުފާނުގެ އަގުވަޒަންކުރުމުގެ ގޮތުން ބޭއްވެވި ރަސްމިއްޔާތެއްގައި ވާހަކަދައްކަވަމުންނެވެ.

Advertisement

އޭނާ ވިދާޅުވީ އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާއަށާއި، ރައްޔިތުންގެ މަޖިލީހަށް ދޭންޖެހޭ ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށެވެ. އަދި މިހާރު ހަވާލުވެވަޑައިގަންނަވަން އުޅުއްވަނީ މުޅި ގައުމުގެ ޒިންމާ އެކުލެވޭ މަސައްކަތަކާއި ކަމަށް ވެސް ވިދާޅިވިއެވެ. މިރަސްމިއްޔާތުގައި ހުސައިން މުހައްމަދު ލަތީފު މަޖިލީހުގައި ހޭދަކުރެއްވި މުއްދަތުގައި ޕެމާއަށް ވެދެއްވި އެހީތެރިކަން ފާހަގަކުރައްވާފައިވެއެވެ. ޕެމާއިން ވަނީ އެމަނިކުފާނަށް ހަނދާނީ ފިލައެއް އަރުވާފައެވެ.

"ޕެމާ"އަކީ ރައްޔިތުންގެ މަޖިލީހުގެ ތަފާތު ހަރަކާތްތައް ހިންގުމަށް އެކުލަވާލާފައިވާ ސޯޝަލް ކްލަބެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
- ކޮމެންޓް