Advertisement
ކ. މާލެ
|
22 ޖުލައި 2017 | ހޮނިހިރު 13:17
މެމްބަރު ސައުދު ހުސައިން
މެމްބަރު ސައުދު ހުސައިން
މުހައްމަދު ޝަރުހާން
މެމްބަރު ސައުދު
މަޖިލިސް ހުއްޓުވާފައި އޮތީ މި ސަރުކާރުގެ ވައްކަމުގެ މައްސަލަތައް ބަލައިފާނެތީ: ސައުދު
އިލެކްޝަންސް ކޮމިޝަނާއި މަޖިލީހުން ވަނީ ސައުދުގެ ގޮނޑި ގެއްލުވާލާފައި
އެމްއެމްޕީއާރުސީން 1.22 ބިލިއަން ރުފިޔާގެ ހިޔާނާތް ހިންގާފައިވޭ
ތާރީހުގައި އެންމެ ބޮޑު ހިޔާނާތް ހިންގާފައިވަނީ މި ސަރުކާރުން ކަމަށް ރައީސް ޔާމީން އެއްބަސްވެވަޑައިގެންނެވި

ރައްޔިތުންގެ މަޖިލިސް ހުއްޓުވާފައިވަނީ މިސަރުކާރުން ދައުލަތުގެ ހަޒާނާއިން ބިލިއަން ރުފިޔާ ވަގަށް ނެގި މައްސަލަ އާއި ކޮރަޕްޝަނުގެ މައްސަލަތައް ބަލާފާނެތީ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިން ވިދާޅުވެއްޖެ އެވެ.

ސައުދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ މިހާރު ހިންގަމުންދާ ރިޔާސީ ދައުރުގައި ދައުލަތުގެ ހަޒާނާއިން އެތައް ބިލިއަން ރުފިޔާއެއް ވަނީ ވަގަށް ނަގާފައި ކަމަށެވެ. މި ވައްކަމުގެ ފެށުމާއި ނިމުން ހޯދޭނީ މަޖިލިސް ތެރެއިން ކަމަށް ސައުދު ވިދާޅުވި އެވެ.

މީގެއިތުރުން ސައުދު ވިދާޅުވީ ދައުލަތުގެ ހަޒާނާއިން ވަގަށް ނަގާފައިވާ ބިލިއަން ރުފިޔާގެ ހަގީގަތް މަޖިލިސް މެދުވެރިކޮށް ބަލާނެތީ، މަޖިލިސް ހުއްޓުވުމަށްފަހު ގާނޫނުއަސާސީއާ ހިލާފު ވަމުންދާ ކަމަށްވެސް ސައުދު ވިދާޅުވި އެވެ.

ސައުދު އެގޮތަށް ވިދާޅުވިއިރު، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު މަޖިލިސް ކުރިއަށް ގެންދަނީ މަޖިލީހުގެ ގަވާއިދާ ހިލާފަށް ކަމަށް ތަކުރާރުކޮށް މަޖިލީހުގެ ގިނަ މެމްބަރުން މަޖިލީހުގެ ތަޅުމުގައި ގޮވާލައްވާފައިވެއެވެ. މަޖިލީހުގެ ރައީސް މަސީހު ތަކުރާރުކޮށް މަޖިލީހުގެ ގަވާއިދާއި އެއްގޮތަށް މަޖިލީހުގެ ކަންކަން ކުރައްވަމުން ނުގެންދަވާކަމަށް ބުނެ، ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ޖޮއިންޓް ޕާލިމެންޓްރީ ގްރޫޕާއި ސަރުކާރަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ 11 މެމްބަރުންނާއެކު، ޖުމްލަ 45 މެމްބަރުންގެ ސޮޔާއެކު މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދާފައި ވަނިކޮށް އެމައްސަަލަ މަޖިލީހުން ބޭރުކޮށްލާފައެވެ.

މަސީހުގެ އިތުބާރުނެތް ކަމުގެ މައްސަލަ މަޖިލީހުން ބޭރުކޮށްލާފައިވަނީ މެމްބަރު ސައުދުގެ އިތުރުން، މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ސޮއި ކުރެއްވި އިތުރު ތިން މެމްބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށް މަޖިލީހުން ނިންމާ، އެމައްސަލައިގެ ސައްހަކަމެއް ނެތްކަމަށް ބުނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް