ކ. މާލެ
|
23 އޮކްޓޯބަރ 2023 | ހޯމަ 18:45
މީހަކު ބާޒާރު ކޮތަޅެއް ހިފައިގެން
މީހަކު ބާޒާރު ކޮތަޅެއް ހިފައިގެން
ގޫގުލް
ދައުލަތަށް ލިބޭ އާމްދަނީ
ޕްލާސްޓިކް ކޮތަޅުން ނަގާ ފީން ދައުލަތަށް 8.3 މިލިއަން ރުފިޔާ
ކުނި މެނޭޖުކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމަށް ބިލެއް ހުށަހަޅާފައިވޭ
ކޮތަޅަކުން ނަގަމުން އަންނަ 2 ރުފިޔާގެ ބަދަލުގައި 50 ލާރި ނެގުމަށް ހުށަހަޅާފައިވޭ
ޕްލާސްޓިކް ކޮތަޅުން ނަގާ ފީގެގޮތުގައި ދައުލަތަށް ލިބިފައިވަނީ 4 ލައްކަ ރުފިޔާ

ޕްލާސްޓިކް ކޮތަޅުން ނަގާ ފީން ދައުލަތަށް މިހާތަނަށް 8.3 މިލިއަން ރުފިޔާ ލިބިއްޖެއެވެ.

ޕްލާސްޓިކުގެ ސަބަބުން ތިމާވެއްޓަށް ކުރާ އަސަރު ކުޑަކުރުމަށް ކުރާ މަސައްކަތްތަކުގެ ތެރެއިން، އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ކޮތަޅުން 2 ރުފިޔާގެ ފީއެއް ނަގަން ފެށީ މި އަހަރުގެ އޭޕްރީލް މަހުގެތެރޭގައެވެ.

މީރާގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިހާތަނަށް ކޮތަޅުން ނަގާ ފީގެ ގޮތުގައި އެންމެ ދަށް އާމްދަނީ އެއް ލިބިފައި ވަނީ ފާއިތުވި ސެޕްޓެމްބަރު މަހުއެވެ. އެގޮތުން މިދިޔަ ސެޕްޓެމްބަރުމަހު ޕްލާސްޓިކް ކޮތަޅުން ނަގާ ފީގެގޮތުގައި ދައުލަތަށް ލިބިފައިވަނީ 4 ލައްކަ ރުފިޔާއެވެ. މި ފީގެ ގޮތުގައި މިދިޔަ އޮގަސްޓް މަހު 1.71 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. އެއީ މިހާތަނަށް ކޮތަޅުން ނަގާ ފީގެ ގޮތުގައި ލިބުނު އެންމެ ބޮޑު އާމްދަނީއެވެ.

ޕްލާސްޓިކް ކޮތަޅުގެ ފީގެ ގޮތުގައި ލިބިފައިވާ އާމްދަނީގެ ތަފްސީލަށް ބަލާއިރު މިދިޔަ މޭ މަހު 1.17 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިދުޔަ ޖޫން މަހު 778698 ރުފިޔާ، އަދި ޖުލައި މަހު 4.18 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. އަދި އޮގަސްޓް މަހު 1.71 މިލިއަން ރުފިޔާ، އަދި ސެޕްޓެމްބަރ މަހު 484246 ރުފިޔާ ވަނީ ލިބިފައެވެ.

ވިޔަފާރިކުރުމަށް ބޭނުންކުރާ ކޮތަޅުން 2 ރުފިޔާ ނެގޭގޮތަށް ގާނޫނަށް ގެނައި އިސްލާހު، ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރައްވާފައިވަނީ 18 ޑިސެމްބަރ 2022ގައެވެ. މިހާރު ކުނި މެނޭޖުކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމަށް ބިލެއް ހުށަހަޅާފައި ވާއިރު، އެ ބިލުގައި ވަނީ ކޮތަޅަކުން ނަގަމުން އަންނަ 2 ރުފިޔާގެ ބަދަލުގައި 50 ލާރި ނެގުމަށް ހުށަހަޅާފައެވެ.

- ކޮމެންޓް