Advertisement
ކ. މާލެ
|
22 ޖުލައި 2017 | ހޮނިހިރު 21:03
ލ އަތޮޅުގައި ހިނގި އެކްސިޑެންޓް
ލ އަތޮޅުގައި ހިނގި އެކްސިޑެންޓް
ރާއްޖެއެމްވީ
އެގްސިޑެންޓްގައި މީހަކު މަރުވު
ލ. ގަމު ލިންކު ރޯޑްގައި ނުރައްކާތެރި އެކްސިޑެންޓެއް 66 އަހަރުގެ ފިރިހެނަކު މަރުވެއްޖެ
އެކްސިޑެންޓްގައި މަރުވީ 66 އަހަރު ފިރިހެނެއް
އެކްސިޑެންޓް ހިނގާފައިވަނީ މިރޭ 07:50 ހާއިރު
ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުން

ލ. ގަމު ލިންކު ރޯޑްގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ، 66 އަހަރުގެ ފިރިހެނަކު މަރުވެއްޖެ އެވެ.

އެކްސިޑެންޓް ހިނގާފައިވަނީ ސައިކަލަކާއި ޕިކަޕެއް ޖެހިގެންނެވެ. ފުލުހުން ވަނީ މިކަން ކަށަވަރުކޮށްދީފައެވެ. ނަމަވެސް އިތުރު ތަފްސީލެއް ހާމައެއް ނުކުރެއެވެ. 

 މައުލޫމާތު ލިބޭ ގޮތުގައި މަރުވެފައިވަނީ އުމުރުން 66 އަހަރުގެ، ހުނިޔާ، އަބްދުލް ސައްތާރު މުހައްމަދު އެވެ.

އަބްދުލް ސައްތާރަކީ މި އެކްސިޑެންޓްގައި ސައިކަލް ދުއްވަން އިން މީހާ އެވެ.  އޭނާ މަރުވެފައިވަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށެވެ. މިހާދިސާގައި އިތުރު އެއްވެސް މީހަކަށް ޒަހަމްވެފައެއް ނުވެ އެވެ.

 ފުލުހުން މިހާރު ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ރުޝްދާ ރަޝީދު
- ކޮމެންޓް