Advertisement
ކ. މާލެ
|
23 ޖުލައި 2017 | އާދީއްތަ 13:48
މާލޭގެ ކާނިވާ ސަރަހައްދަށް މީގެ ކުރިން އުދަ އަރާފައި
މާލޭގެ ކާނިވާ ސަރަހައްދަށް މީގެ ކުރިން އުދަ އަރާފައި
ގޫގުލް
އުދައެރުން
ޖުލައި 26 އާ ހަމައަށް އުތުރާއި މެދު ރާއްޖެތެރެއަށް އުދަ އަރާނެ
މިމަހުގެ 27 އިން ފެށިގެން ދިޔަވަރު ދަށްވާނެ

ޖުލައިމަހުގެ 26 އާ ހަމައަށް، ދިޔަވަރު ބޮޑުވާ ގަޑީގައި އުތުރާއި މެދު ރާއްޖެތެރެއަށް އުދަ އަރާނެ ކަމަށް މޯލްޑިވްސް މީޓްރޮރޮޖިކަލް ސެންޓަރ (މެޓް) އޮފީހުން ބުނެފިއެވެ.

މާލޭގެ ކާނިވާ ސަރަހައްދަށް ވެސް ވަނީ އުދައިގެ އަސަރު ފޯރާފައެވެ. ކާނިވާ ސަރަހައްދަށް ވަނީ ވަރަށްބޮޑަށް އުދަ އަރާފައެވެ.

މިއަދު މާލޭގައި ބޮޑަށް އުދަ އަރާފައި ވަނީ މެންދުރު 01:15 އިން ފެށިގެން 01:45 އާ ދޭތެރޭގައެވެ. މެޓުން ބުނީ ރާއްޖޭގެ މެދުތެރެ އާއި ދެކުނުގެ ބައެއް ރަށްތަކަށް ކެރީގެ އަސަރުފޯރާނެ ކަމަށާއި އަދި ގުގުރުން އެކަށީގެންވާ ކަމަށެވެ. އަދި އުތުރުގެ މޫސުން އާންމު ގޮތެއްގައި ރަގަޅުވާނެ ކަމަށް ވެސް މެޓުން ބުނެއެވެ.

ދެކުނުގެ އަތޮޅުތަކަށް އިރާއި އިރުދެކުނުން އަދި އެހެން ހިސާބުތަކަށް ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު 3 މޭލާއި 10 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި ކެރިގަނޑުގައި ގަޑިއަކު 30 މޭލު ބާރުމިނަށް ވައިޖެހުން އެކަށީގެންވާ ކަމަށް މެޓުން ބުނެއެވެ.

 

މީގެ އިތުރުން ރާއްޖޭގެ ކަނޑުތައް މަޑުވެފައި ކެރިގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް ވެސް މެޓު އޮފީހުން މައުލޫމާތު ދެއެވެ.

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް