ކ. މާލެ
|
23 އޮކްޓޯބަރ 2023 | ހޯމަ 21:30
އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާއާއި އެމަނިކުފާނުގެ ނައިބު ހުވާކުރެއްވުމުގެ ޖަލްސާގެ އިންތިޒާމުތަކާ ގުޅޭގޮތުން އެމްއެންޑީއެފާއެކު މަޝްވަރާކުރުން
އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާއާއި އެމަނިކުފާނުގެ ނައިބު ހުވާކުރެއްވުމުގެ ޖަލްސާގެ އިންތިޒާމުތަކާ ގުޅޭގޮތުން އެމްއެންޑީއެފާއެކު މަޝްވަރާކުރުން
ރައްޔިތުންގެ މަޖިލިސް
ހުވާކުރެއްވުމުގެ ޖަލްސާގެ އިންތިޒާމުތައް
އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާއާއި އެމަނިކުފާނުގެ ނައިބު ހުވާކުރެއްވުމުގެ ޖަލްސާގެ އިންތިޒާމުތަކާ ގުޅޭގޮތުން އެމްއެންޑީއެފާއެކު މަޝްވަރާކޮށްފި
އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާއާއި ނައިބު ރައީސް ހުވާކުރެއްވުން އޮންނާނީ ނޮވެމްބަރު 17 ވަނަ ދުވަހު، ޖުމްހޫރީ މައިދާނުގައި

އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާއާއި އެމަނިކުފާނުގެ ނައިބު ހުވާކުރެއްވުމުގެ ޖަލްސާގެ އިންތިޒާމުތަކާ ގުޅޭގޮތުން އެމްއެންޑީއެފްގެ ބޭފުޅުންނާއެކު މަޝްވަރާކުރައްވައިފިއެވެ.

އެ ބައްދަލުކުރެއްވުމުގައި މަޖިލީހުގެ އިދާރާގެ އިސް ބޭފުޅުންނާއި އެމްއެންޑީއެފްގެ ކަމާ ގުޅުންހުރި ބޭބޭފުޅުން ވަނީ ބައިވެރިވެވަޑައިގެންފައެވެ. މިއީ މަޖިލީހާއި އެމްއެންޑީއެފުގެ ބޭފުޅުންނާއެކު މަޝްވަރާކުރެއްވި ދެވަނަ ފަހަރެވެ.

Advertisement

އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާއާއި އެމަނިކުފާނުގެ ނައިބު ހުވާކުރެއްވުމުގެ ޖަލްސާގެ ތަައްޔާރީތަކާމެދު، އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ރައްޔިތުންގެ މަޖިލީހުގެ ކަމާ ގުޅުންހުރި ފަރާތްތަކާއެކު އެކި ފަހަރުމަތިން ވަނީ މަޝްވަރާތައް ބާއްވަވާފައެވެ.

އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާއާއި ނައިބު ރައީސް ހުވާކުރެއްވުން އޮންނާނީ ނޮވެމްބަރު 17 ވަނަ ދުވަހު، ޖުމްހޫރީ މައިދާނުގައެވެ. އެރަސްމިއްޔާތު ކަވަރުކުރަން ބޭނުންވާ ބޭރުގެ މީޑިޔާތަކަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ވަނީ އެފުރުސަތު ހުޅުވާލާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް