Advertisement
ކ. މާލެ
|
23 ޖުލައި 2017 | އާދީއްތަ 11:54
ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސް ޝަހީބު އާއި ނައިބު ރައީސް އަސްލަމް
ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސް ޝަހީބު އާއި ނައިބު ރައީސް އަސްލަމް
މިހާރު
ބްރޯޑްކާސްޓިން ކޮމިޝަން
ގާނޫނާ ހިލާފު މުޒާހަރާތައް ލައިވްކޮށްފި ނަމަ ފިޔަވަޅު އަޅަން ބްރޯޑްކޮމް އިން ނިންމައިފި
މި ނިންމުން ނިންމީ މިއަދު ބޭއްވި ކޮމިޝަންގެ ބައްދަލުވުމުގައި
މިގޮތަށް ނިންމިއިރު މަޖިލީހުގެ ރައީސް މަސީހު ބޭރުކުރުމަށް ގޮވާލައި ހޯމަ ދުވަހު ބޮޑު މުޒާހަރާއެއް ބޭއްވުމަށް އަންނަނީ ރާވަމުން

ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ ގާނޫނާ ހިލާފަށް ބާއްވާ މުޒާހަރާތައް ލައިވްކުރާ ފަރާތްތަކާ މެދު ފިޔަވަޅު އަޅަން ބްރޮޑްކާސްޓިން ކޮމިޝަނުން ނިންމައިފިއެވެ.
ބްރޯޑްކާސްޓިން ކޮމިޝަނުން މިއަދު މިގޮތަށް ނިންމީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ ބޭރުކުރުމަށް ގޮވާލައި ހޯމަ ދުވަހު މާލޭގައި ބޮޑު މުޒާހަރާއެއް ބޭއްވުމަށް ރާވާއި، މީހުން މާލެ އެރުމަށް ގޮވާލަމުންދަނިކޮށެވެ.
ބްރޯޑްކާސްޓިން ކޮމިޝަނުން ނެރުނު ސާކިއުލާއެއްގައި ބުނެފައި ވަނީ މި ފަހަކަށް އައިސް، ރާއްޖެއަށް ދިމާވެފައިވާ ސިޔާސީ ހަލަބޮލިކަމުގެ ތެރޭގައި، ބައެއް ބްރޯޑްކާސްޓް މީޑިއާތަކުން ޤައުމުގެ އަމަން އަމާންކަން ގެއްލޭ ގޮތަށާއި ޤާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ވައްޓާލުމަށް ހިތްވަރު ލިބޭ ގޮތަށް ކޮންޓެންޓް ބްރޯޑްކާސްޓްކުރަމުންދާ ކަމުގެ ޝަކުވާ މި ކޮމިޝަނަށް ދލިބެމުންދާ ކަމަށެވެ. މީގެ ތެރޭގައި ކަމުގެ ޙަޤީޤަތް އޮޅޭ ގޮތަށް ޚަބަރު ފެތުރުމާއި ދައުލަތުގެ ބާރުތަކާއި އެކި މުއައްސަސާތަކުގެ އަގު ވެއްޓޭ ގޮތަށް ތަފާތު ފަރާތްތަކުން ދައްކާ ވާހަކަތައް ގެނެސްދިނުމާއި އެ މުއައްސަސާތަކާ މެދު ރައްޔިތުންގެ މެދުގައި ނަފްރަތު އުފެދޭނޭ ފަދަ ކޮންޓެންޓް ގެނެސްދިނުން ހިމެނޭ ކަމަށް ސާކިއުލާގައި ވެއެވެ. 
މީގެ އިތުރުން، ޞުލްޙަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ޤާނޫނާ ޚިލާފަށް ބޭއްވޭ މުޒާހަރާތަކާއި އެއްވުންތައް ވެސް ބައެއް ބްރޯޑްކާސްޓަރުން ލައިވްކޮށް ގެނެސްދެމުންދާ ކަން ވެސް އެ ސާކިއުލާގައި ވަނީ ފާހަގަކޮށްފައެވެ. 
މީގެ އިތުރުން ޤައުމުގެ އަމަން އަމާންކަމާއި ސުލްހަ މަސަލަސްކަން ދެމެހެއްޓުމަށް އިސްކަމެއް ދީގެން ބްރޯޑްކާސްޓްކުރުމަކީ ހުރިހާ ބްރޯޑްކާސްޓަރުންގެ ޒިންމާއެއް ކަމުގައި ކޮމިޝަނުން ދެކޭ ކަމަށާއި މި ފަދަ މައްސަލަތައް މެދުވެރި ނުވާނޭ ގޮތަކަށް ބްރޯޑްކާސްޓަރުންގެ ފަރާތުން ހަރަކާތްތެރިވާ ނޫސްވެރިންގެ އަމަލުތައް ބެހެއްޓުމަށާއި ބްރޯޑްކާސްޓިންގ ސްޓޭޝަންތަކުން ފޮނުވާ ކޮންޓެންޓް ބައްޓަންކުރުމަށް މަގުފަހިކުރުމުގެ ގޮތުން، އެކަށީގެންވާ އިންތިޒާމުތަކެއް ހަމަޖެއްސުމަށް ބްރޯޑްކާސްޓިންގ ސްޓޭޝަންތައް ހިންގާ އިސް ވެރިންނަށް ކޮމިޝަނުން ވަނީ ގޮވާލާފައެވެ. 
