Advertisement
ކ. މާލެ
|
23 ޖުލައި 2017 | އާދީއްތަ 13:36
އަޑުއެހުމަށް ފަހު ފާރިސް ދޫނިދޫއަށް ގެންދަނީ
އަޑުއެހުމަށް ފަހު ފާރިސް ދޫނިދޫއަށް ގެންދަނީ
މުހައްމަދު ޝަރުހާން
އަޙުމަދު ފާރިސް މައުމޫން
ފާރިސްގެ މެސެޖް: އެންމެ ތަންކޮޅެއް ވެސް ދޫނުދެއްވާތި، އަޅުގަނޑު މިހުރީ ގަދަކޮށް!
އެންމެ ތަންކޮޅެއް ވެސް ދޫނުދެއްވާތި، ސާބިތުވެ ތިއްބަވާ
ފާރިސްގެ އަޑުއެހުމަށް ރައީސް މައުމޫން ވަދެވަޑައިގަތް
ފާރިސް ހުންނެވީ ފުލުހުންގެ ބަންދުގައި

އެންމެ ތަންކޮޅެއް ވެސް ދޫނުދީ އިސްލާހީ މަސައްކަތުގައި ސާބިތުވެ ތިބުމަށް ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫން ވިދާޅުވެއްޖެ އެވެ.

ފާރިސްގެ މައްޗަށް އުފުލާފައިވާ ޝަޙްސް އޮޅުވާލުމުގެ ދައުވާގެ ޝަރީއަތުގައި އާދިއްތަ ދުވަހު ބޭއްވި އަޑުއެހުމަށް ފަހު، ޝަރީއަތުގެ މަޖިލީހުގައި ތިއްބެވި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާ މުޚާތަބު ކުރައްވާ ފާރިސް އެދިވަޑައިގެންނެވީ "އެންމެ ތަންކޮޅެއް ވެސް" ދޫނުކުރެއްވުމަށާއި ސާބިތުވެއް ތިއްބެވުމަށެވެ. 

ފާރިސް ވިދާޅުވީ އޭނާ ހުންނެވީ ސާބިތުކޮށް "ވަރަށް ގަދަކޮށް" ކަމަށެވެ.

ޝަޙްސް އޮޅުވާލުމުގެ ކުށުގެ ދައުވާކޮށް ފާރިސްގެ މައްޗަށް ހިންގާ ޝަރީއަތުގައި އާދިއްތަ ދުވަހު ބޭއްވި އަޑުއެހުމަށް އޭނާގެ ބައްޕާފުޅު، ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވެސް ވަދެވަޑައިގަތެވެ. ރައީސް މައުމޫނާއެކު ޔުމްނާ މައުމޫނާއި، ޔުމްނާގެ ފިރިކަލުން މުހައްމަދު ނަދީމް ވެސް އަޑުއެހުމަށް ވަދެވަޑައިގަތެވެ.

މިއީ ކްރިމިނަލް ކޯޓުގައި ހިންގާ ޝަރީއަތެއް އަޑުއެއްސެވުމަށް ރައީސް މައުމޫން ވަދެވަޑައިގަތް ފުރަތަމަ ފަހަރު އެވެ. ރައީސް މައުމޫން ވަދެވަޑައިގަތުމާއެކު ކޯޓުގެ އޮފިޝަލުން ވަނީ، ޝަރީއަތުގެ މަޖިލީހުގައި ރައީސް މައުމޫން އިށީންދެވަޑައިގެންނެ އިންނެވި ގޮނޑިކޮޅުގެ ކުރިމަތީގައި ކުޑަ މޭޒެއް ބަހައްޓާފަ އެވެ. އަދި ޓިޝޫ ފޮއްޓަކާއި، ފެން ތައްޓެއް އެ މޭޒުގެ މަތީގައި ބެހެއްޓި އެވެ. 

ރައީސް މައުމޫނާއި އެމަނިކުފާނުގެ ބޭފުޅުންގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޯޅި އުތުރު ދާއިރާގެ މެންބަރު މާރިޔާ އަހުމަދު ދީދީއާއި، ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒުގެ އިތުރުން، ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އިބްރާހިމް ވެސް އަޑުއެހުމަށް ވަދެވަޑައިގަތެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީޙުގެ އިތުބާރު ނެތް ކަމަށް ހުށަހަޅާފައިވާ މައްސަލައާ ދިމާކޮށް މަޖިލިސް މެންބަރުންނަށް ރިޝްވަތު ހުށަހެޅުއްވި ކަމުގެ ތުހުމަތުކޮށް ފާރިސް ހައްޔަރުކޮށްފައިވަނީ މިމަހުގެ 18 ވަނަ ދުވަހު އެވެ. ކްރިމިނަލް ކޯޓުން ވަނީ ފުލުހުން ތަހުގީގު ކުރަމުންދާ އެ މައްސަލައިގެ ޝަރީއަތް ނިމެންދެން އޭނާ ބަންދުކޮށްފައި ބެހެއްޓުމަށް އަމުރުކޮށްފަ އެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
23 ޖުލައި 2017 | އާދީއްތަ 14:14
ޖާނޭ
ގައުމު އިސްލާހުވާނީ ބަގާޥަތްކުރި ފުލުހުން ވަކިކޮށް ތިތަން ސާފުކޮއްގެން. ދިވެހިންގެ އިތުބާރު ހޯދައިގެން