ކ. މާލެ
|
15 އޮކްޓޯބަރ 2023 | އާދީއްތަ 06:05
"ޕިންކް ރިބަން ރަން ވޯކް"
"ޕިންކް ރިބަން ރަން ވޯކް"
"ޕިންކް ރިބަން ރަން ވޯކް" ބާއްވައިފި
"ޕިންކް ރިބަން ރަން ވޯކް" ބާއްވައިފި
އެ ޖަމިއްޔާ އިން އަތޮޅުތެރޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ސްކްރީނިން ޕްރޮގްރާމަށްވެސް ބޭންކުން އެހީތެރިކަން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވޭ
2016 ވަނަ އަހަރުން ފެށިގެން ފާއިތުވި 7 އަހަރު ބޭންކް އޮފް މޯލްޑިވްސް އިން ގެންދަނީ ސީއެސްއެމް އަދި ޕިންކް ރިބަން ރަން-ވޯކް އަށް އެހީތެރިކަންދެމުން

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސް (ސީއެސްއެމް) ގުޅިގެން ބޭއްވި "ޕިންކް ރިބަން ރަން ވޯކް" ބާއްވައިފިއެވެ.

ގިނަ އަދަދެއްގެ ބައިވެރިންނާއެކު ހޮނިހިރު ދުވަހު ހަވީރު ހުޅުމާލޭގެ އިތުރުން ރާއްޖޭގެ ރަށްތަކުގައި މި ހަރަކާތް ވަނީ ކުރިއަށް ގެންގޮސްފައެވެ. މި ހަރަކާތް ހިންގާފައި ވަނީ ބޭންކް އޮފް މޯލްޑިވްސްގެ މާލީ އޭހީތެރިކަމާއެކު ކެންސަރަށް ހޭލުންތެރިކުރުމުގެ މަގްސަދުގައެވެ. އަދި ކެންސަރު ބަލީގައި ފަރުވާ ހޯދަމުންދާ ފަރާތްތަކާއި އެފަރާތްތަކުގެ އާއިލާތަކަށް ފޯރުކޮށްދެމުންދާ ސައިކޯސޯޝަލް ސަޕޯޓުގެ ހިދުމަތްތަކަށް އެހީވުމުގެ ގޮތުން ގިނަ މަސައްކަތްތަކެއް ސީއެސްއެމް ކުރަމުންދާ ކަަމަށް އެ ކުންފުނިން ވަނި ބުނެފައެވެ.

Advertisement

ބީއެމްއެލް އިން ބުނީ އެ ޖަމިއްޔާ އިން އަތޮޅުތެރޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ސްކްރީނިން ޕްރޮގްރާމަށްވެސް ބޭންކުން އެހީތެރިކަން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. 2016 ވަނަ އަހަރުން ފެށިގެން ފާއިތުވި 7 އަހަރު ބޭންކް އޮފް މޯލްޑިވްސް އިން ގެންދަނީ ސީއެސްއެމް އަދި ޕިންކް ރިބަން ރަން-ވޯކް އަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
- ކޮމެންޓް