މޯލްޑިވްސް ޕޮލިސް ސަރވިސްގެ ހުއްދަ ނެތި ޤާނޫނާ ޚިލާފަށް ބާއްވާ މުޒާހަރާތަކާއި އެއްވުންތައް ޕްރޮމޯޓްކުރުމާއި ބްރޯޑްކާސްޓްކުރުމުގެ ސަބަބުން އެއްވެސް ޤާނޫނަކާ ޚިލާފުވާ ނަމަ އެ ކަމުގެ ފުރިހަމަ ޒިންމާ އެ ބްރޯޑްކާސްޓަރަކު ނަގަންޖެހޭނެކަން ކަމަށް ބުނެ ކޮމިޝަނުން ވަނީ ބްރޯޑްކާސްޓަރުންނަށް އިންޒާރުދީފައެވެ.
މީގެ އިތުރުން ބްރޯޑްކާސްޓްކުރުމުގެ ޤާނޫނާއި އެ ޤާނޫނުގެ ދަށުން ބްރޯޑްކާސްޓަރުން އަމަލުކުރުމަށް ލާޒިމްކުރާ ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްގެ ހަމަތަކާއި އުސޫލުތަކަށާއި ގައިޑްލައިންތަކަށާއި، އަބުރު ރައްކައުތެރިކޮށްދިނުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތިން އަމަލުކުރުމަށް ވެސް ހުރިހާ ބްރޯޑްކާސްޓަރުންނަށް ބްރޮޑްކޮމް އިން ވަނީ އިލްތިމާސްކޮށްފައެވެ. އަދި މިއާ ޚިލާފަށް އަމަލުކުރަމުންދާ ބްރޯޑްކާސްޓަރުންނާ މެދު ޤާނޫނީ ފިޔަވަޅު ކޮމިޝަނުން އަޅާނޭ ކަމަށް ވެސް ވަނީ އިންޒާރުކޮށްފައެވެ. 
 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
23 ޖުލައި 2017 | އާދީއްތަ 14:31
އަހުމަދު
މިއިން އެއްވެސް ކަމެއް ސުޕްރިމް ކޯޓަށް ނުގޮސް ނިންމޭނެގޮތެއް ނުވާނެތަ. ގާނޫނާ ޚިލާފު އެއްވުމެކޭ ބުނީމަ ޖެހޭނެދޯ ގާނޫނާ ހިލާފު އެއްވުމަކީ ކޮަބައިކަންވެސް ބުނެދޭނެ. ސުލްހަވެރިކަމާއެކު އެއްވެއުޅެން ގާނޫނުން އޮތީ ހުއްދަދީފަ. ޝަހީބު ތިބުނީ ގާނޫނާ ޚިލާފުވާހަކައަކަށްވީތީ ޝަހީބުގެ ވާހަކަ ލައިވް ކުރެވޭނެތޯ.؟؟؟ .
23 ޖުލައި 2017 | އާދީއްތަ 13:43
ސައްޕޭ
ޤާނޫނާއި ޚިލާފޭ ކިޔަނީ މިހާރު މިރާއްޖޭގައި ޤާނޫނެއް އެބައޮތްކަމާެދު ސުވާލުއުފެދޭ! އޭތިއޮތްތަނެއް ބަލާހޯދަން ވެއްޖެ!... ދޯ
23 ޖުލައި 2017 | އާދީއްތަ 13:37
mode
biru dhahkani hehe... alhaa nulhaaa
23 ޖުލައި 2017 | އާދީއްތަ 13:27
ސައްޕޭ
ސަރުކާރު މިއުޅެނީ ރައްޔިތުންތިބިގޮތް ދުނިޔެއަށް ހާމަވެދާނެތީ ބިރުން، ސަރުކާރަށް ރަގަޅަށް އެގިޔަޤީން ވޭ އަސްލު ސައިޒު، އެހެންވީމާ ހަޖަމުނުވެގެން، ކުރުގޮތަކަށް ޚުލާސާކޮށް ބުނާނަމަ ބުނެވޭނީ " މިހުރިހާ މުސީބާތެއް ދިވެހިންނަށް ޖެހިގެންމިއުޅެނީ ރައްޔިތުންގެ ތާއީދުނެތް ވެރިއަކު ގަދަކަމުން ވެރިކަންކުރާތީ"... ދޯ