ކ. މާލެ
|
14 އޮކްޓޯބަރ 2023 | ހޮނިހިރު 12:48
އުތުރުގެ ރަށަކަށް ބޯކޮށް ވާރޭވެހުމުގެ ސަބަބުން ފެން ހިއްކުމަށް ހޮޅިއަޅާފައި
އުތުރުގެ ރަށަކަށް ބޯކޮށް ވާރޭވެހުމުގެ ސަބަބުން ފެން ހިއްކުމަށް ހޮޅިއަޅާފައި
އެމްއެންޑީއެފް
މޫސުން
އުތުރަށް ނެރުނު އެލާޓުގެ ވަގުތު އިތުރުކޮށްފި
އެލާޓުގެ ވަގުތު އިތުރުކުރީ ހަވީރު 5:30އާ ހަމައަށް

ހއ އަތޮޅުން ފެށިގެން ބ އަތޮޅަށް ނެރެފައިވާ ވައިޓް އެލާޓުގެ ވަގުތު އިތުރުކޮށްފިއެވެ.

މޫސުމާބެހޭ ގައުމީ އިދާރާއިން ހޮނިހިރު ދުވަހުގެ މެންދުރު 12 ޖެހުމާ ހަމައަށް އިއުލާންކުރި އެލާޓުގެ ވަގުތު އިތުރުކުރީ ހުކުރު ދުވަހުގެ ހަވީރު 5:30އާ ހަަމައަށެވެ.

މި ވަގުތުގެ ތެރޭގައި ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

މޫސުމާބެހޭ ގައުމީ އިދާރާއިން ރާއްޖޭގެ މޫސުން ކުރިއަށް ލަފާކުރާގޮތުގައި، އުތުރުގެ އެކި ހިސާބަށް ވިއްސާރަކުރާނެއެެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރެވެހުމާއެކު ގުގުރުން އެކަށީގެންވާކަމަށް ވަނީ ބުނެފައެވެ. ވައި ޖެހޭނީ ދެކުނާއި ހުޅަނގުދެކުނުން ގަޑިއަކު 3 މޭލާ 10 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށާއި ކަނޑުތައް މަޑުވާނެ ކަމަށްވެސް ވަނީ ލަފާކޮށްފައެވެ.

އުތުރުގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުމުގެ ސަބަބުން ވަނީ ފެންބޮޑުވެފައެވެ. ފެންބޮޑުވި ރަށްތަކަށް އެމްއެންޑީއެފުން ވަނީ އެހީތެރިކަން ވެސް ފޯރުކޮށްދީފައެވެ.

ކުރިއަށް އޮތް 48 ގަޑިއިރު ދެކުނުގެ މޫސުން ރަނގަޅުވާނެ ކަމަށްވެސް މޫސުމާބެހޭ ގައުމީ އިދާރާއިން ލަފާކުރެއެވެ.

- ކޮމެންޓް