Advertisement
ކ. މާލެ
|
23 ޖުލައި 2017 | އާދީއްތަ 01:48
ޑރ އަހުމަދު ޝަހީދު:އައިސީސީޕީއާރ އިން ފުރުސަތު ލިބޭ މުޒާހަރާކުރަން
ޑރ އަހުމަދު ޝަހީދު:އައިސީސީޕީއާރ އިން ފުރުސަތު ލިބޭ މުޒާހަރާކުރަން
ގޫގުލް
ޑރ ޝަހީދު
ރާއްޖެ ބައިވެރިވެފައިވާ މުއާހަދާ ބުނަނީ މުޒާހަރާ ކުރެވޭނެ ކަމަށް:ޑރ ޝަހީދު
އެ މުއާހަދާގައި ސޮއި ކުރީ 2006 ވަނަ އަހަރު
ރާއްޖެއިން ސޮއި ކުރެއްވީ ރައީސް މައުމޫން
މުޒާހަރާ ކުރަން ހުއްދަ ލިބެނީ އައިސީސީޕީއާރުއިން

ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަޤްވާމީ މުއާހަދާއެއް ކަމުގައިވާ އައިސީސީޕީއާރު ބުނާ ގޮތުން މުޒާހަރާ ކުރެވޭނެ ކަމަށް ރާއްޖޭގެ ކުރީގެ ފޮރިން މިނިސްޓަރ ޑރ އަހުމަދު ޝަހީދު ވިދާޅުވެއްޖެއެވެ

ޚިޔާލު ފާޅުކުރުމާއި ދީނީ މިނިވަންކަމާ ބެހޭ އދ. ގެ ރެޕަޓުއާ ޑރ. އަހުމަދު ޝަހީދު މިހެން ވިދާޅުވީ 24 ވަނަ ދުވަހު މުޒާހަރާ ކުރުމަށް ހުއްދަ ދީފައި ނުވާނެ ކަމަށް ފުލުހުން ބުނެފައިވަނިކޮށް ހޮނިހިރު ދުވަހުގެ ރޭ ކުރެއްވި ޓްވީޓެއްގައެވެ.

ޑރ ޝަހީދު ވިދާޅުވީ 2006 ވަނަ އަހަރު އޭރުގެ ރައީސުލް ޖުމްހޫރިއްޔާ މައުމޫން ޢަބްދުލް ޤައްޔޫމް ސޮއިކުރެއްވި އިންޓަރނޭޝަނަލް ކޮވެނަންޓް ސިވިލް އެންޑް ޕޮލިޓިކަލް ރައިޓްސް (އައިސީސީޕީއާރު) ބުނަނީ މުޒާހަރާ ކުރެވޭނޭ ކަމަށެވެ.

ޑރ ޝަހީދު މިހެން ވިދާޅުވެފައި މިވަނީ މިމަހުގެ 24 ވަނަ ދުވަހު އިދިކޮޅު ފަރާތްތަކުން އެމްޑީޕީ އޮފީސް ދޮރުމައްޗަށް އެއްވުމަށް ނިންމާފައިވާއިރު މުޒާހަރާ ކުރަން ފުލުހުން ހުއްދަ ދީފައި ނުވާނެ ކަމަށް ބުނެފައިވާ ދަނޑިވަޅެއްގައެވެ. އަދި އިދިކޮޅު ފަރާތްތަކަށް މާލޭގެ މަގުތަކުގައި މުޒާހަރާކުރުން ހުއްޓުވާފައިވާ ދަނޑިވަޅެއްގައެވެ.

އަންނަ ހޯމަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ އޮންނާނެ ކަމަށާއި އެހެން ކަމުން ގިނަ ބަޔަކު މެމްބަރުންނާއެކު ތިބި ކަން ދެއްކުން މުހިންމު ކަމަށް ގުޅިފައިވާ ޕާޓީތަކުން ވަނީ ބުނެފައެވެ.  އެހެން ކަމުން 24 ވަނަ ދުވަހުގެ ހެނދުނު 9.00 ގައި އެމްޑީޕީ އޮފީސް ކުރިމައްޗަށް އެއްވުމަށް ގުޅިފައިވާ ޕާޓީތަކުގެ ޕާލަމެންޓްރީ ގުރޫޕްގެ ތަރުޖަމާން އަހުމަދު މަހްލޫފް ވަނީ ގޮވާލާފަ އެވެ.

އެ ހަރަކާތްތަކަކީ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ހިންގާ ކަންކަން ނަމަ އެކަމަށް ހުރަސްނާޅުއްވާނެ ކަމުގެ ޔަގީންކަން ފުލުހުން ދީފައިވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ. ފުލުހުން ބުނެފައިވަނީ ހޯމަ ދުވަހު އިދިކޮޅު ފަރާތްތަކުން މުޒާހަރާ ކުރާކަށް ހުއްދަ ދީފައި ނުވާނެ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
23 ޖުލައި 2017 | އާދީއްތަ 08:22
އަމް
ކަލޭ ލަދެއް ވެސްނުގަނޭތަ؟ ދިވެއްސެކޭ ކިޔަން
23 ޖުލައި 2017 | އާދީއްތަ 08:21
ހުސްނުއްސޫދް
ތީ އިސްލާމް ދީނަށް ފުރައްސާރަކޮށް އެއްޖިންސުން ގުޅުންހިންގަން އޯކޭ މީހެއް ތީނަދަށް ކާ ވާހަކަ އަޑުއަހާކަށް ނުވާނެ
23 ޖުލައި 2017 | އާދީއްތަ 07:28
އަލީ
ހޯހޯ މަނިކުފާނު ނޫންތޯ ބުނީ 2ފިރހެނުން ވެސް އިނދެވިދާނެކަމައް ކާވެނިކުރުވެސް ހުއްދަކަމައް އެހެން ވީމާ ތިޔަފަތަވާ އަހަރުމެން ބޭނުމެއް ނޫން ތިޔައީ ޝައިތާނީހުކުމް އެފަދަމީހުން ނަކީ އަހަރުމެންގެ ތެރެއިންވާބައެއްނޫން.